Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 6:19 - ކިތާބުލް މުޤައްދަސާ

19 މި އުންމީދަކީ އަހަރެމެންގެ ޙަޔާތުގައި ލާފައިވާ ގުޑުވާނުލެވޭނެ ނަގިއްޔެއް ފަދަ އިތުބާރު ހުރި އެއްޗެކެވެ. މި އުންމީދު އަހަރެމެން ގޮވައިގެން މާތްވެގެންވާ ގެކޮޅުގެ ފަރުދާގެ އެތެރޭބަޔަށް ގެންގޮސް ދޭނެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 6:19
33 ပူးပေါင်းရင်းမြစ်များ  

އެވަގުތު ބައިތުލް މަޤްދިސްގެ އެތެރޭގައި ވާ މުޤައްދަސް ފަރުދާ މަތިން ފެށިގެން ތިރިއަށް ވީދި ދެފަޅިވެގެން ދިޔައެވެ. އަދި އެތަނަށް ބިންހެލުމެއްއައިސް ގާތައް ފަޅައިގެން ދިޔައެވެ.


ބަނީއިސްރާއީލުގެ ދީނީކޯޓުގެ މެމްބަރުންގެ ތެރޭގައި ހިމެނެނީ ސާދުސީންނާއި ފަރީސީން ކަން ޕައުލްއަށް ފާހަގަ ކުރެވުނެވެ. އެ ހިނދު ޕައުލް ވީހާ ވެސް ބާރެއް ލާފައި އަޑުގެ ނެއްތަނަށް ބުންޏެވެ. ”⁠އަޅުގަނޑުގެ އަޚުން ކަމުގައިވާ ބަނީއިސްރާއީލު މީހުންނޭ. އަޅުގަނޑަކީ ފަރީސީއެއް. އަދި އަޅުގަނޑަކީ މިއީ ފަރީސީއެއްގެ ދަރިއެއް ވެސް މެ. މިއަދު އަޅުގަނޑާއި މެދު ޝަރީއަތް މި ކުރެވެނީ މަރުވެފައިވާ މީހުން މާތްރަސްކަލާނގެ އަލުން ދިރުއްވާނެ ކަން އަޅުގަނޑު ގަބޫލުކޮށް އެހެން ބުނުމުން.⁠“


މި ބާރުމިނުގައި ދާ ކަމުގައި ވަނީ ނަމަ ފަރުތަކުގެ މައްޗަށް އޮޑި އުރިދާނެކަމުގެ ބިރު ބޮޑުވެ އެމީހުން ކޮޅުފަސްކޮޅަށް ހަތަރު ނަގިލި އެއްލިއެވެ. އަދި އިރުގެ އަލިކަން ވުމަށް އެދި ދުޢާ ކުރިއެވެ.


އެހެން ކަމުން އެމީހުން ހުރިހާ ނަގިލިތަކުގެ ވާތައް ކަނޑާލާ ކަނޑަށް ދޫކޮށްލިއެވެ. އަދި ހުންގާނު ތިރިކޮށް ތުންމަތި ރިޔާ ނަގާ އޮޑި އެ ރަށުގެ ގޮނޑުދޮށާއި ދިމާއަށް ދުއްވާލިއެވެ.


އަހަރެމެން އީސާ އަލްމަސީޙާއި އެކުގައި އެއްބައިވަންތަ ކަމުގައި ވުމުން މާތްރަސްކަލާނގެ އަހަރެމެން އަލުން ދިރުއްވިއެވެ. އަދި އެކަލޭގެފާނާއި އެކުގައި އަހަރެމެންނަށް ސުވަރުގެއިން ދަރަޖައެއް ދެއްވިއެވެ.


މާތްކަލާނގެ އެ މީހުންނަށް މި ފާޅު ކުރައްވަނީ ހައްދެއް ނެތްފަދަ އިއްޒަތްތެރި އަދި ސިއްރެކެވެ. މި ސިއްރަކީ ބަނީއިސްރާއީލުން ނޫން މީހުންގެ ކިބައިގައި ވެސް އަލްމަސީޙު ވާނެ ކަމުގެ ވާހަކައެވެ. އެހެންކަމުން އެކަލޭގެފާނުގެ ޖަލާލަތުކަން އައުމުން ތިޔަބައިމީހުންނާ ވެސް އެ ޖަލާލަތުކަން ޙިއްސާވެގެން ދާނެ ކަމުގެ މަތިވެރި އުންމީދު ތިޔަބައިމީހުންނަށް ލިއްބައިދޭނެ ކަމުގެ ޔަޤީންކަމެވެ.


ތިޔަބައިމީހުން ތިޔަ ވަނީ އީސާއަލްމަސީޙާއެކު އަލުން ދިރުވާފައެވެ. އެހެންކަމުން ތިޔަބައިމީހުންނަށް ވެސް ތިޔަ ވަނީ އާ ދިރުމެއް ލިބިފައެވެ. ތިޔަބައިމީހުން ސުވަރުގޭގައިވާ ކަންކަމަށް ހިތްއެދި ތިބޭށެވެ. އެތަނަކީ އީސާގެފާނު މިއަދު މާތްކަލާނގެ ކަނާތްޕުޅުގައި އިންނަވާ ތަނެވެ.


އެހެނަސް މާތްރަސްކަލާނގެ ބިންގާ ވަނީ ވަރުގަދައަށް ގާއިމުވެފައެވެ. މިބަސްފުޅުތައް ވަނީ އޭގައި ލިޔެވި ބިންވަޅު ނެގިފައެވެ. ”⁠މާތް ސާހިބާ އެކަލޭގެފާނުގެ އަހުލުވެރިން ދެނެވަޑައިގަންނަވައެވެ. އަދި އެކަލޭގެފާނުގެ ނަންފުޅުގައި އަޅުކަންކުރާ މީސްތަކުން އެންމެހާ ނުބައި ކަންތަކުން ދުރުވެގެންވާށެވެ.⁠“


އެހެންކަމާއެކު އަހަރެމެން ވެސް ނިޢުމަތްތައް އެތަނެއްގައިވާ މާތްރަސްކަލާނގެ އަރުޝިކޮޅުގެ ކުރިމައްޗަށް ކެރިގެން ދަމާހިނގާށެވެ. އަހަރެމެން އެންމެ ބޭނުންވާ ވަގުތު އެކަލާނގެ ރަޙުމަތްވަންތަ ނިޢުމަތް އަހަރެމެންނަށް ލިބޭނީ އެތަނުންނެވެ.


އެ ފޭލިގެކޮޅުގެ ދެވަނަ ބަޔަކީ އެންމެ މުޤައްދަސް މަޤާމުފުޅެވެ. އެބައި ވަނީ ފަރުދާގެ ފުރަގަހުގައެވެ.


ފޭލިގެކޮޅުގެ އެތެރޭ ބަޔަށް ވަދެވެނީ އުއްތަމަ އިމާމަށެވެ. އޭނާ އެތަނަށް ވަންނަނީ އަހަރަކު އެއްފަހަރުއެވެ. އެއިން ކޮންމެ ފަހަރަކު އޭނާގެ އަމިއްލަ ފާފައިގެ ކައްފާރާއަކަށް ހުށަހެޅުމަށް ޖަނަވާރެއްގެ ލޭ ގެންދަން ޖެހެއެވެ. އަދި މީސްތަކުންނަށް ގަސްތަކާނުލައި ކުރެވޭ ފާފަތަކުގެ މަތިން ހުށަހަޅަން ވެސް ޖަނަވާރެއްގެ ލޭ ގެންދަން ޖެހެއެވެ.


އެންމެހައި ޙަމްދާއި ޘަނާއެއް ޙައްޤުވެގެން ވަނީ މާތްސާހިބާ އީސާ އަލްމަސީޙުގެ ބައްޕާފުޅު، މާތްރަސްކަލާނގެއަށެވެ. އަހަރެމެންނަށް އާ އުފަންވުމެއް ދެއްވީ އެކަލާނގެ މަތިވެރި ރަޙުމަތްފުޅުންނެވެ. އީސާ އަލްމަސީޙު އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އަލުން ދިރިވަޑައިގެންނެވިކަމުން މިއަދު އަހަރެމެން ވޭތުކުރަމުން މިގެންދަނީ އުންމީދުން ފުރިފައިވާ ޙަޔާތެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ