Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 6:16 - ކިތާބުލް މުޤައްދަސާ

16 އަރާރުމެއްވެ ކަމެއް ހައްލު ކުރުމަށް ދެފަރާތެއްގެ ދެމެދުގައި ހުވައެއް ކުރެވޭ ހިނދު މީހުން ހުވާކޮށް އުޅެނީ އެމީހަކަށް ވުރެން މަތީ ފަރާތެއްގެ ނަންމަތީގައެވެ. އެކުރާ ހުވައިން އެމައްސަލަ ހައްލުވެދެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 6:16
12 ပူးပေါင်းရင်းမြစ်များ  

ޖަވާބުގައި އަބްރާމް ވިދާޅުވިއެވެ. ”⁠އުޑާއި ބިން ހެއްދެވި އެންމެ މަތިވެރި ރަސްކަލާނގެ ގަންދީ ހުވާ ކޮށްފައި ބުނަން. ތިބާގެ ތަކެތީގެ ތެރެއިން ފައިވާނުގެ ވަދެއް ނުވަތަ ރޮދިފަށެއްހާ މިންވަރު ވެސް އަހަރެން ބޭނުމެއް ނޫން. އޭރުން ތިބާއަކަށް ނުބުނެވޭނެ އަހަރެން މުއްސަނދި ކުރުވީ ތިބާއެކޭ.


އެހެންވީމާ، މާތްކަލާނގެ ރަސްކަންފުޅަށްޓަކައި އަޅުގަނޑާއެކުގައި ކަލޭގެފާނު މުޢާހަދާއެއްގެ ވަޢުދުފުޅު ކުރައްވާ. އެއީ ކަލޭގެފާނު މި ޤައުމުގައި ދިރިއުޅުއްވާހާ ހިނދަކު އަޅުގަނޑާއި އަޅުގަނޑުގެ ދަރިންނަށް ނޫނީ އަޅުގަނޑުގެ ދަރިފަސްކޮޅަށް ހީލަތެއް ނުހެއްދެވުމަށާއި އަދި އަޅުގަނޑު ކަލޭގެފާނަށް އަމާނާތްތެރި ކަމުގައި ވާހާ ހިނދަކު ކަލޭގެފާނަށް އަޅުގަނޑު ކަމޭހިތި ފަދައިން އަޅުގަނޑާއި މެދު އެފަދައިން އަމަލު ކުރެއްވުމުގެ މުޢާހަދާއެއްގެ ވަޢުދުފުޅު.⁠“


އިބްރާހީމްގެފާނު މިފަދައިން ޖަވާބު ދެއްވިއެވެ. ”⁠އެންމެ ރަނގަޅު، ތިޔަފަދައިން އަހަރެން ވެސް ވަޢުދުވަމު!⁠“


އަހަރެންގެ ބައްޕަ ނާޙޫރުގެ ކަލާނގެ އަދި ތިބާގެ ކާފަ އިބްރާހީމްގެފާނުގެ ކަލާނގެ މާތްކަލާނގެ އަހަރެމެން ދެމީހުންގެ މެދުގައި އިންސާފު ކުރައްވާނެ.⁠“ އެހެންވެ، ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބަފައިކަލުން އިސްޙާޤުގެ ފާނު ބިރުފުޅުގަންނަ ކަލާނގެ މާތްކަލާނގެ ނަންފުޅުގައި ޢަހުދުކަށަވަރު ކުރެއްވިއެވެ.


ޖިބްޢޫނީންނަކީ އިސްރާއީލީންނެއެއް ނޫނެވެ. އެއީ އަމޫރީންގެ ދަރިކޮޅެކެވެ. އިސްރާއީލުން ވަނީ ޖިބްއޫނީންނަށް ގެއްލުމެއް ނުދޭނެކަމަށް ވަޢުދުވެފައެވެ. އެކަމަކު ޝާއުލްގެފާނު އުޅުއްވީ އެމީހުން ނައްތައިލުމަށެވެ. އެއީ އިސްރާއީލުންނާއި ޔަހޫޛާއިންނާ މެދު އެކަލޭގެފާނު ހިތްޕުޅުގައިވާ ދެގޮތެއްނުވާ ތާއީދަށްޓަކައެވެ. އެހެންވެ ދާއޫދު ރަސްގެފާނު ޖިބްއޫނީނުން އެއްތަނަކަށް އެއްކުރައްވައިފިއެވެ.


އަވަށްޓެރިޔާ އަހަރެން ގަންދީ ހުވާކުރަން ވާނެ. އަވަށްޓެރިޔާ އެއެއްޗެއް ވަގަށް ނުނަގާކަން އަހަރެން ކަނޑައަޅައިފި ނަމަ އޭގެ ވެރިމީހާ އެ ނިޔާ ގަބޫލުކުރަން ވާނެ. އަދި އަވަށްޓެރިޔާ އެއަށް އަގު ދައްކާކަށް ނުޖެހޭނެ.


މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އަހަރެން މިބުނި އެއްޗެއްގެ މާނަ ދެނެގަތުމަށް މިފަދަ އާދައިގެ މިސާލަކާ މެދު ވިސްނާ ބަލާށެވެ. މިސާލަކަށް ދެމީހެއްގެ ދެމެދުގައި އެއްބަސްވުމުގެ ގޮތުން ލިޔެވިފައިވާ ޢަހުދުނާމާއެއް އެހެން އެކަކަށް ވެސް އެއަށް ބަދަލު ގެނެސް ބާތިލު ކޮށް ހެދިދާނެ ހެއްޔެވެ؟


މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ޢަހުދު ކަށަވަރު ކުރެއްވި ހިނދު މި ގޮތަށް ކަންތައް ކުރައްވާނެ ކަމަށް ވަޢުދުވެ ވޮޑިގެންނެވިއެވެ. އެކަލާނގެ މި ވަޢުދުފުޅު ކުރެއްވީ ޚުދު އެކަލާނގެ ނަންފުޅު ގަންދެއްވައެވެ. އެހެނީ އެކަލާނގެއަށް ވުރެ މަތިވެރި އެހެން އެއްވެސް ފަރާތެއް ނުވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ