6 އެހެން އާޔަތެއްގައި އެކަލާނގެ މިހެން ވެސް ވަޙީކުރައްވާފައި ވެއެވެ. ”ކަލޭގެފާނަކީ މަލްކީޞާދިޤުގެ މަގުން ދާއިމަށް އިމާމެއްގެ ގޮތުގައި ހުންނަވާނެ ކަލޭގެފާނެވެ.“
ސަބަބަކީ މާތްރަސްކަލާނގެ އެކަލޭގެފާނު ހޮއްވެވީ މަލްކީޞާދިޤުގެ މަގުން އުއްތަމަ އިމާމަކަށް ހެއްދެވުމަށެވެ.
އަހަރެމެންނަށް ވުރެ ކުރީން އީސާގެފާނު ވަނީ އެތަނަށް ވަޑައިގަންނަވާފައެވެ. އެއީ އަހަރެމެންނަށްޓަކައެވެ. އެކަލޭގެފާނަކީ މަލްކީޞާދިޤުގެ މަގުން ވަޑައިގެންނެވި އަހަރެމެންގެ އަބަދީ އުއްތަމަ އިމާމެވެ.
މޫސާގެފާނުގެ ޤާނޫނުގައި ވާގޮތުގައި އިމާމަކަށް ވެވޭނީ ލާވީ ދަރިކޮޅުގެ މީހަކަށެވެ. އެހެންނަމަވެސް ލާވީންނަކަށް ވެސް އަނެކާގެ ކުށްފާފަ އެއްކޮށް ފިލުވައި ފުރިހަމަކޮށެއް ނުދެވެއެވެ. އެހެންކަމުން ހާރޫނުގެފާނުގެ ދަރިކޮޅުގައި ތިބި އިމާމުންނާ ޚިލާފަށް މަލްކީޞާދިޤުގެ ފަންތީގެ އިމާމަކު ހުންނަވަން ޖެހެނީއެވެ.
މިހުރިހާކަމެއް އިތުރަށް ސާފުވެގެން މިދަނީ މަލްކީޞާދިޤު ފަދަ ބޭކަލަކު އިމާމެއްގެ ގޮތުގައި ފާޅުވެގެން އައީމައެވެ.
އެހެނީ ފަތްފުށްތަކުގައި ލިޔެވިފައިވެއެވެ. ”ކަލޭގެފާނު ވާހުށީ އިމާމު މަލްކީޞާދިޤުގެ މަގުން ތާއަބަދަށް ހުންނަވާނެ އިމާމު ކަމަށެވެ.“
އީސާގެފާނު އިމާމަކަށް ހެއްދެވީ މާތްރަސްކަލާނގެ ކުރެއްވި ހުވާފުޅަކުންނެވެ. ”މާތްރަސްކަލާނގެ މިކުރެއްވި މަތިވެރި ހުވާފުޅު އަނބުރާ ނުގެންދަވާނެއެވެ: ’ކަލޭގެފާނަކީ ދާއިމީ އިމާމެވެ.‘“
މަލްކީޞާދިޤުގެ ބަފައިކަލަކީ އަދި މައިކަނބަލަކީ ކާކުކަން، އަދި ކޮން ދަރިކޮޅެއްގެ ބޭކަލެއްކަން އެނގޭކަށް ނެތެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅު ފެށުނުގޮތެއް އަދި ނިމުނު ގޮތެއް ވެސް ނޭނގެއެވެ. އެކަލޭގެފާނަކީ މާތްރަސްކަލާނގެ ދަރިކަލުން ފަދައިން ދާއިމީ އަދި އަބަދީ އީމާމެކެވެ.
މީހުންގެ މުދަލުގެ ދިހަބައިކުޅައެއްބައި ނަގާ އިމާމުންނަކީ މަރުވެދާބަޔެކެވެ. މަލްކީޞާދިޤު ފިޔަވައެވެ. ފަތްފުށްތަކުގައި ވާގޮތުން އެކަލޭގެފާނު އަދިވެސް ހުންނެވީ ދިރިދުނިޔޭގައެވެ.