Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 8:10 - ކިތާބުލް މުޤައްދަސާ

10 އެކަމަކު ތިމަންކަލާނގެ އިސްރާއީލުންނަށް މި އާ ޢަހުދުނާމާ ގާއިމު ކުރައްވައި، ތިމަންކަލާނގެ މީސްތަކުންގެ ސިކުނޑިއަށް އެއަމުރުފުޅުތައް ވައްދަވައި، އެއަމުރުފުޅުތައް އެމީހުންގެ ހިތްތަކުގައި ލިޔުއްވާނެ ދުވަސް އެބަ އާދެއެވެ. ތިމަންކަލާނގެ ވާހުށީ އެމީހުންގެ ކަލާނގެ ކަމުގައެވެ. އަދި އެމީހުން ވާހުށީ ތިމަންކަލާނގެ މީހުން ކަމުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 8:10
34 ပူးပေါင်းရင်းမြစ်များ  

ދެން މޫސާގެފާނު މާތްރަސްކަލާނގެ ވަޙީ ބަސްފުޅުތައް ވަރަށް ފަރުވާތެރި ކަމާއެކު ލިޔުއްވިއެވެ. އަނެއް ދުވަހު ވަރަށް ހެދުނާ މޫސާގެފާނު ތެދުވެ ވަޑައިގެން ފަރުބަދައިގެ ބުޑުގައި ޤުރުބާނީ އައްޓެއް ހައްދަވައިފިއެވެ. އަދި އެތަނުގައި ބާރަ ތަނބު ވެސް ޖެއްސެވިއެވެ. އެއީ އިސްރާއީލުގެ ކޮންމެ ދަރިކޮޅަކަށް ތަނބެއް މަގުންނެވެ.


ދެން ޢަހުދުނާމާ ފަތްކޮޅު ނަންގަވައި އެކަލޭގެފާނު ހަރު އަޑުފުޅުން އެމީހުންނަށް ވިދާޅުވެ ދެއްވިއެވެ. އަނެއްކާވެސް އެމީހުން އިޖާބަ ދިނެވެ. ”⁠މާތްރަސްކަލާނގެ އެންގެވި ކޮންމެ ކަމެއް އެގޮތަކަށް އަޅުގަނޑުމެން ކުރާނަން.⁠“


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ކުރީގެ ހިލަފޮތި ގޮތަށް ދެ ހިލަފޮތި ހަދާ. ކަލޭ ތަޅާލި ހިލަ ފޮތީގައި އަހަރެން ލިއުނު ބަސްތައް އަލުން ލިއެދޭނަން.


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠މި ހުރިހާ އެންގުންތަކެއް ކަލޭ ލިޔޭ. އެހެނީ މިއީ އަހަރެންނާއި ކަލެއާއި ކަލޭމެންގެ މީހުންނާ ދެމެދު ކުރެވޭ ޢަހުދު ނާމާއެއް.⁠“


މާތްރަސްކަލާނގެ ވަޙީކުރައްވާފައިވޭ. ’⁠ތިމަންކަލާނގެއީ އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނު ވެސް އަޅުކަންކުރާ ރަސްކަލާނގެ އޭ.⁠‘ މާތްރަސްކަލާނގެއީ މަރުވެފައިވާ މީހުންގެ ކަލާނގެއެއް ނޫން. އެކަލާނގެއީ ދިރިތިބި މީހުންގެ ކަލާނގެ.⁠“


އަހަރެމެން ހުރިހާ ބާވަތެއްގެ ފާފަތަކަކުން ސަލާމަތް ކުރެއްވުމަށްޓަކައި އަދި އަހަރެމެން ތޯހިރު ގޮތުގައި ލެހެއްޓެވުމަށް އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު ވަނީ ދެއްވަވާފައެވެ. އެކަލާނގެ އެދިވޮޑިގެން ވަނީ އަހަރެމެން އެކަލާނގެ އަމިއްލަ މީހުންގެ ގޮތުގައިވެ، ހެޔޮ ކަންތައް ކުރުމުގައި ޝައުޤުވެރި ވުމަށެވެ.


އެ ބޭކަލުން ވަޑައިގަންނަވަން ބޭނުންފުޅުވީ އެއަށް ވުރެން ރަނގަޅު ވަޒަނަކަށެވެ. އެއީ ސުވަރުގެއެވެ. އެބޭކަލުންގެ ކަލާނގެއަކީ މާތްރަސްކަލާނގެ ކަމުގައި ދެކޭތީ އެކަލާނގެ ލަދުވެތިވެ ވޮޑިއެއް ނުގަންނަވައެވެ. އެހެންވެ އެކަލާނގެވަނީ އެބޭކަލުންނަށްޓަކައި ވަޒަނެއް ތައްޔާރު ކުރައްވާފައެވެ.


އަދި އެކަލާނގެ މަތިވެރި އިރާދަފުޅުން އަހަރެމެންނަށް ޙައްޤު ބަސްފުޅު ދެއްވީ އެބަސްފުޅު މެދުވެރިކޮށް އަހަރެމެން އެކަލާނގެ ދަރިންގެ ގޮތުގައި އުފަން ކުރެއްވީ އެކަލާނގެ އުފެއްދެވި އެހެނިހެން މަޚުލޫގުންގެ އިސްސަފަށް ގެންދެވުމަށެވެ.


އެހެންވީމާ ނުބައިވެގެންވީ އެންމެހާ އަމަލުތަކުންނާއި ލަދުޙަޔާތްކުޑަ ކަންތައްތަކުން ކަލޭމެންގެ ނަފްސު އެއްކިބާ ކުރުވާށެވެ. އަދި ކަލޭމެންގެ ހިތްތަކުގައި މާތްރަސްކަލާނގެ އިންދަވައިދެއްވި ބަސްފުޅު ހިތްތިރިކަމާއެކުގައި ބަލައިގަންނާށެވެ. އެ ބަސްފުޅުގައި ކަލޭމެންގެ ޙަޔާތު ސަލާމަތް ކުރުމުގެ ބާރު ވެއެވެ.


އެއީ ތިޔަބައިމީހުން އަލުން އުފަންވެފައި ވުމެވެ. މި އާ އުފަންކުރެއްވުން ތިޔަބައިމީހުންނަށް ގެނެސްދިނީ ތިޔަބައިމީހުންގެ ދުނިޔަވީ މައިންބަފައިންނެއް ނޫނެވެ. ސަބަބަކީ ތިޔަބައިމީހުންގެ މައިންބަފައިން ދޭ ޙަޔާތަކީ ފަނާވެދާ ޙަޔާތެއް ކަމުގައިވުމެވެ. ނަމަވެސް މި އާ ޙަޔާތް އަބަދަށް ދެމިގެންވެއެވެ. ސަބަބަކީ ތިޔަބައިމީހުންނަށް އެ ޙަޔާތް ލިބިދިނީ ދާއިމަށް ދެމިގެންދާނެ މާތްކަލާނގެ ބަސްފުޅުން ކަމުގައިވުމެވެ.


ނަމަވެސް ތިޔަބައިމީހުންނީ އެފަދަ ބައެއްނޫނެވެ. ތިޔަބައިމީހުންނީ ޚިޔާރު ކުރެވިގެންވާ ބައެކެވެ. ޝާހީ އިމާމުވަންތަ ކަމުގައިވާ ބައެކެވެ. އަދި މަތިވެރިކުރެއްވި ޤައުމެކެވެ. މާތްރަސްކަލާނގެއަށް މިލްކުވެގެންވާ ބައެއްމެއެވެ. ތިޔަބައިމީހުން އެކަލާނގެ ޚިޔާރު ކުރެއްވީ އެކަލާނގެ ހެޔޮފުޅުވަންތަކަން މީސްތަކުންނަށް ދެއްކުމަށެވެ. އެއީ ތިޔަބައިމީހުން އަނދިރިކަމުގެ ތެރެއިން ޙައިރާންކުރުވަނިވި އަލިކަމެއްގެ ތެރެއަށް ގެނެސްދެއްވި ކަމުގެ ޚަބަރެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ