ޢިބްރާނީންނަށް ސިޓީ 7:19 - ކިތާބުލް މުޤައްދަސާ19 އެހެނީ ޤާނޫނަކީ އެއްވެސް ކަމެއް ފުރިހަމަ ކުރެވޭނެ އެއްޗެއް ނޫނެވެ. މިއަދު އަހަރެމެންނަށް މިވަނީ މާމަތިވެރި އުންމީދެއް ލިބިފައެވެ. އެ އުންމީދުގެ ތެރޭން އަހަރެމެންނަށް މާތްރަސްކަލާނގެއާ ގާތަށް ދެވޭނެ ގޮތް މެދުވެރިވެއެވެ. အခန်းကိုကြည့်ပါ။ |
މީގެ މާނައަކީ މާތްރަސްކަލާނގެ ކުރެއްވި އަމުރުފުޅުތަކާއި ގަވާއިދުތައް އެކަލާނގެ އިބްރާހީމްގެފާނަށް ކުރެއްވި ވަޢުދުފުޅާއި ފުށުއަރައޭ ހެއްޔެވެ؟ ނޫނެކެވެ. އެއްގޮތަކަށް ވެސް އެހެނެއް ނޫނެވެ. ގަވާއިދަކަށް ކިޔަމަންވެގެން އަހަރެމެންނަށް ދިރުންލިބޭނޭ ގަވާއިދެއް ވާނަމަ އެ ގަވާއިދަކަށް ކިޔަމަންވެގެން އަހަރެމެންނަށް މާތްރަސްކަލާނގެ ރުއްސެވުން ލިބުނީހެވެ.
މާތްކަލާނގެ އެ މީހުންނަށް މި ފާޅު ކުރައްވަނީ ހައްދެއް ނެތްފަދަ އިއްޒަތްތެރި އަދި ސިއްރެކެވެ. މި ސިއްރަކީ ބަނީއިސްރާއީލުން ނޫން މީހުންގެ ކިބައިގައި ވެސް އަލްމަސީޙު ވާނެ ކަމުގެ ވާހަކައެވެ. އެހެންކަމުން އެކަލޭގެފާނުގެ ޖަލާލަތުކަން އައުމުން ތިޔަބައިމީހުންނާ ވެސް އެ ޖަލާލަތުކަން ޙިއްސާވެގެން ދާނެ ކަމުގެ މަތިވެރި އުންމީދު ތިޔަބައިމީހުންނަށް ލިއްބައިދޭނެ ކަމުގެ ޔަޤީންކަމެވެ.
އެހެންވީއިރު އެކަލާނގެ ކުރެއްވި ވަޢުދާއި ހުވަޔަކީ ބަދަލުވުމެއް ނުވާ ދެ ކަންތަކެވެ. އެ އިތުބާރާއެކު އަހަރެމެން މިތިބީ މާތްކަލާނގެ ކިބަފުޅުން ސަލާމަތް ކަމަށް އެދި ދުވެފައި އައިއެވެ. މިހިނދު އެކަލާނގެ ކުރެއްވި ވަޢުދުފުޅު ކުރެއްވީ އެ އުންމީދުގައި އަހަރެމެން ބާރަށް ހިފަހައްޓައިގެން ތިބުމަށް ހިތްވަރު ދެއްވުމަށެވެ. އެކަންތައް މިވަނީ އަހަރެމެންގެ ދިމާ ކުރިމަތީގަ ފެންނާށެވެ.