12 އެމީހުން ކިތަންމެ ގޯހަކަސް ތިމަންކަލާނގެ އެމީހުންގެ ފާފަތައް އަފޫކުރައްވައި އޯގާވެރިވެ ވޮޑިގަންނަވާނަމެވެ. އަދި އެމީހުންގެ ފާފަތައް ތިމަންކަލާނގެ ހަނދުމަފުޅު ނައްތަވާލައްވާނަމެވެ.“
އަލްމަސީޙާއި އެކުގައި އަހަރެމެން އެއްބައިވަންތަ ކަމުގައި ވުމުން އެކަލޭގެފާނުގެ ޤުރުބާނުގެ ލޭފޮދުން އަހަރެމެން ވަނީ ފާފަތަކުން މިނިވަން ކޮށްދެއްވާފައެވެ. އޭގެ މާނައަކީ އަހަރެމެންގެ ފާފަތައް ވަނީ އަފޫކުރައްވާފައެވެ. މާތްރަސްކަލާނގެ ނިޢުމަތްފުޅުގެ ތަނަވަސްކަން އެހައިމެ ބޮޑެވެ.
އެ ދަރިކަލުންނަކީ އަހަރެމެން މިންޖުކޮށް ދެއްވައި އަހަރެމެންގެ ފާފަތަކުގެ އަގު އަދާކުރެއްވި ފަރާތެވެ.