ޢިބްރާނީންނަށް ސިޓީ 8:4 - ކިތާބުލް މުޤައްދަސާ4 އެކަލޭގެފާނު ބިންމަތީގައި ހުންނެވިނަމަ އެކަލޭގެފާނަކަށް މި އިމާމުކަމެއް ލިބިވަޑައެއް ނުގެންނެވީހެވެ. އެހެނީ ޤުރުބާނީ ހުށަހަޅަން މޫސާގެފާނުގެ ޤާނޫނުގެ ދަށުން އޭރު އިމާމުން އައްޔަން ކުރެވިފައިވާތީއެވެ. အခန်းကိုကြည့်ပါ။ |
ހާބީލްއަށް ޤާޔިނަށް ވުރެން ރަނގަޅު ޤުރުބާނީއެއް ވެދުން ކުރެވުނީ އޭނާގެ ކިބައިގައި މާތްރަސްކަލާނގެއާ މެދު އޮތް އީމާންތެރިކަމެއްގެ ބޮޑުކަމުންނެވެ. އޭނާ ކުރި މި ވެދުންތަކުގެ ސަބަބުން އޭނާއަކީ ޞާލިޙު މީހެއްކަމުގައި މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ހާބީލް މިހާރު މަރުވެ ގޮސްފައިވީ ނަމަވެސް އޭނާގެ އީމާންތެރިކަން އޭނާގެ މަތިން އަދިވެސް ވާހަކަ ދައްކައެވެ.
އެހެންކަމުން އެކަލޭގެފާނަކީ އެހެން ހުރިހާ އިމާމުންނަށް ވުރެން މަތިވެރި އިމާމެކެވެ. އެހެން އިމާމުން ފަދައިން، ކޮންމެ ދުވަހަކު ފުރަތަމަ އެމީހުންގެ އަމިއްލަ ނަފްސުގެ މައްޗަށް ކުށްފާފައިގެ ކައްފާރާ ދައްކައި، އޭގެފަހުން އެހެން މީހުންގެ މައްޗަށް ކައްފާރާ ދައްކާކަށް އެކަލޭގެފާނަކަށް ޖެހިވަޑައެއް ނުގަންނަވެއެވެ. އެހެނީ އެކަލޭގެފާނު ވަނީ އެހެން މީހުންގެ ކުށްފާފަތަކަށް ފުރިހަމަ ކައްފާރާއެއް ދައްކަވާފައެވެ. އެކައްފާރާއަކީ އެއްފަހަރު ދައްކަވައިގެން ހުރިހާ ފަހަރަކަށް ފުދޭނެ ފަދައިން އެކަލޭގެފާނުގެ އަމިއްލަފުޅު ނަފްސުން ހުށަހެޅުއްވި ޤުރުބާނީއެކެވެ.