Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 7:16 - ކިތާބުލް މުޤައްދަސާ

16 މި ބޭކަލަކު މި ހޮއްވެވީ ޤާނޫނުގައިވާ ފަދައިން ވަކި ދަރިކޮޅަކުން ވީމައެއް ނޫނެވެ. އެއީ އެބޭކަލަކީ ނެތި ނިމި ނުދާނެ ބޭކަލަކަށް ވާތީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 7:16
15 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ވަޑައިގަންނަވަންދެން އަހަރެމެންގެ ކަންތައް ހުރީ ވެސް ހަމަ އެފަދައިންނެވެ. އަހަރެމެން ވެސް ތިބީ ދުނިޔޭގެ މައްޗަށް އަމުރު ހިންގަމުން ދިޔަ ނުބައި ރޫޙުތަކުގެ ބާރުގެ ދަށުގައިވާ އަޅުންތަކެއްގެ ގޮތުގައެވެ.


ނަމަވެސް މިހާރު ކަލޭމެންނަށް މާތްރަސްކަލާނގެއަކީ ކޮބައިކަން އެނގިއްޖެއެވެ. ނުވަތަ އެހެންގޮތަކަށް ބުނާނަމަ މާތްރަސްކަލާނގެ ކަލޭމެން ދެނެވޮޑިގެންފިއެވެ. ވީއިރު އަނެއްކާ ކަލޭމެން ކުރީގެ ގޮތްތަކަށް އެނބުރި ގޮސް، ދުނިޔޭގައި ވެރިކަން ހިންގަމުން ދާ ބާރެއް ނެތް ބޭކާރު ރޫޙުތަކެއްގެ ދަށުވުމަށް ދާން ތިޔަ އުޅެނީ ކީއްވެހެއްޔެވެ؟ އަނެއްކާވެސް ކަލޭމެން ބޭނުމީ އެތަކެތީގެ އަޅުންނަށް ވުމަށްހެއްޔެވެ؟


އަދި އަހަރެމެން ކުށްވެރިވާނެ ފަދައިން ދަރާފައިވާ ދަރަނީގެ ލިޔުންތައް އެކަލާނގެ މުޅީން ނައްތަވާ ލެއްވީއެވެ. އެކަންތައް އެކަލާނގެ ކުރެއްވީ އަލްމަސީޙު ސަލީބަށް ނެގިއިރު ޖެހުނު މޮހަރާ އެކުގައެވެ.


ތިޔަބައިމީހުން ތިޔަވަނީ އީސާއަލްމަސީޙު އަވަހާރަވުމާ ގުޅިގެން މަރުވެ ގޮސްފައެވެ. އެހެންކަމުން ތިޔަބައިމީހުންގެ މައްޗަކަށް ކާއިނާތުގެ ބަދު ރޫހުތަކުގެ ބާރެއް ނުހިނގާނެއެވެ. އެހެންވީ އިރު މި ދުނިޔެމަތީގެ ބައެއް ފަދައިން ތިޔަބައިމީހުން އުޅެމުން ދާންވީ ކީއްވެހެއްޔެވެ؟ އެފަދަ ޤާނޫނުތަކަށް ތިޔަބައިމީހުން ތަބާވާންވީ ކީއްވެހެއްޔެވެ؟


މޫސާގެފާނުގެ ޤާނޫނުތަކަކީ އަންނަން އޮތް ހެޔޮކަންތަކުގެ ނަމޫނާއެއް ފަދަ އެއްޗެކެވެ. މިއަކީ އޭގެ ޒާތުގައި އަސްލެއް ފަދަ އެއްޗެއް ނޫނެވެ. އެހެނީ އަހަރަކަށް ފަހު އަހަރަކު އެކުރާ ޤުރުބާނަކުން އަޅުކަން ކުރަން އަންނަ މީސްތަކުން ފުރިހަމަޔަކަށް ސާފުތާހިރެއް ނުކުރެވެއެވެ.


މިހުރިހާކަމެއް އިތުރަށް ސާފުވެގެން މިދަނީ މަލްކީޞާދިޤު ފަދަ ބޭކަލަކު އިމާމެއްގެ ގޮތުގައި ފާޅުވެގެން އައީމައެވެ.


އެހެނީ ފަތްފުށްތަކުގައި ލިޔެވިފައިވެއެވެ. ”⁠ކަލޭގެފާނު ވާހުށީ އިމާމު މަލްކީޞާދިޤުގެ މަގުން ތާއަބަދަށް ހުންނަވާނެ އިމާމު ކަމަށެވެ.⁠“


އީސާގެފާނު އިމާމަކަށް ހެއްދެވީ މާތްރަސްކަލާނގެ ކުރެއްވި ހުވާފުޅަކުންނެވެ. ”⁠މާތްރަސްކަލާނގެ މިކުރެއްވި މަތިވެރި ހުވާފުޅު އަނބުރާ ނުގެންދަވާނެއެވެ: ’⁠ކަލޭގެފާނަކީ ދާއިމީ އިމާމެވެ.⁠‘⁠“


މޫސާގެފާނުގެ ޤާނޫނުގައި ވާގޮތަށް ހޮވޭ އިމާމުންގެ ކިބައިގައި އިންސާނީ ބަލިކަށިކަން ހުރެއެވެ. އެހެންކަމުން ޤާނޫނުގެ ފަހުން މާތްރަސްކަލާނގެ ހުވާފުޅަކާއެކު ކުރެއްވި ވަޢުދުފުޅާ އެއްގޮތްވާގޮތުގެ މަތިން އިމާމަކަށް ޚިޔާރު ކުރެއްވީ އެކަލާނގެ ދަރިކަލުންނެވެ. އެދަރިކަލުންނަކީ އަބަދަށްޓަކައި އެންމެ ފުރިހަމަ އިމާމުކަމުގައި އެކަލާނގެ ވަނީ ހައްދަވާފައެވެ.


މަލްކީޞާދިޤުގެ ބަފައިކަލަކީ އަދި މައިކަނބަލަކީ ކާކުކަން، އަދި ކޮން ދަރިކޮޅެއްގެ ބޭކަލެއްކަން އެނގޭކަށް ނެތެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅު ފެށުނުގޮތެއް އަދި ނިމުނު ގޮތެއް ވެސް ނޭނގެއެވެ. އެކަލޭގެފާނަކީ މާތްރަސްކަލާނގެ ދަރިކަލުން ފަދައިން ދާއިމީ އަދި އަބަދީ އީމާމެކެވެ.


އެކަމަކު އީސާގެފާނަކީ އެއްވެސް އުނިކަމެއް ފާފައެއް ނުވާ ބޭކަލެކެވެ. އެކަލޭގެފާނު ވަނީ ދާއިމީ ރޫޙުފުޅުން މާތްރަސްކަލާނގެއަށް މާފުރިހަމަ ޤުރުބާނީއެއް ވެދުން ކުރައްވާފައެވެ. އެކަލޭގެފާނުގެ ހަށިކޮޅުން އެ އޮހުރުނު ލޭފޮދުގެ ބާރުފުޅު ގަދައީ އެހެންވެއެވެ. އަހަރެމެން މަރާ ދިމާއަށް ދާންޖެހޭ ފަދަ ކަންތަކުން އަހަރެމެންގެ ޒަމީރުތައް ސާފުވެ، ދިރިދެމި ވޮޑިގެންވާ ކަލާނގެއަށް އަޅުކަން ކުރުން މަތީގައި މިއަދު ދެމިތިބެވޭނެ ގޮތް މެދުވެރިވެފައި މިވަނީ ވެސް އެހެންވެއެވެ.


އަހަރެންނީ ދާއިމަށް ދެމި ވޮޑިގެންވާނެ ފަރާތް! އަހަރެން މަރުވެދިޔަ. ނަމަވެސް އަހަރެންނީ އަބަދުގެ އަބަދަށް ދިރިދެމި ވޮޑިގެންވާނެ ފަރާތް. މަރުގެ ތަޅުދަނޑި އަހަރެން ހިފަހައްޓަން. އަދި މަރުގެ މަންޒިލްގެ ތަޅުދަނޑިވެސް އަހަރެން ހިފަހައްޓަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ