Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 7:3 - ކިތާބުލް މުޤައްދަސާ

3 މަލްކީޞާދިޤުގެ ބަފައިކަލަކީ އަދި މައިކަނބަލަކީ ކާކުކަން، އަދި ކޮން ދަރިކޮޅެއްގެ ބޭކަލެއްކަން އެނގޭކަށް ނެތެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅު ފެށުނުގޮތެއް އަދި ނިމުނު ގޮތެއް ވެސް ނޭނގެއެވެ. އެކަލޭގެފާނަކީ މާތްރަސްކަލާނގެ ދަރިކަލުން ފަދައިން ދާއިމީ އަދި އަބަދީ އީމާމެކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 7:3
11 ပူးပေါင်းရင်းမြစ်များ  

ގަހާތު ދަރިކޮޅުގައި ހިމެނެނީ ޢަމްރާމް، ޔިޞްހާރު، ޙަބްރޫނު އަދި ޢުއްޒީއީލް އެވެ. މިއީ އެ ގަބީލާގެ ކާބަފައިންނެވެ. ޤަހާތު ސަތޭކަ ތެއްތިރީސް އަހަރު ދުނިޔޭގައި އުޅުނެވެ.


ދެން އިބިލީސް އައިސް އީސާގެފާނަށް ވަސްވާސް ދިނުމުގެ ގޮތުން ބުންޏެވެ. ”⁠ކަލޭގެފާނީ މާތްރަސްކަލާނގެ ދަރިކަލުން ނަމަ، މި ހިލަތަކަށް ރޮއްޓަށް ބަދަލުވާށޭ އަމުރު ކުރައްވާ.⁠“


އަހަރެމެންނާއެކު މަތިވެރިވެގެންވާ އުއްތަމަ އިމާމެއް އެބަ ހުންނެވިއެވެ. އެކަލޭގެފާނު ވަނީ އުޑަށް އަރާ ވަޑައިގެންފައެވެ. އެއީ އީސާގެފާނެވެ. އެކަލޭގެފާނަކީ މާތްރަސްކަލާނގެ ދަރިކަލުންނެވެ. އަހަރެމެން އެކަލޭގެފާނާ މެދު އީމާންވެތިބެ ބުނާ އިގްރާރުގެ ބަސްތަކުގެ މަތީ ސާބިތުވެ ތިބެންވީ އެހެންވީމައެވެ.


މަލްކީޞާދިޤު އަކީ ސާލެމުގެ ރަސްގެފާނު އަދި އެންމެ މަތިވެރި ކަލާނގެ މާތްރަސްކަލާނގެ އިމާމެވެ. އެކަލޭގެފާނަކީ އިބްރާހީމްގެފާނު ހަތަރު ރަސްކަލުންނާ ހަނގުރާމަ ކުރައްވައި އެ ރަސްކަލުން ބަލިކުރައްވާފައި ވަޑައިގަތުމުން އެކަލޭގެފާނަށް ބަރަކާތް ލައްވައިދެއްވި ކަލޭގެފާނެވެ.


އެހެނީ ފަތްފުށްތަކުގައި ލިޔެވިފައިވެއެވެ. ”⁠ކަލޭގެފާނު ވާހުށީ އިމާމު މަލްކީޞާދިޤުގެ މަގުން ތާއަބަދަށް ހުންނަވާނެ އިމާމު ކަމަށެވެ.⁠“


އިބްރާހީމްގެފާނު ގެންނެވި ޣަނީމާގެ ދިހަބައިކުޅައެއްބައި އެކަލޭގެފާނަށް ދެއްވިއެވެ. މަލްކީޞާދިޤުގެ ނަމުގެ މާނައަކީ ”⁠އަދުލުވެރި ރަސްގެފާނު⁠“ އެވެ. އެކަލޭގެފާނަކީ ”⁠ސާލީމުގެ ރަސްގެފާނު⁠“ ވެސްމެއެވެ. މާނައަކީ ”⁠ސުލްޙައިގެ ރަސްގެފާނު⁠“ އެވެ.


މަލްކީޞާދިޤުއަކީ ލާވީގެ ދަރިކޮޅުގެ ބޭކަލަކަށް ނުވާއިރު ވެސް އިބްރާހީމްގެފާނު މުދަލުގެ ދިހަބައިކުޅައެއްބައި އެކަލޭގެފާނަށް ދެއްވިއެވެ. އެއަށް ފަހު މަލްކީޞާދިޤު އިބްރާހީމްގެފާނަށް ބަރަކާތްލައްވައި ދެއްވިއެވެ. މިއިރު އިބްރާހީމްގެފާނަކީ މާތްރަސްކަލާނގެ ވަޢުދުފުޅު ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ