ޢިބްރާނީންނަށް ސިޓީ 6:12 - ކިތާބުލް މުޤައްދަސާ12 އޭރުން ކަލޭމެންނަކީ ރޫހާނީ ގޮތުން ކަންނެތް ބަޔަކަށް ނުވާނެއެވެ. އެއާ ޚިލާފަށް ކަލޭމެންގެ މިސާލު ޖެހޭނީ އެބައެއްގެ އީމާންތެރިކަމާއި އެކު ދެގޮތެއްނުވެ ދެމިތިބުމުގެ ސަބަބުން މާތްރަސްކަލާނގެ ވަޢުދުކުރެއްވި ތަރިކަ ލިބޭ މީހުންގެ މިސާލުންވެ. အခန်းကိုကြည့်ပါ။ |
ގޮވާން ހެއްދުމަށް ރަނގަޅު ބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއިވި އެއަށް ކިޔަމަންވެ އަދި އެގޮތުގައި ދެމިތިބެ އެކަލާނގެއަށް އިތުބާރު ކުރާ ހިތުގެއަޑި ސާފު ރަނގަޅު ތެދުވެރި މީހުންގެ މިސާލު. އެބައިމީހުންނަކީ ރަނގަޅު ގޮވާން ލިބޭ ފައިދާ ހުރި ގަސްތަކެއް ފަދަ ބައެއް.“
މާތްރަސްކަލާނގެ ކަމަށްވާ މަތިވެރި ބައްޕާފުޅުގެ ކިބަފުޅަށް ތަކުރާރުކޮށް އަހަރެމެން ދުޢާ ދަންނަވާއިރު ތިޔަބައިމީހުންގެ އީމާންތެރިކަން އަމަލީ ގޮތުން ދައްކައި ދިން ގޮތުގެ ވާހަކަ އަހަރެމެން ހިމަނާނަމެވެ. އަދި ތިޔަބައިމީހުން އެހާ ބުރަމަސައްކަތެއް ކުރީ ތިޔަބައިމީހުންގެ ހިތުގައިވާ މަތިވެރި ލޯބިން ކަން ވެސް ދަންނަވާނަމެވެ. އަދި ތިޔަބައިމީހުންގެ ކިބައިގައި މާތްސާހިބާ އީސާ އަލްމަސީޙާ މެދު އޮތް ވަރުގަދަ އުންމީދުގެ ވާހަކަވެސް އެކުލަވާނަމެވެ.
އެހާ ގިނަ ބަޔަކު އަހަރެމެންގެ ވަށައިގެން ހެކިވާން އެބަވެއެވެ. ވީމާ އަހަރެމެން ކުރިއަށް ދިއުމަށް ހުރަސްއަޅާ ހުރިހާ ކަމަކުން އެއްކިބާ ވަމާހެއްޔެވެ؟ ޚާއްސަކޮށް ފާފަތަކުންނެވެ. އަހަރެމެން ބަނދެލާފައިވާ ފާފައިން ހަށިފޮޅާލަމާ ހިނގާށެވެ! އަހަރެމެންގެ ކުރިމަތީގައި މިވާ ރޭސް ކާމިޔާބު ކުރުމުގެ އަޒްމުގައި ދުއްވައިގަންނަމާ ހިނގާށެވެ!