Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 6:7 - ކިތާބުލް މުޤައްދަސާ

7 ބިމަށް ވާރޭ ވެހި ދަނޑުތައް ތެމި ދަނޑުވެރިޔާއަށް އެބިމުން ރަނގަޅު ގޮވާން ލިބުމަކީ އެބިމުގައި މާތްކަލާނގެ ލައްވާ ބަރަކާތެކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 6:7
17 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ބިމުން ގަސްގަހާގެހި ފަޅާ! އޮށް ހުރި ގަސްތަކާއި މޭވާގައި އޮށް ހުންނަ ގަސްތަކާއި މިފަދަ ކޮންމެ ބާވަތެއް ބިންމަތީގައި ހެދޭ!⁠“ ދެން މިކަންތައް އެ ގޮތަށް ހިނގައިފިއެވެ.


އެހެންވެ ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބައްޕާފުޅު އިސްޙާޤުގެފާނަށް ބޮސްދިނުމަށް އެކަލޭގެފާނާއި ކައިރިއަށްޖެހި ވަޑައިގަތެވެ. އެ ހިނދު އިސްޙާޤުގެފާނަށް ޢީސޫގެ ހެދުމުގެ ވަސްދުވެ ވަޑައިގަތުމުން އެކަލޭގެފާނަށް ބަރަކާތް ލެއްވުމަށް އެދި މިފަދައިން ދެންނެވިއެވެ. ”⁠އާހ، ދަރިފުޅުގެ ހެދުމުގެ ވަސް އަހަރެންނަށް ދުވި ހިނދު، މާތްރަސްކަލާނގެ ބަރަކާތް ލައްވާފައިވާ ތާޒާ މައިދާނެއް ފަދަ.


އެހެނީ އެދިދަންނަވާ ހުރިހާ އެންމެންނަށް ދެއްވާނެ. ހޯދާ ހުރިހާ އެންމެންނަށް ދައްކަވާނެ. އަދި ޓަކިދޭ ހުރިހާ އެންމެންނަށްޓަކާ ދޮރު ހުޅުއްވާނެ.


ގަދައަޅާ މަސައްކަތްކުރާ ދަނޑުވެރިން އެބައިމީހުންގެ ދަނޑުތަކުން ލިބޭ ގޮވާމުގެ އުފާ ފުރަތަމަ ކުރާނެ ބަޔަކީ ހަމަ އެ ދަނޑުވެރިންނެވެ.


އަޚުންނާއި އުޚުތުންނޭވެ! މާތްސާހިބާ އީސާގެފާނު އެނބުރިވަޑައިގަތުމަށް ދާންދެން ކެތްތެރިވާށެވެ. މިސާލެއްގެ ގޮތުން ދަނޑުވެރިންނާއި މެދުގައި ވިސްނައިބަލާށެވެ. އެބައިމީހުން ބިމުގައި އިންދި ގޮވާމުގެ މަތިވަރުން އޭގެ އަގު ލިބުމަށް އެދި ޚަރީފު މޫސުމާއި ބަހާރު މޫސުމުގެ ވާރޭގެ އިންތިޒާރުގައި ތިބެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ