Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 7:28 - ކިތާބުލް މުޤައްދަސާ

28 މޫސާގެފާނުގެ ޤާނޫނުގައި ވާގޮތަށް ހޮވޭ އިމާމުންގެ ކިބައިގައި އިންސާނީ ބަލިކަށިކަން ހުރެއެވެ. އެހެންކަމުން ޤާނޫނުގެ ފަހުން މާތްރަސްކަލާނގެ ހުވާފުޅަކާއެކު ކުރެއްވި ވަޢުދުފުޅާ އެއްގޮތްވާގޮތުގެ މަތިން އިމާމަކަށް ޚިޔާރު ކުރެއްވީ އެކަލާނގެ ދަރިކަލުންނެވެ. އެދަރިކަލުންނަކީ އަބަދަށްޓަކައި އެންމެ ފުރިހަމަ އިމާމުކަމުގައި އެކަލާނގެ ވަނީ ހައްދަވާފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 7:28
17 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނު ޖަވާބުދެއްވިއެވެ. ”⁠އެ ހީލަތްތެރިޔާ ކައިރީ ބުނޭ. މިއަދާއި މާދަމާ އަހަރެން ޖިންނީގެ ބާރުގެ ދަށުވެފައިވާ މީހުން އެޖިންނީންގެ ފަރާތުން ސަލާމަތްކޮށް ބަލި މީހުންގެ ބަލިތައް ފަސޭހަކޮށްދީ ހަދާނަން. އަދި ތިންވަނައަށް ވާ ދުވަހު އަހަރެން ކަންތައް ކުރުމަށް ނިންމާފައިވާ ފަދައިން ކަންތައްކޮށް ނިންމާނަން.


އީސާގެފާނު އެއިން ރަހަ ބެއްލެވުމަށް ފަހު ވިދާޅުވިއެވެ. ”⁠ހުރިހާ ކަމެއް މިނިމުނީ.⁠“ އެހެން ވިދާޅުވުމަށް ފަހު އެކަލޭގެފާނު އިސްޖައްސަވައި ފުރާނަފުޅު ދޫކޮށްލެއްވިއެވެ.


އެކަމަކު މިފަހު ޒަމާނުގައި އަހަރެމެންނަށް އެކަލާނގެ ބަސްފުޅު ވަޙީ ކުރެއްވީ އެކަލާނގެ ދަރިކަލުން މެދުވެރި ކުރައްވައެވެ. އާލަމްތަކުގައި ވާހައި ތަކެއްޗެއް މިދަރިކަލުން މެދުވެރި ކުރައްވާ އުފައްދަވައި އެހުރިހާ ތަކެއްޗެއްގެ މިލްކުވެރިއަކަށް އެކަލާނގެ ލެއްވެވީ ވެސް އެކަލޭގެފާނެވެ.


ހުރިހާ އެއްޗެއް އުފައްދަވައި ދަމަހައްޓަވާ ކަލާނގެ، އީސާގެފާނު އެ އުފުއްލެވި ވޭންތަކުގެ ސަބަބުން އެކަލޭގެފާނު ފުރިހަމަ ކުރައްވައި އެ މަތިވެރި ޖަލާލަތުކަން ޙިއްސާ ކުރުމަށް ގިނަ ދަރިންތަކެއް ގެންނެވި ކަމީ އެކަލާނގެ ޙައްޤުގޮތުގައި ހިންމެވި ކަމެކެވެ. އެހެނީ އެމީސްތަކުން ދިންނެވުމާ ދިމާއަށް ގެންދަވަނީ އެކަލޭގެފާނު ވީމައެވެ.


މީގެ މާނައަކީ އެކަލޭގެފާނު ހުރިހާ ގޮތަކުން ވެސް އެކަލޭގެފާނުގެ މީހުންނާ އެއްގޮތްވާން ޖެހިވަޑައިގެންނެވި ކަމެވެ. އެއީ މާތްރަސްކަލާނގެ ހަޒްރަތުގައި އެކަލޭގެފާނަށް އޯގާތެރިކަމާއި އަދި ވަފާތެރިކަމާއެކު އުއްތަމަ އިމާމެއްގެ ގޮތުގައި ޚިދުމަތް ކުރެއްވޭނެ ގޮތް ވުމަށްޓަކައެވެ. އެއީ އެގޮތުން މީސްތަކުންގެ ފާފަތަކަށް ކައްފާރާއެއް ހުށަހެޅޭނެ ގޮތް މެދުވެރި ވުމަށްޓަކައި ވެސް މެއެވެ.


އަހަރެންގެ މާތް އަޚުންނާ އުޚުތުންނޭވެ! މާތްރަސްކަލާނގެ އެކަލާނގެ މާތްކުރެއްވި މީހުން ކަމުގައި ކަލޭމެން ވަނީ ޚިޔާރު ކުރައްވާފައެވެ. ވުމާއެކު ކަލޭމެން އީސާގެފާނާމެދު ފުންކޮށް ވިސްނާށެވެ. އެކަލޭގެފާނަކީ އަހަރެމެންގެ މައްޗަށް ފޮނުއްވުނު ކަލޭގެފާނެވެ. އަދި އަހަރެމެންގެ މައްޗަށްވާ އުއްތަމަ އިމާމު ވެސް މެއެވެ. އަހަރެމެން އެކަމަށް ހެކިވަމެވެ.


އެކަމަކު އީސާގެފާނު ހުންނެވީ ދަރިކަލެއްގެ ގޮތުން މާތްރަސްކަލާނގެ މީސްތަކުންގެ ވެރިއެއްގެ ގޮތުގައި ވަފާތެރިކަން މަތީގައެވެ. އަހަރެމެންގެ އުންމީދު އެކަލޭގެފާނާމެދުގައި އޮވެ، ކެރުމާއި ޔަޤީންކަން މަތީގައި ތިބިނަމަ މާތްރަސްކަލާނގެ މީހުން ކަމުގައި ވާނީ އަހަރެމެންނެވެ.


އަހަރެމެންނާއެކު މަތިވެރިވެގެންވާ އުއްތަމަ އިމާމެއް އެބަ ހުންނެވިއެވެ. އެކަލޭގެފާނު ވަނީ އުޑަށް އަރާ ވަޑައިގެންފައެވެ. އެއީ އީސާގެފާނެވެ. އެކަލޭގެފާނަކީ މާތްރަސްކަލާނގެ ދަރިކަލުންނެވެ. އަހަރެމެން އެކަލޭގެފާނާ މެދު އީމާންވެތިބެ ބުނާ އިގްރާރުގެ ބަސްތަކުގެ މަތީ ސާބިތުވެ ތިބެންވީ އެހެންވީމައެވެ.


އީސާ އަލްމަސީޙު އުއްތަމަ އިމާމަކަށް ވުމުގެ ޝަރަފު އަމިއްލަފުޅަށް ނުހޯއްދެވީ އެހެންވީމައެވެ. މާތްރަސްކަލާނގެ ވަޙީކުރެއްވީ މިހެންނެވެ. ”⁠ކަލޭގެފާނަކީ ތިމަންކަލާނގެ ދަރިކަލުންނެވެ. ކަލޭގެފާނުގެ ބައްޕަކަމަށް މިއަދު ތިމަންކަލާނގެ ވެ ވޮޑިގެންފީމެވެ.⁠“


އީސާގެފާނު އިމާމަކަށް ހެއްދެވީ މާތްރަސްކަލާނގެ ކުރެއްވި ހުވާފުޅަކުންނެވެ. ”⁠މާތްރަސްކަލާނގެ މިކުރެއްވި މަތިވެރި ހުވާފުޅު އަނބުރާ ނުގެންދަވާނެއެވެ: ’⁠ކަލޭގެފާނަކީ ދާއިމީ އިމާމެވެ.⁠‘⁠“


އެކަމަކު އީސާގެފާނަކީ އަވަހާރަފުޅުވާނެ ބޭކަލެއް ނޫނެވެ. އެކަލޭގެފާނަކީ ދާއިމީ އިމާމަކަށް ވަނީ މިހެންވީމައެވެ.


މަލްކީޞާދިޤުގެ ބަފައިކަލަކީ އަދި މައިކަނބަލަކީ ކާކުކަން، އަދި ކޮން ދަރިކޮޅެއްގެ ބޭކަލެއްކަން އެނގޭކަށް ނެތެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅު ފެށުނުގޮތެއް އަދި ނިމުނު ގޮތެއް ވެސް ނޭނގެއެވެ. އެކަލޭގެފާނަކީ މާތްރަސްކަލާނގެ ދަރިކަލުން ފަދައިން ދާއިމީ އަދި އަބަދީ އީމާމެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ