ޢިބްރާނީންނަށް ސިޓީ 5:12 - ކިތާބުލް މުޤައްދަސާ12 މިހާރު ކަލޭމެން ތިއީ އެދުރުންގެ ގޮތުގައި ތިބެންޖެހޭ މީހުންނެވެ. އެކަމަކު ކަލޭމެންނަށް އަދިވެސް މި ޖެހެނީ މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތަކުގެ އެންމެ އަސާސީ ކަންތައް ވެސް ބުނެދޭށެވެ. ކަލޭމެންނީ އަދިވެސް ހަރުކާނާ ނުކެވޭ ކިރުބޯ ޅަދަރިންތަކެއް ފަދަ ބައެކެވެ. အခန်းကိုကြည့်ပါ။ |
މީސްތަކުންނަށް ވަޢުޡު އިއްވާ ހިނދު މާތްރަސްކަލާނގެ ބަސްފުޅުން ވަޢުޡު އިއްވާށެވެ. މީހަކަށް ޚިދުމަތެއް ދޭނަމަ މާތްރަސްކަލާނގެ ދެއްވި ހިތްވަރުން ޚިދުމަތް ކުރާށެވެ. އެއީ މާތްރަސްކަލާނގެ ދެއްވި އެންމެހާތަކެތި އެކަލާނގެ ދެއްވެވީ އީސާ އަލްމަސީޙު މެދުވެރި ކުރައްވައި އެކަލާނގެއަށް ސަނާ ކިޔުމަށެވެ. އެންމެހައި މަތިވެރި ކަމަކާއި އާރާބާރު ދާއިމަށް މިލްކުވެގެން ވަނީ އެކަލާނގެއަށެވެ. އާމީން.