ޢިބްރާނީންނަށް ސިޓީ 7:25 - ކިތާބުލް މުޤައްދަސާ25 މާތްރަސްކަލާނގެ ޙަޟްރަތަށް ގެންދެވޭ މީހުން، އެކަލޭގެފާނު މެދުވެރިވެގެން ހުރިހާއިރަކުވެސް ސަލާމަތް ކުރެއްވުމުގެ ބާރުފުޅު އެކަލޭގެފާނަށް ލިބިވަޑައިގަންނަވައެވެ. އެމީސްތަކުންނާ ބެހޭ ވާހަކަތައް މާތްރަސްކަލާނގެއަށް ދެންނެވުމަށް އަބަދުވެސް އެކަލޭގެފާނު ދިރިދެމި ހުންނަވައެވެ. အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ މަތިވެރިކަމުގެ ބޮޑުކަމާއެވެ! އަހަރެމެން އެދިދަންނަވާ ކޮންމެ ކަމެއް މާއިތުރަށް ވެސް ކޮށްދެއްވުމަށް އެކަލާނގެ ކުޅަދުންވަންތައެވެ. އަދި އަހަރެމެންނަށް ޚިޔާލު ކުރުމަށް ކުޅެދިގެންނުވާ މިންވަރަށް ވެސް ކަންތައްތައް ކޮށްދެއްވުމަށް އެކަލާނގެ ކުޅަދުންވަންތައެވެ. އެހެނީ އެކަލާނގެ ކުޅަދުންވަންތަކަން އަހަރެމެންގެ ކިބައިގައި މަސައްކަތް ކުރަމުން ދެއެވެ.
އަދި ވޭނާއެކު މި ހުރިހާ ކަމެއް އަހަރެންނަށް ކުރިމަތި މިވަނީ މި ސަބަބަށްޓަކައެވެ. އެހެނަސް އަހަރެން ލަދުވެތި ނުވަމެވެ. އަހަރެން އިތުބާރުކުރާ ފަރާތަކީ ކޮބައިކަން އަހަރެން ދަންނަމެވެ. އެކަލޭގެފާނު އަހަންނާއި ޙަވާލު ކުރެއްވި ކަންތައް އެކަލޭގެފާނު އަލުން އަނބުރާ ވަޑައިގަންނަވާ ދުވަހާއި ހަމައަށް ރައްކާތެރި ކުރައްވާނެކަން އަހަންނަށް ކަށަވަރުވެއެވެ.
އެކަމަކު ކުޑަ ހިނދުކޮޅަކަށް މަލާއިކަތުންނަށް ވުރެން ދަށްކޮށް އީސާގެފާނު ހުންނެވިތަން އަހަރެމެންނަށް ފެނުނެވެ. އެހެން އެވީ މާތްރަސްކަލާނގެ ނިޢުމަތްފުޅުން އެންމެހާ މީސްތަކުންގެ ބަދަލުގައި އެކަލޭގެފާނު އަވަހާރަވެ ދިއުމަށްޓަކައެވެ. މިހާރު މި ފެންނަނީ އެކަލޭގެފާނުގެ އިސްތަށިފުޅުގައި ތާޖު ބެހެއްޓެވި ޖަލާލަތު ކަމާއި ޝަރަފުވެރިކަން ދެއްވާފައި އެކަލޭގެފާނު ހުންނެވި ތަނެވެ. އެކަން އެހެން އެވީ މީސްތަކުންނަށްޓަކައި އެކަލޭގެފާނަށް އަވަހާރަވުމުގެ ރަހަ ފެނިވަޑައިގެންނެވި ކަމުންނެވެ.
އީސާގެފާނު މަރުން ސަލާމަތް ކުރެއްވުމުގެ ބާރުފުޅު މާތްރަސްކަލާނގެ ކިބަފުޅުގައި އޮތެވެ. އޭރު އެކަލޭގެފާނު ބިންމަތީގައި ހުންނަވައި ކަރުނައަޅައި ގަދަ އަޑުފުޅުން ސަލާމަތަށް އެދި މާތްރަސްކަލާނގެއަށް ދަންނަވަމުން ދިޔައެވެ. އެކަލޭގެފާނުގެ ޚުޝޫއަތްތެރިކަމާއި މަޑުމޮޅިކަމުގެ ސަބަބުން މާތްރަސްކަލާނގެ އެކަލޭގެފާނުގެ އަޑުފުޅު އެއްސެވިއެވެ.