Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 8:5 - ކިތާބުލް މުޤައްދަސާ

5 އެކަމަކު އެމީހުން އެ ޚިދުމަތް ކުރަނީ އުޑުގައިވާ އަސްލު ގެކޮޅުގެ ނަމޫނާއާ އެއްގޮތަށް ހަދާފައި ހުރި ފޭލިގެކޮޅެއްގައެވެ. މޫސާގެފާނު ފޭލިގެކޮޅު ހެއްދެވުމަށް ތައްޔާރުވީ ހިނދު އެކަލޭގެފާނަށް އެންގެވިފައި ވަނީ ”⁠ފަރުބަދަމަތީގައި ކަލޭގެފާނަށް ދެއްކެވުނު ނަމޫނާއާ މުޅީން އެއްގޮތަށް އެ ހުރިހާ އެއްޗެއް ހައްދަވާށެވެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 8:5
18 ပူးပေါင်းရင်းမြစ်များ  

މި ހުރިހާ އެއްޗެއް ވެސް ހަދަން ވާނީ އަހަރެން މި ފަރުބަދަމަތީގައި ކަލެއަށް ދެއްކި ނަމޫނާއާ އެއްގޮތަށް.⁠“


އަދި އަހަރެން ދައްކާ ނަމޫނާއާ އެއްގޮތަށް މި ފޭލިގެ ހަދައި ފެހާމާނު ލައި ތައްޔާރު ކުރޭ.⁠“


ފަރުބަދަ މަތީގައި ކަލެއަށް ދެއްކުނު ނަމޫނާއާ އެއްގޮތަށް މި ފޭލިގެ ހަދައި ތައްޔާރު ކުރޭ.


އަށި ހުންނަން ވާނީ އެތެރެ ހޮއި ހުންނަ ގޮތަށް ފިލައިން ހަދާފައި. ފަރުބަދަ މަތީގައި ކަލެއަށް ދެއްކުނު ނަމޫނާއާ އެއްގޮތަށް މި އަށި ތައްޔާރު ކުރޭ.⁠“


ނަމަވެސް މި ބޭކަލުން ނިދީގައި ވަނިކޮށް ހުވަފެނެއްގައި ހެރޮދުގެ ކައިރިއަށް އެނބުރި ނުދިއުމަށް މާތްރަސްކަލާނގެ އެބޭކަލުންނަށް އިންޒާރު ދެއްވިއެވެ. ވީމާ ތަފާތު މަގަކުން ލާފައި އެބޭކަލުންގެ ރަށަށް އެބޭކަލުން އެނބުރި ދިޔައެވެ.


މާތްރަސްކަލާނގެ ފޭލިގެކޮޅު އަހަރެމެންގެ ކާބަފައިން ހަނަފަސް ސަހަރާގެ ބިމަށް ގެންދިޔައޭ. އެ ފޭލިގެކޮޅު ހެދިފައި ވީ މާތްރަސްކަލާނގެ މޫސާގެފާނަށް އެތަން ހެދުމަށް އެންގެވި ގޮތަށް އެންގެވި މިނަށް. މި ޚާއްސަ ފޭލިގެކޮޅު ހެދިފައިވީ މާތްރަސްކަލާނގެ މޫސާގެފާނަށް ދެއްކެވި ނަމޫނާއާ މުޅިން އެއްގޮތަށް ވެސްމެ.


މިކަންތަކަކީ އަންނަން އޮތް ޙަޤީޤަތުގެ ހިޔަނިތަކެކެވެ. އަސްލު ޙަޤީޤަތަކީ އަލްމަސީޙުއެވެ.


މޫސާގެފާނުގެ ޤާނޫނުތަކަކީ އަންނަން އޮތް ހެޔޮކަންތަކުގެ ނަމޫނާއެއް ފަދަ އެއްޗެކެވެ. މިއަކީ އޭގެ ޒާތުގައި އަސްލެއް ފަދަ އެއްޗެއް ނޫނެވެ. އެހެނީ އަހަރަކަށް ފަހު އަހަރަކު އެކުރާ ޤުރުބާނަކުން އަޅުކަން ކުރަން އަންނަ މީސްތަކުން ފުރިހަމަޔަކަށް ސާފުތާހިރެއް ނުކުރެވެއެވެ.


ކުރިއަށް ވާން އޮތްކަމެއްގެ ވާހަކަ މާތްރަސްކަލާނގެ ނޫޙުގެފާނަށް އެންގެވުމުން އެކަންތަކަށް ކިޔަމަންތެރިވެ ވަޑައިގަތީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އަދި ކިޔަމަންތެރި ކަމާއެކު އެކަލޭގެފާނު ނަވެއް ބެންނެވިއެވެ. އެހެންކަމުން އެކަލޭގެފާނާއި އާއިލާ މަރުން ސަލާމަތްވިއެވެ. މާތްރަސްކަލާނގެ ދުނިޔެ މަތީގައި މީހުންގެ މައްޗަށް އަދާލަތު ގާއިމު ކުރެއްވީ މިފަދައިންނެވެ. ނޫޙުގެފާނަށް މާތްރަސްކަލާނގެ އިންޒާރުގެ ބަސްފުޅު އިވިވަޑައިގަތީމާ އެބަސްފުޅު ގަބޫލު ކުރެއްވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އޭގެ ނަތީޖާއަކަށްވީ މުޅި ދުނިޔޭގެ އެންމެން ކުށްވެރިވީ އިރު ނޫޙުގެފާނަށް މާތްރަސްކަލާނގެ ޙަޟްރަތުން ޞާލިޙުއަޅެއްގެ ދަރަޖަ ލިބިވަޑައިގަތުމެވެ. އެއީ އީމާންތެރިންނަށް ލިބޭ މަތިވެރި ދަރަޖައެކެވެ.


ކަލޭމެންނާ ވާހަކަދެކެވޭ ފަރާތަކާ ދެކޮޅު ނުހަދާށެވެ. އިސްރާއީލީން ވެސް މޫސާގެފާނު ކުރެއްވި އިންޒާރަށް ފުރަގަސް ދިނުމުން އެމީހުން ސަލާމަތެއް ނުވިއެވެ. އެއީ ބިންމަތީގައި ހުންނެވި ބޭކަލެކެވެ. އަހަރެމެންނާ އުޑުން ވާހަކަދައްކަވާ ފަރާތަށް އަހަރެމެން ފުރަގަސް ދީފިނަމަ އަމުދުން އަހަރެމެން ސަލާމަތެއް ނުވާނެ ނޫންހެއްޔެވެ؟


އަހަރެމެންނަށް ލިބިފައިމިވާ އަޅުކަމުގެ މަޤާމަކީ އެތަނަކުން ފޭލިގެކޮޅުގެ އިމާމުންނަށް ވެސް ކައިބޮއި ހެދުމުގެ ހުއްދަ ލިބިގެން ނުވާތަނެކެވެ.


މިއަދު ވެސް މިކަމުން ދައްކަދެނީ އެމާނަ އެވެ. އެއީ އަހަރެމެން ކިތަންމެވަރަކަށް ހަދިޔާތަކާއި ޤުރުބާނީ ވެދުން ކުރިޔަކަސް އަހަރެމެންގެ ޒަމީރަށް ހަމަޖެހުމެއް ނުލިބޭނެކަމެވެ.


މިއަށް ފަހު ސުވަރުގޭގައި ހުރި މާތްކަލާނގެ ގެކޮޅުގެ މުޤައްދަސް ފޭލިގެކޮޅު ހުޅުވިގެން ދިޔަތަން އަހަރެން ދުށީމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ