Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 7:5 - ކިތާބުލް މުޤައްދަސާ

5 މޫސާގެފާނުގެ ޤާނޫނުގައި ވާގޮތުން، އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުން އެމީހުންގެ މުދަލުގެ ދިހަބައިކުޅައެއްބައި ނަގަން ޖެހެނީ އެމީހުންގެ ތިމާގެ މީހުން ކަމަށްވާ ލާވީ އިމާމުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 7:5
15 ပူးပေါင်းရင်းမြစ်များ  

އަދި މާތްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެއީ ކުޅަދުންވަންތަ ކަލާނގެ. ތިމަންކަލާނގެ ތިބާގެ ދަރިފަސްކުޅު ގިނަކުރައްވާނަން. އެ ދަރިފަސްކޮޅުން ބޮޑެތި ވެގެންވާ ޤައުމުތަކެއް އުފެދިގެންދާނެ. އަދި ތިބާގެ ދަރިފަސްކޮޅުން ގިނަގުނަ ރަސްކަލުން އުފަންވާނެވެސްމެ. ތިބާއަކީ އެ ހުރިހާ އެންމެންގެ ކާބަފައި ކަމުގައި ވެސް ވާނެމެ.


ވީމާ، ޔަޢުޤޫބުގެފާނާއި އެކުގައި މިޞްރަށް ވަޑައިގެންނެވި އެކަލޭގެފާނުގެ ދަރިކޮޅުގެ މީހުންގެ ޢަދަދަކީ ފަސްދޮޅަސް ހަޔެކެވެ. މިއީ އެކަލޭގެފާނުގެ ޅީ ދަރިން ނުހިމަނައެވެ.


ޔޫސުފުގެފާނު އޭރު ވެސް ވަނީ މިޞްރުގައެވެ. ޔަޢުޤޫބުގެފާނުގެ ދަރިކޮޅުގެ މީހުންގެ އަދަދަކީ ހަތްދިހައެވެ.


”⁠ކަލޭގެ ބޭބެ ހާރޫނަށާއި އޭނާގެ ފިރިހެން ދަރިން ކަމަށްވާ ނާދާބު އާއި، އަބީހޫ އާއި، އަލިޢާޒާރު އާއި، އީޘާމާރުއަށް ގޮވާ. ގޮވާ ގެނެސް އެމީހުން ބަނީއިސްރާއީލުންގެ އެހެން މީހުންނާ ވަކި ކުރޭ. އެއީ އަހަރެންގެ އިމާމުންގެ ގޮތުގައި އެމީހުން ބައިތިއްބުމަށް.


މީހަކު ކިތަންމެ ބޭނުންވިޔަސް އޭނާއަކަށް އަމިއްލައަކަށް އުއްތަމަ އިމާމަކަށް ނުވެވޭނެއެވެ. އިމާމަކު އައްޔަން ކުރެއްވޭނީ މާތްރަސްކަލާނގެއަށެވެ. ހާރޫނުގެފާނަށް އުއްތަމަ އިމާމުކަން ދެއްވީ ވެސް މާތްރަސްކަލާނގެއެވެ.


އެހެނީ ލާވީންނަކީ މާފަހުން އިބްރާހީމްގެފާނުގެ ހަށިކޮޅުގެ ދިޔަފޮދުން އައިސްފައިވާ ބައެއް ކަމަށް ވާތީއެވެ. އިބްރާހީމްގެފާނު މަލްކީޞާދިޤަށް ދިހަބައިކުޅައެއްބައި ދެއްވުމުން ލާވީންގެ ފަރާތުން ވެސް މަލްކީޞާދިޤަށް ދިހަބައިކުޅައެއްބައި ދެވުނީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ