Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 5:5 - ކިތާބުލް މުޤައްދަސާ

5 އީސާ އަލްމަސީޙު އުއްތަމަ އިމާމަކަށް ވުމުގެ ޝަރަފު އަމިއްލަފުޅަށް ނުހޯއްދެވީ އެހެންވީމައެވެ. މާތްރަސްކަލާނގެ ވަޙީކުރެއްވީ މިހެންނެވެ. ”⁠ކަލޭގެފާނަކީ ތިމަންކަލާނގެ ދަރިކަލުންނެވެ. ކަލޭގެފާނުގެ ބައްޕަކަމަށް މިއަދު ތިމަންކަލާނގެ ވެ ވޮޑިގެންފީމެވެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 5:5
12 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ މި ދުނިޔޭގެ މީސްތަކުން ދެކެ ލޯބިވެ ވޮޑިގަންނަވާ ވަރުން އެކަލާނގެ ހަމައެކަނި ދަރިކަލުން ޤުރުބާން ކުރެއްވި. އެހެނީ އެކަލޭގެފާނު ގަބޫލުކޮށް މީސްތަކުން އީމާންވުމުގެ ސަބަބުން އެމީހުންނަށް ނިމުންނުވާ ޙަޔާތް ދެއްވުމަށް. އެއީ އެމީހުން ނަރަކައިގައިވެ ނެތި ފަނާވެ ދާނެ ގޮތް މެދުވެރި ނުވުމަށްޓަކައި.


އަމިއްލައަށް ތާރީފު ލިބިގަތުމަށް ވާހަކަ ދައްކާ މީހަކު އެކަންތައް އެކުރަނީ އޭނާގެ އަމިއްލަ ނަން ކުރިއަރުވައި މޮޅުކަން ހޯދައިގަތުމަށް. އެކަމަކު އެމީހާ އެވާހަކަ ދައްކަނީ އޭނާ ފޮނުވި ފަރާތަށް މޮޅުކަން ހޯދައިދީ އެފަރާތަށް ރީތި ނަން ލިއްބައި ދިނުމަށް ކަމަށް ވާނަމަ އެމީހަކީ ތެދުވެރިއެއް. އެފަދަ މީހަކީ ދޮގުވެރިޔަކަށް ނުވާނެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން އަމިއްލައަށް އަހަރެން މަތިވެރި ކުރާނަމަ އެއީ އެއްވެސް ތާކުންތާކު ޖެހޭ ކަމެއް ނޫން. ނަމަވެސް އަހަރެންނަށް އެމަތިވެރިކަން ދެއްވާ އަހަރެން މަތިވެރި ކުރައްވަނީ އަހަރެންގެ ބައްޕާފުޅު. އެކަމަކު ކަލޭމެން ތިމަން މީހުންގެ ކަލާނގެއޭ ތިޔަ ކިޔަނީ އަހަރެންގެ ބައްޕާފުޅަށް.


އިހުޒަމާނުގައި އަހަރެމެންގެ ކާބަފައިންނަށް މާތްރަސްކަލާނގެ ބަސްފުޅު ވަޙީ ކުރައްވާފައި ވަނީ އެކަލާނގެ ރަސޫލުން މެދުވެރި ކުރައްވައެވެ. މި ގޮތަށް އެތައް ފަހަރަކު އެތައް ގޮތަކަށް އެކަލާނގެ ބަސްފުޅު ވަޙީ ކުރެއްވިއެވެ.


މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީ ކުރެއްވި މިފަދަ ބަސްފުޅުތަކެއް އެއްވެސް މަލާއިކަތަކަށް ވަޙީ ކުރައްވާފައެއް ނުވެއެވެ: ”⁠ކަލޭގެފާނަކީ ތިމަންކަލާނގެ ދަރިކަލުންނެވެ. ކަލޭގެފާނުގެ ބައްޕަ ކަމަށް މިއަދު ތިމަންކަލާނގެ ވެ ވޮޑިގެންފީމެވެ.⁠“ އަދި މާތްރަސްކަލާނގެ އެއްވެސް މަލާއިކަތަކާ ބެހޭގޮތުން، ”⁠އޭނާއަކީ ތިމަންކަލާނގެ ދަރިކަލުންނޭ، ތިމަންކަލާނގެ އަކީ އޭނާގެ ބައްޕައޭ⁠“ މިހެން ވަޙީއެއް ނުކުރައްވައެވެ.


މީގެ މާނައަކީ އެކަލޭގެފާނު ހުރިހާ ގޮތަކުން ވެސް އެކަލޭގެފާނުގެ މީހުންނާ އެއްގޮތްވާން ޖެހިވަޑައިގެންނެވި ކަމެވެ. އެއީ މާތްރަސްކަލާނގެ ހަޒްރަތުގައި އެކަލޭގެފާނަށް އޯގާތެރިކަމާއި އަދި ވަފާތެރިކަމާއެކު އުއްތަމަ އިމާމެއްގެ ގޮތުގައި ޚިދުމަތް ކުރެއްވޭނެ ގޮތް ވުމަށްޓަކައެވެ. އެއީ އެގޮތުން މީސްތަކުންގެ ފާފަތަކަށް ކައްފާރާއެއް ހުށަހެޅޭނެ ގޮތް މެދުވެރި ވުމަށްޓަކައި ވެސް މެއެވެ.


އަހަރެންގެ މާތް އަޚުންނާ އުޚުތުންނޭވެ! މާތްރަސްކަލާނގެ އެކަލާނގެ މާތްކުރެއްވި މީހުން ކަމުގައި ކަލޭމެން ވަނީ ޚިޔާރު ކުރައްވާފައެވެ. ވުމާއެކު ކަލޭމެން އީސާގެފާނާމެދު ފުންކޮށް ވިސްނާށެވެ. އެކަލޭގެފާނަކީ އަހަރެމެންގެ މައްޗަށް ފޮނުއްވުނު ކަލޭގެފާނެވެ. އަދި އަހަރެމެންގެ މައްޗަށްވާ އުއްތަމަ އިމާމު ވެސް މެއެވެ. އަހަރެމެން އެކަމަށް ހެކިވަމެވެ.


ސަބަބަކީ މާތްރަސްކަލާނގެ އެކަލޭގެފާނު ހޮއްވެވީ މަލްކީޞާދިޤުގެ މަގުން އުއްތަމަ އިމާމަކަށް ހެއްދެވުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ