3 އޭރުން އިރާދަ ކުރެއްވިއްޔާ އަހަރެމެންނަށް މިގޮތުގައި ކުރިޔަށް ދެވި އިތުރު ކަންތައް ދަސްވެގެންދާނެއެވެ.
ނަމަވެސް އޭނާ އެމީހުންނާ ހިތްހެޔޮކޮށް ދިއުމުގެ ކުރިން ބުންޏެވެ. ”އެއީ މާތްރަސްކަލާނގެ އެދިވޮޑިގެންވާ ގޮތްނަމަ އަހަރެން އަދި އެނބުރި ކަލޭމެންގެ ގާތަށް އަންނާނަން.“ ދެން ޕައުލް އެފޭސުސްއިން ފުރައިގެން ދިޔައެވެ.
އެމީހެއްގެ އީމާންކަން ދޫކޮށްލި މީހަކު އަލުން އަނބުރާ އީމާންކަމުގެ ތެރެއަށް ގެންނާނީ ކިހިނެއް ހެއްޔެވެ؟ އެމީހުންގެ ހިތްތަކަށް ވަނީ މާތްރަސްކަލާނގެ ނޫރުފުޅުގެ އަލިކަން މީގެ ކުރީގައި ލިބިފައެވެ. އެމީހުންނަށް ވަނީ ސުވަރުގޭގެ ހަދިޔާގެ ރަހަފެނި މާތްރޫޙުފުޅު ޙިއްސާ ކުރެވިފައެވެ.
އެހެންވީމާ ކަލޭމެން މިފަދައިން ބުނުމުގައިވާށެވެ. ”މާތްރަސްކަލާނގެ އިރާދަ ކުރެއްވުމުން އަހަރެމެންނަށް ޙަޔާތު ވޭތުކުރެވޭނޭ. އަހަރެމެން ގޮސް މިކަންތައްތައް ނޫނީ އެކަންތައްތައް ކުރުމުގައި ވާނަމޭ.“