Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 7:11 - ކިތާބުލް މުޤައްދަސާ

11 މޫސާގެފާނުގެ ޤާނޫނުގައި ވާގޮތުގައި އިމާމަކަށް ވެވޭނީ ލާވީ ދަރިކޮޅުގެ މީހަކަށެވެ. އެހެންނަމަވެސް ލާވީންނަކަށް ވެސް އަނެކާގެ ކުށްފާފަ އެއްކޮށް ފިލުވައި ފުރިހަމަކޮށެއް ނުދެވެއެވެ. އެހެންކަމުން ހާރޫނުގެފާނުގެ ދަރިކޮޅުގައި ތިބި އިމާމުންނާ ޚިލާފަށް މަލްކީޞާދިޤުގެ ފަންތީގެ އިމާމަކު ހުންނަވަން ޖެހެނީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 7:11
17 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ ދެއްވި މަތިވެރި ނިޢުމަތްފުޅަކާ އަހަރެން ދެކޮޅެއް ނަހަދާނަން. އެގޮތަކީ މީހަކު ދީނީ ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމުގެ ސަބަބުން އެމީހަކީ ރަނގަޅު މީހަކަށްވެ ދިންނެވުން ލިބޭނެ ކަމަށްވަންޏާ ދެން އީސާގެފާނު އަވަހާރަވެ ވަޑައިގަތުމަކީ އެއްވެސް މާނައެއްނެތް ކަމެއް.⁠“


އީސާގެފާނު ވަޑައިގަންނަވަންދެން އަހަރެމެންގެ ކަންތައް ހުރީ ވެސް ހަމަ އެފަދައިންނެވެ. އަހަރެމެން ވެސް ތިބީ ދުނިޔޭގެ މައްޗަށް އަމުރު ހިންގަމުން ދިޔަ ނުބައި ރޫޙުތަކުގެ ބާރުގެ ދަށުގައިވާ އަޅުންތަކެއްގެ ގޮތުގައެވެ.


ނަމަވެސް މިހާރު ކަލޭމެންނަށް މާތްރަސްކަލާނގެއަކީ ކޮބައިކަން އެނގިއްޖެއެވެ. ނުވަތަ އެހެންގޮތަކަށް ބުނާނަމަ މާތްރަސްކަލާނގެ ކަލޭމެން ދެނެވޮޑިގެންފިއެވެ. ވީއިރު އަނެއްކާ ކަލޭމެން ކުރީގެ ގޮތްތަކަށް އެނބުރި ގޮސް، ދުނިޔޭގައި ވެރިކަން ހިންގަމުން ދާ ބާރެއް ނެތް ބޭކާރު ރޫޙުތަކެއްގެ ދަށުވުމަށް ދާން ތިޔަ އުޅެނީ ކީއްވެހެއްޔެވެ؟ އަނެއްކާވެސް ކަލޭމެން ބޭނުމީ އެތަކެތީގެ އަޅުންނަށް ވުމަށްހެއްޔެވެ؟


ސަބަބަކީ މާތްރަސްކަލާނގެ އެކަލޭގެފާނު ހޮއްވެވީ މަލްކީޞާދިޤުގެ މަގުން އުއްތަމަ އިމާމަކަށް ހެއްދެވުމަށެވެ.


އެހެން އާޔަތެއްގައި އެކަލާނގެ މިހެން ވެސް ވަޙީކުރައްވާފައި ވެއެވެ. ”⁠ކަލޭގެފާނަކީ މަލްކީޞާދިޤުގެ މަގުން ދާއިމަށް އިމާމެއްގެ ގޮތުގައި ހުންނަވާނެ ކަލޭގެފާނެވެ.⁠“


އަހަރެމެންނަށް ވުރެ ކުރީން އީސާގެފާނު ވަނީ އެތަނަށް ވަޑައިގަންނަވާފައެވެ. އެއީ އަހަރެމެންނަށްޓަކައެވެ. އެކަލޭގެފާނަކީ މަލްކީޞާދިޤުގެ މަގުން ވަޑައިގެންނެވި އަހަރެމެންގެ އަބަދީ އުއްތަމަ އިމާމެވެ.


އެހެނީ ލާވީންނަކީ މާފަހުން އިބްރާހީމްގެފާނުގެ ހަށިކޮޅުގެ ދިޔަފޮދުން އައިސްފައިވާ ބައެއް ކަމަށް ވާތީއެވެ. އިބްރާހީމްގެފާނު މަލްކީޞާދިޤަށް ދިހަބައިކުޅައެއްބައި ދެއްވުމުން ލާވީންގެ ފަރާތުން ވެސް މަލްކީޞާދިޤަށް ދިހަބައިކުޅައެއްބައި ދެވުނީއެވެ.


އިމާމުން ހޮވުމުގެ ގަވާއިދަށް ބަދަލު އައުމުން ޤާނޫނު ވެސް ބަދަލުވާންޖެހެއެވެ.


އަހަރެމެން މިދައްކަނީ އަހަރެމެންގެ މާތްސާހިބާގެ ވާހަކައެވެ. އެކަލޭގެފާނު ވަޑައިގެންނެވީ އެހެން ގަބީލާއަކުންނެވެ. އެ ގަބީލާއަކީ އިމާމެއްގެ ގޮތުގައި އެއްއިރެއްގައި ވެސް ޤުރުބާނީ އަށި ދޮށަށް ދިޔަ ބައެއް ނޫނެވެ.


މިހުރިހާކަމެއް އިތުރަށް ސާފުވެގެން މިދަނީ މަލްކީޞާދިޤު ފަދަ ބޭކަލަކު އިމާމެއްގެ ގޮތުގައި ފާޅުވެގެން އައީމައެވެ.


އީސާގެފާނު އިމާމަކަށް ހެއްދެވީ މާތްރަސްކަލާނގެ ކުރެއްވި ހުވާފުޅަކުންނެވެ. ”⁠މާތްރަސްކަލާނގެ މިކުރެއްވި މަތިވެރި ހުވާފުޅު އަނބުރާ ނުގެންދަވާނެއެވެ: ’⁠ކަލޭގެފާނަކީ ދާއިމީ އިމާމެވެ.⁠‘⁠“


ފުރަތަމަ ކުރެވުނު ޢަހުދުނާމާގައި މަސްއަލައެއް ނެތްނަމަ ދެވަނަ ޢަހުދުނާމާއެއް ކުރެއްވުމުގެ ބޭނުމެއް ނެތީހެވެ.


މިއީ އިމާމުންގެ އަޅުކަމުގެ ވަޒީފާއަށް އާދައިގެ މަތިން ނުކުމެ އުޅުނު އިރު ފޭލިގެކޮޅުގެ ފުރަތަމަ ބައިގައި ކަންތައް ރޭވިފައި ހުރިގޮތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ