Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 7:10 - ކިތާބުލް މުޤައްދަސާ

10 އެހެނީ ލާވީންނަކީ މާފަހުން އިބްރާހީމްގެފާނުގެ ހަށިކޮޅުގެ ދިޔަފޮދުން އައިސްފައިވާ ބައެއް ކަމަށް ވާތީއެވެ. އިބްރާހީމްގެފާނު މަލްކީޞާދިޤަށް ދިހަބައިކުޅައެއްބައި ދެއްވުމުން ލާވީންގެ ފަރާތުން ވެސް މަލްކީޞާދިޤަށް ދިހަބައިކުޅައެއްބައި ދެވުނީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 7:10
7 ပူးပေါင်းရင်းမြစ်များ  

އަދި މާތްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެއީ ކުޅަދުންވަންތަ ކަލާނގެ. ތިމަންކަލާނގެ ތިބާގެ ދަރިފަސްކުޅު ގިނަކުރައްވާނަން. އެ ދަރިފަސްކޮޅުން ބޮޑެތި ވެގެންވާ ޤައުމުތަކެއް އުފެދިގެންދާނެ. އަދި ތިބާގެ ދަރިފަސްކޮޅުން ގިނަގުނަ ރަސްކަލުން އުފަންވާނެވެސްމެ. ތިބާއަކީ އެ ހުރިހާ އެންމެންގެ ކާބަފައި ކަމުގައި ވެސް ވާނެމެ.


ވީމާ، ޔަޢުޤޫބުގެފާނާއި އެކުގައި މިޞްރަށް ވަޑައިގެންނެވި އެކަލޭގެފާނުގެ ދަރިކޮޅުގެ މީހުންގެ ޢަދަދަކީ ފަސްދޮޅަސް ހަޔެކެވެ. މިއީ އެކަލޭގެފާނުގެ ޅީ ދަރިން ނުހިމަނައެވެ.


އެހެން އާޔަތެއްގައި އެކަލާނގެ މިހެން ވެސް ވަޙީކުރައްވާފައި ވެއެވެ. ”⁠ކަލޭގެފާނަކީ މަލްކީޞާދިޤުގެ މަގުން ދާއިމަށް އިމާމެއްގެ ގޮތުގައި ހުންނަވާނެ ކަލޭގެފާނެވެ.⁠“


މޫސާގެފާނުގެ ޤާނޫނުގައި ވާގޮތުގައި އިމާމަކަށް ވެވޭނީ ލާވީ ދަރިކޮޅުގެ މީހަކަށެވެ. އެހެންނަމަވެސް ލާވީންނަކަށް ވެސް އަނެކާގެ ކުށްފާފަ އެއްކޮށް ފިލުވައި ފުރިހަމަކޮށެއް ނުދެވެއެވެ. އެހެންކަމުން ހާރޫނުގެފާނުގެ ދަރިކޮޅުގައި ތިބި އިމާމުންނާ ޚިލާފަށް މަލްކީޞާދިޤުގެ ފަންތީގެ އިމާމަކު ހުންނަވަން ޖެހެނީއެވެ.


މޫސާގެފާނުގެ ޤާނޫނުގައި ވާގޮތުން، އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުން އެމީހުންގެ މުދަލުގެ ދިހަބައިކުޅައެއްބައި ނަގަން ޖެހެނީ އެމީހުންގެ ތިމާގެ މީހުން ކަމަށްވާ ލާވީ އިމާމުންނެވެ.


ލާވީގެ ދަރިކޮޅުގެ މީހުންނަށް މީސްމީހުންގެ މުދަލުގެ ދިހަބައިކުޅައެއްބައި ލިބެއެވެ. އިބްރާހީމްގެފާނު މަލްކީޞާދިޤަށް ދިހަބައިކުޅައެއްބައި ދެއްވުމުން އެބުނެވެނީ ލާވީން އަތުން ވެސް ދިހަބައިކުޅައެއްބައި އެކަލޭގެފާނަށް ނަގައި ދެވުނީކަމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ