Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 7:2 - ކިތާބުލް މުޤައްދަސާ

2 އިބްރާހީމްގެފާނު ގެންނެވި ޣަނީމާގެ ދިހަބައިކުޅައެއްބައި އެކަލޭގެފާނަށް ދެއްވިއެވެ. މަލްކީޞާދިޤުގެ ނަމުގެ މާނައަކީ ”⁠އަދުލުވެރި ރަސްގެފާނު⁠“ އެވެ. އެކަލޭގެފާނަކީ ”⁠ސާލީމުގެ ރަސްގެފާނު⁠“ ވެސްމެއެވެ. މާނައަކީ ”⁠ސުލްޙައިގެ ރަސްގެފާނު⁠“ އެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 7:2
26 ပူးပေါင်းရင်းမြစ်များ  

މި ހަނދާނީ ތަނބަކީ އިނބަ ކަލާނގެއަށް އަޅުކަން ކުރުމަށް ހުރި އިނބަކަލާނގެ ގެކޮޅު. އިނބަކަލާނގެ އަޅާއަށް ދެއްވާ ކޮންމެ އެއްޗެއްގެ ދިހަބައިކުޅަ އެއްބައި އިނބަ ރަސްކަލާނގެ ކިބަފުޅަށް އަޅާ ހުށަހަޅާނަމު.⁠“


އިސްރާއީލުގެ ކަލާނގެ ވަޙީ ކުރެއްވިއެވެ. ’⁠އިސްރާއީލުންގެ ހިލަ⁠‘ އަހަންނަށް އެންގެވިއެވެ. ’⁠އަދުލުވެރި ރަސްކަލެއްނަމަ އެރަސްގެފާނު އަމުރު ހިންގަވާނީ މާތްކަލާނގެ ކިބަފުޅަށް ބިރުވެތިވެ ހުރެގެންނެވެ.


މިގޮތުގެ މަތިން ދާއޫދުގެފާނު އެންމެހައި އިސްރާއީލީންގެ މައްޗަށް ވެރިކަން ހިންގެވިއެވެ. އަދި އެމީހުންގެ މައްޗަށް ހެވާއި އިންސާފު ގެންނެވިއެވެ.


”⁠މަތިވެރިވެ ވޮޑިގެންވާ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ސަނާ ހުރި! ދުނިޔޭގައި އެކަލާނގެ ރުއްސެވުން ލިބިފައިވާ މީހުންނަށް އެކަލާނގެ ދެއްވާ ސުލްޙަ އަމާންކަމުގެ މަގު ދެއްވާނެ!⁠“


މަލްކީޞާދިޤު އަކީ ސާލެމުގެ ރަސްގެފާނު އަދި އެންމެ މަތިވެރި ކަލާނގެ މާތްރަސްކަލާނގެ އިމާމެވެ. އެކަލޭގެފާނަކީ އިބްރާހީމްގެފާނު ހަތަރު ރަސްކަލުންނާ ހަނގުރާމަ ކުރައްވައި އެ ރަސްކަލުން ބަލިކުރައްވާފައި ވަޑައިގަތުމުން އެކަލޭގެފާނަށް ބަރަކާތް ލައްވައިދެއްވި ކަލޭގެފާނެވެ.


މަލްކީޞާދިޤުގެ ބަފައިކަލަކީ އަދި މައިކަނބަލަކީ ކާކުކަން، އަދި ކޮން ދަރިކޮޅެއްގެ ބޭކަލެއްކަން އެނގޭކަށް ނެތެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅު ފެށުނުގޮތެއް އަދި ނިމުނު ގޮތެއް ވެސް ނޭނގެއެވެ. އެކަލޭގެފާނަކީ މާތްރަސްކަލާނގެ ދަރިކަލުން ފަދައިން ދާއިމީ އަދި އަބަދީ އީމާމެކެވެ.


އަދި ކަލޭމެންގެ ގޮވާމުންނާއި މޭބިސްކަދުރުން ދިހަބައިކުޅަ އެއްބައި ނަގައި އެމީހުންގެ އިސްވެރިންނާއި އަރިސް މީހުންނަށް ދޭނެ.


އަދި ކަލޭމެންގެ ގެރިބަކަރީގެ ދިހަބައިކުޅަ އެއްބައި އަތުލައި އަދި ކަލޭމެން ވެސް ރަސްގެފާނުގެ އަޅުންނަށް ހަދާފާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ