ޢިބްރާނީންނަށް ސިޓީ 6:14 - ކިތާބުލް މުޤައްދަސާ14 އެކަލާނގެ ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެ ކަލޭގެފާނަށް ޔަޤީނުން ވެސް ބަރަކާތްލައްވައި ދަރިފަސްކޮޅު ގިނަ ކޮށް ދެއްވާނަން!“ အခန်းကိုကြည့်ပါ။ |
އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ މަތިން ހަނދުމަފުޅު ކުރައްވާ! އިނބަރަސްކަލާނގެ އިސްމަފުޅު ގަންދެއްވައި ހުވާ ވަޙީކުރެއްވީމު ނޫންތޯ، ’ތިމަންކަލާނގެ ކަލޭގެފާނުގެ ދަރިކޮޅު އުޑުގައިވާހައި ތަރިތަކާ އެއްވަރަށް އިތުރު ކުރައްވާނަމޭ، އަދި އެމީހުންގެ ދަރިކޮޅުގެ މީހުންނަށް މި ހުރިހާ ބިމެއް ދެއްވާނަމޭ، އެބިންތައް އެމީހުންނަށް ދާއިމަށް ހިބަ ކޮށްދެއްވާނަމޭ.‘“
މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ދެއްވުމަށް ވަޢުދުފުޅު ކުރެއްވި މަތިވެރި ރަޙުމަތްފުޅު، އަމުރުފުޅުތަކާއި ގަވާއިދުތައް މެދުވެރިކޮށް އަހަރެމެންނަށް ލިބޭނެ ނަމަ، ދެން ކޮންމެހެން އެވަޢުދުފުޅު ކުރެއްވުމުގެ ބޭނުމެއް ނުވޭ ނޫންތޯއެވެ؟ ނަމަވެސް މާތްރަސްކަލާނގެ އެރަޙުމަތްފުޅު އިބްރާހީމްގެފާނަށް ދެއްވީ އެކަލާނގެ އެކުރެއްވި ވަޢުދުފުޅުންނެވެ.
ތިޔަބައިމީހުންނާއިމެދު އިހާނެތިކޮށް އަމަލުކުރި ފަރާތްތަކާ މެދު ބަދަލު ނުހިފާށެވެ. އަދި ތިޔަބައިމީހުންނާއި މެދު ބަދުބަސް ބުނާނެ ފަރާތްތަކާމެދުގައި ވެސް ބަދަލު ނުހިފާށެވެ. އޭގެ ބަދަލުގައި އެބައިމީހުންނަށް ރަޙުމަތް ލެއްވުމަށް އެދި ދަންނަވާށެވެ. އެހެނީ ތިޔަބައިމީހުންނަކީ މާތްރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ ބައެކެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށް ރަޙުމަތް ލައްވައެވެ.