8 މީހުންގެ މުދަލުގެ ދިހަބައިކުޅައެއްބައި ނަގާ އިމާމުންނަކީ މަރުވެދާބަޔެކެވެ. މަލްކީޞާދިޤު ފިޔަވައެވެ. ފަތްފުށްތަކުގައި ވާގޮތުން އެކަލޭގެފާނު އަދިވެސް ހުންނެވީ ދިރިދުނިޔޭގައެވެ.
ދާދި އަވަހަށް މި ދުނިޔޭގެ ލޯ މަތިން އަހަރެން ގެއްލި ދާނެ. އެކަމަކު ކަލޭމެންނަށް އަހަރެން ފެންނާނެ. އެއީ އަހަރެން މަރުވުމަށް ފަހު އަލުން ދިރިގެން އެނބުރި އަންނާނެތީ. އަހަރެން ދިރުމުގެ ސަބަބުން ކަލޭމެންނަށް ވެސް ދިރުން ލިބޭނެ.
އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”އަހަރެން މިއީ މަގު، އަހަރެން މިއީ ތެދު، އަހަރެން މިއީ ދިރިހުރުން. އެއްވެސް މީހަކަށް އަހަރެން މެދުވެރިކޮށް ނޫން އެހެން ގޮތަކަށް ބައްޕާފުޅުގެ އަރިހަކަށް ނުދެވޭނެ.
މާތްރަސްކަލާނގެ އަޑުފުޅު އިވި އެކަލާނގެއާ ދެކޮޅުވެރިވެގަތީ ކޮން ބައެއް ހެއްޔެވެ؟ އެއީ މޫސާގެފާނު ވަޑައިގެން މިޞްރުގެ އަޅުވެތިކަމުން ސަލާމަތް ކުރައްވައިގެން ނެރުއްވި މީހުން ނޫންހެއްޔެވެ؟
އެހެން އާޔަތެއްގައި އެކަލާނގެ މިހެން ވެސް ވަޙީކުރައްވާފައި ވެއެވެ. ”ކަލޭގެފާނަކީ މަލްކީޞާދިޤުގެ މަގުން ދާއިމަށް އިމާމެއްގެ ގޮތުގައި ހުންނަވާނެ ކަލޭގެފާނެވެ.“
އަހަރެމެންނަށް ވުރެ ކުރީން އީސާގެފާނު ވަނީ އެތަނަށް ވަޑައިގަންނަވާފައެވެ. އެއީ އަހަރެމެންނަށްޓަކައެވެ. އެކަލޭގެފާނަކީ މަލްކީޞާދިޤުގެ މަގުން ވަޑައިގެންނެވި އަހަރެމެންގެ އަބަދީ އުއްތަމަ އިމާމެވެ.
މީގެ ކުރީގައި ވެސް އެތަކެއް އިމާމުންނެއް އުޅެފައި ވިއެވެ. މިއިން ކޮންމެ އިމާމަކު ވެސް މަރުވެ ދަނީއެވެ. އެހެންކަމުން މިއިން އެއްވެސް ބޭކަލަކަށް އެމީހުންގެ މަސައްކަތް ކުރާކަށް ތާއަބަދަކު ދިރިއެއް ނުތިބެއެވެ.
މީހަކަށް ބަރަކާތްލައިދެވޭނީ އެމީހަކަށް ވުރެން މަތީ މީހަކަށްކަން އެއީ ސުވާލެއް ވެސް އޮތް ކަމެއް ނޫނެވެ.
ލާވީގެ ދަރިކޮޅުގެ މީހުންނަށް މީސްމީހުންގެ މުދަލުގެ ދިހަބައިކުޅައެއްބައި ލިބެއެވެ. އިބްރާހީމްގެފާނު މަލްކީޞާދިޤަށް ދިހަބައިކުޅައެއްބައި ދެއްވުމުން އެބުނެވެނީ ލާވީން އަތުން ވެސް ދިހަބައިކުޅައެއްބައި އެކަލޭގެފާނަށް ނަގައި ދެވުނީކަމަށެވެ.
އަހަރެމެން މަރުވުމަށް އިރާދައިގައި ވަނީ އެންމެ ފަހަރަކުއެވެ. އެއަށް ފަހު މާތްކަލާނގެ އަހަރެމެންގެ މައްޗަށް އިންސާފު ގާއިމު ކުރައްވާނެ އެވެ.
އަހަރެންނީ ދާއިމަށް ދެމި ވޮޑިގެންވާނެ ފަރާތް! އަހަރެން މަރުވެދިޔަ. ނަމަވެސް އަހަރެންނީ އަބަދުގެ އަބަދަށް ދިރިދެމި ވޮޑިގެންވާނެ ފަރާތް. މަރުގެ ތަޅުދަނޑި އަހަރެން ހިފަހައްޓަން. އަދި މަރުގެ މަންޒިލްގެ ތަޅުދަނޑިވެސް އަހަރެން ހިފަހައްޓަން.