Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 7:22 - ކިތާބުލް މުޤައްދަސާ

22 މި ހުވާފުޅަށްޓަކައި އީސާގެފާނަކީ ކުރީގައި އޮތް ޢަހުދުނާމާއަށް ވުރެން މާރަނގަޅު ޢަހުދުނާމާއެއް ކަށަވަރު ކޮށްދެއްވާނެ ފަރާތް ކަމުގައި ވެގެން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 7:22
17 ပူးပေါင်းရင်းမြစ်များ  

އަހަރެން ބަންޔާމީނާއިމެދު ޒިންމާވާނަމު. އޭނާއަށް ރައްކާތެރިކަން ޚުދު އަހަރެން ދޭނަން. އަދި ބަފައިކަލުންގެ އަރިހަށް އޭނާ ގެނެސްދޭނަން ވެސްމެ. މިފަދައިން އަހަރެންނަށް އަމަލު ނުކުރެވިއްޖެނަމަ އެކަމުގެ އިލްޒާމު މުޅި އުމުރަށް އަހަރެންގެ ބޮލުގައި އަޅުއްވާ.


މި ޒުވާން ކޮއްކޮއަށް ރައްކާތެރިކަން ދޭނޭ ކަމުގައި ޚުދު އަޅުގަނޑު ބަފައިކަލުންނަށް ޔަޤީންކަން ދިނީމު. އަޅުގަނޑު ބަފައިކަލުންނަށް މިފަދައިން ދެންނެވީމު. ’⁠އަޅުގަނޑުމެންގެ މި ކޮއްކޮ އާއި ވަކިން އަޅުގަނޑުމެން އެނބުރި ބަފައިކަލުންގެ އަރިހަށް އަތުވެއްޖެނަމަ، އަޅުގަނޑުގެ މުޅި އުމުރު ދުވަހު އެކަމުގެ ބަދުނާމު އަޅުގަނޑުގެ ބޮލުގައި އަޅުއްވާށޭ ދެންނެވީމު.⁠‘


ނުދަންނަ މީހެއްގެ ދަރަނި ބޮލުގައި އެޅުމުގެ މޮޔަ ނަހަދާށެވެ. އެހެން ނޫނީ ރަހުނުގެ ގޮތުގައި ތިމާގެ އަމިއްލަ މުދާތައް ބަހައްޓަން ޖެހިދާނެއެވެ. އެއީ ބީރައްޓެއްސެއް ނަމަ އެ ދަރަނީގެ ބަދަލުގައި އެއްޗެއް ރަހުނުގެ ގޮތުގައި އަތުލާށެވެ.


މަގޭ ދަރިފުޅާއެވެ. އެހެން މީހެއްގެ ދަރަންޏަކާ ކަލޯ ހަވާލު ވެއްޖެނަމަ،


މިއީ، އަހަރެންގެ ލޭ. އެހެނީ މި ލެއަކީ އެ ލެއަކުން އެތައް ބަޔެއްގެ ފާފަ ޢަފޫކުރެވުމަށްޓަކައި އޮހޮރިގެން ދާނެ އަހަރެންގެ ލޭ. އަދި މީސްތަކުންނާއި މާތްރަސްކަލާނގެއާއި ދެމެދުގައި ގާއިމު ކުރެވޭނޭ އާ ޢަހުދުނާމާ.


އެ ހިނދު އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔައީ އަހަރެންގެ ލޭ. ތިޔަ ލޭ އޮއްސާލެވެނީ އެތައް ބަޔަކަށްޓަކައި. އަދި މިއީ މީސްތަކުންނާއި މާތްރަސްކަލާނގެ އާއި ދެމެދުގައި ގާއިމު ކުރެވޭ އާ ޢަހުދުނާމާ.


ކެއުމުން ނިމުމަށް ފަހު އީސާގެފާނު އަނެއްކާ ވެސް މޭބިސްކަދުރުގެ ދިޔަ ތައްޓެއް ނަންގަވާ ވިދާޅުވިއެވެ. ”⁠މިއީ އެލޭ ކަލޭމެންނަށްޓަކައި އޮހޮރުވިފައިވާ އަހަރެންގެ ލޭ. މިލޭ އޮހޮރުވިފައި ވަނީ މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުންނާއި އެކު ކުރެއްވި އާ ޢަހުދުނާމާ ގާއިމު ކުރުމަށްޓަކާ.


އަދި އީސާގެފާނު ވެސް ހުންނެވީ މިތަނުގައެވެ! އެކަލޭގެފާނަކީ މާތްރަސްކަލާނގެއާ އަހަރެމެންނާ ދެމެދު އާ ޢަހުދުނާމާއެއް ގާއިމު ކުރެއްވި ކަލޭގެފާނެވެ. އެކަލޭގެފާނު އޮއްސެވި ލޭފޮދުން ގޮވާލި ގޮވާލެއްވުން ހާބީލް އޮއްސި ލެޔަށް ވުރެން މުހިންމުކަން ބޮޑެވެ.


ހިތްފަސޭހަކަން ދެއްވާ ކަލާނގެ ވަނީ އެންމެ މަތިވެރި ހުއިހައްޕާ ކަލޭގެފާނު ކަމަށްވާ މާތްސާހިބާ އީސާގެފާނު އަލުން ދިރުއްވައި އެކަލޭގެފާނުގެ ލޭފޮދުން އަބަދަށް ދެމިއޮންނާނެ ޢަހުދުނާމާ ފުރިހަމަކުރައްވައި ސިލު ޖައްސަވާފައެވެ.


މީގެ ކުރީގައި ވެސް އެތަކެއް އިމާމުންނެއް އުޅެފައި ވިއެވެ. މިއިން ކޮންމެ އިމާމަކު ވެސް މަރުވެ ދަނީއެވެ. އެހެންކަމުން މިއިން އެއްވެސް ބޭކަލަކަށް އެމީހުންގެ މަސައްކަތް ކުރާކަށް ތާއަބަދަކު ދިރިއެއް ނުތިބެއެވެ.


މާތްރަސްކަލާނގެ އެހެން ޢަހުދުނާމާއެއް ކުރައްވާނެކަމަށް އެންގެވުމުން އޭގެ މާނައަކީ ކުރީގެ ޢަހުދުނާމާ ބާތިލުވީ ކަމުގައެވެ. ބާވެ ބޭނުންކެނޑިފައި ހުންނަ އެއްޗެހި ދާދި އަވަހަށް ލޯމަތިން ގެއްލިދާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ