Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 7:15 - ކިތާބުލް މުޤައްދަސާ

15 މިހުރިހާކަމެއް އިތުރަށް ސާފުވެގެން މިދަނީ މަލްކީޞާދިޤު ފަދަ ބޭކަލަކު އިމާމެއްގެ ގޮތުގައި ފާޅުވެގެން އައީމައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 7:15
8 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އެމީހުންގެ ހިތުގައި އެ އުނގެނުންތައް ފުންކޮށް ހަރުލާފައި ނުވޭ. ވީމާ އެމީހުންނަށް އެބަސްފުޅުތަކުގައި ހިފެހެއްޓިގެންވީ ކުރު މުއްދަތެއްގައި. އެމީހުންގެ މިސާލަކީ އަހަރެންގެ ބަސްތައް ގަބޫލު ކުރުމަށް ފަހު މުސީބާތްތައް ކުރިމަތިވުމުގެ ސަބަބުން އީމާންތެރިކަމުން އެއްކިބާވެގެންވާ މީހުންގެ މިސާލު.


އެހެން އާޔަތެއްގައި އެކަލާނގެ މިހެން ވެސް ވަޙީކުރައްވާފައި ވެއެވެ. ”⁠ކަލޭގެފާނަކީ މަލްކީޞާދިޤުގެ މަގުން ދާއިމަށް އިމާމެއްގެ ގޮތުގައި ހުންނަވާނެ ކަލޭގެފާނެވެ.⁠“


މޫސާގެފާނުގެ ޤާނޫނުގައި ވާގޮތުގައި އިމާމަކަށް ވެވޭނީ ލާވީ ދަރިކޮޅުގެ މީހަކަށެވެ. އެހެންނަމަވެސް ލާވީންނަކަށް ވެސް އަނެކާގެ ކުށްފާފަ އެއްކޮށް ފިލުވައި ފުރިހަމަކޮށެއް ނުދެވެއެވެ. އެހެންކަމުން ހާރޫނުގެފާނުގެ ދަރިކޮޅުގައި ތިބި އިމާމުންނާ ޚިލާފަށް މަލްކީޞާދިޤުގެ ފަންތީގެ އިމާމަކު ހުންނަވަން ޖެހެނީއެވެ.


އެކަލޭގެފާނަކީ ޔަހޫޛާގެ ދަރިކޮޅުން ވަޑައިގަތް ބޭކަލެއްކަމީ އެންމެންނަށް ވެސް ސާފުވެފައި އޮންނަކަމެކެވެ. އިމާމުންނާ ބެހޭ ވާހަކައިގެ ތެރެއަކު ޔަހޫޛާގެ ގަބީލާގެ ވާހަކައެއް މޫސާގެފާނު ވިދާޅެއް ނުވެއެވެ.


މި ބޭކަލަކު މި ހޮއްވެވީ ޤާނޫނުގައިވާ ފަދައިން ވަކި ދަރިކޮޅަކުން ވީމައެއް ނޫނެވެ. އެއީ އެބޭކަލަކީ ނެތި ނިމި ނުދާނެ ބޭކަލަކަށް ވާތީއެވެ.


މަލްކީޞާދިޤުގެ ބަފައިކަލަކީ އަދި މައިކަނބަލަކީ ކާކުކަން، އަދި ކޮން ދަރިކޮޅެއްގެ ބޭކަލެއްކަން އެނގޭކަށް ނެތެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅު ފެށުނުގޮތެއް އަދި ނިމުނު ގޮތެއް ވެސް ނޭނގެއެވެ. އެކަލޭގެފާނަކީ މާތްރަސްކަލާނގެ ދަރިކަލުން ފަދައިން ދާއިމީ އަދި އަބަދީ އީމާމެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ