ޢިބްރާނީންނަށް ސިޓީ 6:11 - ކިތާބުލް މުޤައްދަސާ11 އަހަރެމެންގެ އެދުމަކީ ކަލޭމެން އެންމެ ފަހުވަގުތާ ހަމަޔަށް ވެސް އެގޮތުގައި އަޒުމާއެކު އުޅެމުން ދިއުމެވެ. އޭރުން ކަލޭމެން ތިޔަ އުންމީދު ކުރާކަންތައް ޔަޤީނުންވެސް ޙަޤީޤަތަކަށްވެ ފުރިހަމަވެގެން ދާނެއެވެ. အခန်းကိုကြည့်ပါ။ |
އެކަމަކު ތިޔަބައިމީހުން މި ޙަޤީޤަތް ގަބޫލުކޮށް އޭގެ މަތީގައި ސާބިތުވެ ތިބެން ޖެހެއެވެ. ތިޔަބައިމީހުންނަށް ހެޔޮޚަބަރުފުޅު ލިބުނު ހިނދުން ފެށިގެން ތިޔަބައިމީހުންނަށް ލިބުނު މި ޔަޤީންކަމާ ދުރަށް ބެހިގެން ނުގޮސް ތިބޭށެވެ. އެ ހެޔޮޚަބަރުފުޅު މުޅި ދުނިޔޭގައި ވަޢުޡު އިއްވެމުން ދިޔައެވެ. އަދި މާތްރަސްކަލާނގެ އަހަރެން، ޕައުލް ޚިޔާރު ކުރެއްވީ ހެޔޮޚަބަރުފުޅު އިޢުލާނު ކުރުމަށް ވެސްމެވެ.
އަހަރެންގެ މަގުސަދަކީ އެމީހުންނަށް ހިތްވަރު ދިނުމެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ލޮބުވެތިވެ އެއްބައިވަންތަކަމާއެކު ގުޅި ލާމެހިފައިވުމެވެ. އަހަރެންގެ އެދުމަކީ އެމީހުންނަށް މާތްރަސްކަލާނގެ ވަންހަނާ ކުރައްވާފައިވާ ރޭވުންތަކާ ބެހޭ ޚަބަރުތައް ކަމަށްވާ އަލްމަސީޙާ ބެހޭ ޚަބަރުތައް، އެމީހުންނަށް ފުރިހަމައަށް ޔަޤީންކުރެވި އޮޅުންފިލުވައި ދިނުމެވެ.
ސަބަބަކީ ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް އަހަރެމެން ގެނެސްދިނީ ހަމައެކަނި ބަސްތަކަކުން ނޫން ކަމުންނެވެ. ނަމަވެސް ބާރާއި އެކުގައި ވެސްމެއެވެ. އެހެނީ އަހަރެމެން ފުރިހަމައަށް ބުނެދިން ތަކެއްޗަކީ ޙައްޤު ތެދުކަން ތިޔަބައިމީހުންނަށް ޔަޤީން ކުރެވިފައި ވަނީ މާތްރަސްކަލާނގެ މާތްރޫޙުފުޅުންނެވެ. ތިޔަބައިމީހުންގެ ތެރޭގައި އަހަރެން ވޭތުކުރި ދުވަސްތަކުގައި އަހަރެމެންގެ އަމަލުތައް ހުރި ގޮތުން ތިޔަބައިމީހުންނަށް އަހަރެމެން ގެނެސްދިން އެ ހެޔޮޚަބަރުފުޅުގެ ތެދުކަންވަނީ ސާބިތު ކުރެވިފައެވެ.