ޢިބްރާނީންނަށް ސިޓީ 5:8 - ކިތާބުލް މުޤައްދަސާ8 އެކަލޭގެފާނަކީ ދަރިކަލުންނެއް ކަމަކު ވޭނާއި ކެކުޅުންތަކުގެ ތެރެއިން ކިޔަމަންތެރި ވުމަށް ތަމްރީނު ވެވަޑައިގެންނެވިއެވެ. အခန်းကိုကြည့်ပါ။ |
އެއްވެސް މީހަކަށް އަހަރެންގެ ދިރިހުރުމެއް އަހަރެންގެ އަތަކުން އަތުލައެއް ނުގަނެވޭނެ. އަހަރެންގެ ދިރިހުރުން އަހަރެން މި ދެނީ ހިތުން ރުހުމުން. އެއީ އަހަރެންގެ ބައްޕާފުޅު އަހަރެންނަށް އަމުރު ކުރައްވާފައިވާ ފަދައިން އެދިރިހުރުން އަހަރެން ބޭނުން އިރަކު ދޫކޮށްލުމާއި އަދި އެދިރިހުރުން އަނބުރާ ލިބިގަތުމުގެ ބާރު ވެސް އަހަރެންނަށް ލިބިގެން ވޭ.“
މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީ ކުރެއްވި މިފަދަ ބަސްފުޅުތަކެއް އެއްވެސް މަލާއިކަތަކަށް ވަޙީ ކުރައްވާފައެއް ނުވެއެވެ: ”ކަލޭގެފާނަކީ ތިމަންކަލާނގެ ދަރިކަލުންނެވެ. ކަލޭގެފާނުގެ ބައްޕަ ކަމަށް މިއަދު ތިމަންކަލާނގެ ވެ ވޮޑިގެންފީމެވެ.“ އަދި މާތްރަސްކަލާނގެ އެއްވެސް މަލާއިކަތަކާ ބެހޭގޮތުން، ”އޭނާއަކީ ތިމަންކަލާނގެ ދަރިކަލުންނޭ، ތިމަންކަލާނގެ އަކީ އޭނާގެ ބައްޕައޭ“ މިހެން ވަޙީއެއް ނުކުރައްވައެވެ.