Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 8:13 - ކިތާބުލް މުޤައްދަސާ

13 މާތްރަސްކަލާނގެ އެހެން ޢަހުދުނާމާއެއް ކުރައްވާނެކަމަށް އެންގެވުމުން އޭގެ މާނައަކީ ކުރީގެ ޢަހުދުނާމާ ބާތިލުވީ ކަމުގައެވެ. ބާވެ ބޭނުންކެނޑިފައި ހުންނަ އެއްޗެހި ދާދި އަވަހަށް ލޯމަތިން ގެއްލިދާނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 8:13
15 ပူးပေါင်းရင်းမြစ်များ  

އުޑާއި ބިން ނެތިގެން ދާނެ. އެކަމަކު އަހަރެންގެ ބަސްތައް ނެތިގެނެއް ނުދާނެ.⁠“


ކެއުމުން ނިމުމަށް ފަހު އީސާގެފާނު އަނެއްކާ ވެސް މޭބިސްކަދުރުގެ ދިޔަ ތައްޓެއް ނަންގަވާ ވިދާޅުވިއެވެ. ”⁠މިއީ އެލޭ ކަލޭމެންނަށްޓަކައި އޮހޮރުވިފައިވާ އަހަރެންގެ ލޭ. މިލޭ އޮހޮރުވިފައި ވަނީ މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުންނާއި އެކު ކުރެއްވި އާ ޢަހުދުނާމާ ގާއިމު ކުރުމަށްޓަކާ.


އެތަކެތި ފަނާވެ ނެތި ހިނގައިދާނެއެވެ. އެކަމަކު އިނބަ ކަލާނގެ ދާއިމަށް ވޮޑިގެންވާނެއެވެ. އެ ހުރިހާ ތަކެއްޗެއް ބާ ފޮތިތަކެއް ހެން ހަސްފަސް ނެތި ހިނގައި ދާނެއެވެ.


އަދި އީސާގެފާނު ވެސް ހުންނެވީ މިތަނުގައެވެ! އެކަލޭގެފާނަކީ މާތްރަސްކަލާނގެއާ އަހަރެމެންނާ ދެމެދު އާ ޢަހުދުނާމާއެއް ގާއިމު ކުރެއްވި ކަލޭގެފާނެވެ. އެކަލޭގެފާނު އޮއްސެވި ލޭފޮދުން ގޮވާލި ގޮވާލެއްވުން ހާބީލް އޮއްސި ލެޔަށް ވުރެން މުހިންމުކަން ބޮޑެވެ.


މި ހުވާފުޅަށްޓަކައި އީސާގެފާނަކީ ކުރީގައި އޮތް ޢަހުދުނާމާއަށް ވުރެން މާރަނގަޅު ޢަހުދުނާމާއެއް ކަށަވަރު ކޮށްދެއްވާނެ ފަރާތް ކަމުގައި ވެގެން ދިޔައެވެ.


އެކަމަކު މިހާރު އީސާގެފާނު ވަނީ މާމަތީ މަގާމަކަށް އުފުއްލެވި ފައެވެ. އެކަލޭގެފާނު މިހާރު މެދުވެރިވެ ވަޑައިގެން ގެނެސް ދެއްވަނީ މާ ފުރިހަމަ ޢަހުދުނާމާއެކެވެ. އެއީ މާ މަތިވެރި ވަޢުދުފުޅުތަކެއްގެ މަތީގައި ބިނާވެގެންވާ އަހުދުނާމާއެއް ވެސްމެއެވެ.


އެކަމަކު އެޢަހުދުނާމާގައި ހިމެނޭ މީހުންގެ އުނިކަން ދައްކަވަމުން އެކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠ތިމަންކަލާނގެ އިސްރާއީލުންނާއި ޔަހޫޛާއިންނާމެދު އާ ޢަހުދުނާމާއެއް ކުރައްވާނެ ދުވަސް އެބަ އާދެއެވެ.


އީސާގެފާނު އަވަހާރަވީ ކުރީގެ ޢަހުދުނާމާގެ ދަށުގައި ތިބެ ފާފަ ކުރި މީހުންގެ ފާފަތަކަށް ވެސް އަގު ދެއްކެވުމަށްޓަކައެވެ. މިއަދު އެކަލޭގެފާނު ހޮއްވެވި މީހުންނަށްޓަކައި އާ ޢަހުދުނާމާއެއް ހޯއްދަވައި ދެއްވުމުގައި އެކަލޭގެފާނު މެދުވެރިވެ ވަޑައިގެންފިއެވެ. އެ ޢަހުދުނާމާއަކީ މާތްރަސްކަލާނގެ ނިމުމެއް ނުވާ ބަރަކާތް އެމީހުންގެ މައްޗަށް ލިބޭނެ ކަމުގެ ޔަޤީންކަން ލިބިދެނިވި ޢަހުދުނާމާއެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ