Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 5:11 - ކިތާބުލް މުޤައްދަސާ

11 މިކަމާ ބެހޭގޮތުން ދައްކާނެ ވަރަށް ގިނަ ވާހަކަތައް އެބަހުއްޓެވެ. އެހެންނަމަވެސް ކަލޭމެންނަށް މިކަންތައް އޮޅުންފިލުވައި ދިނުމަކީ އުނދަގޫ ކަމެކެވެ. އެއީ ކަލޭމެންގެ ފަހުމުވުން ކޮށިކަމުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 5:11
12 ပူးပေါင်းရင်းမြစ်များ  

އެމީހުންގެ ވިސްނުން ހުރީ ގޮތްދޫނުކުރުމަށޭ. އަދި އެމީހުންގެ ކަންފަތްތައް ވަނީ ބީރުވެފައޭ. އަދި އެމީހުން ތިބެނީ ލޯމަރާގެންނޭ. އެހެންނޫންނަމަ އެމީހުންގެ ކަންފަތްތަކަށް އަޑުއިވޭނޭ. އަދި ހަމަ އެހެންމެ، އެމީހުންގެ ލޯތަކަށް ފެނިގެންވާނޭ. އަދި، އެމީހުންގެ ބުއްދިއަށް އެކަންތައްތައް ފުރިހަމައަށް ވިސްނެނޭ. އަދި ފަސޭހަ ކޮށްދެއްވުމަށް އެދި ދެންނެވުމުން އަހަރެން އެމީހުން ފަސޭހަކޮށްދޭނަން.⁠‘


”⁠އެހެންވީއިރު، މިހާރު ވެސް ތިޔަބޭކަލުންނަށް އެނގިގެން ނުވިތަ؟⁠“


އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެންނަކީ ވަރަށް މޮޔަ ބައެއް. ނަބީބޭކަލުން ދެއްކެވި ވާހަކަފުޅުތައް ވެސް ގަބޫލުކުރަން ކަލޭމެންނަށް ވަރަށްގިނަ ވަގުތު ނަގާ.


އަހަރެން ކަލޭމެން ގާތު ބުނަން ބޭނުން އެތައް އެތައް ބަސްތަކެއް އަދިވެސް އެބަހުރި. ނަމަވެސް މި ވަގުތު އެހުރިހާ ކަމެއް ވިސްނި އެނގުމުގެ ކުޅަދާނަކަމެއް ކަލޭމެންނަކަށް އަދި ލިބިފައެއް ނުވޭ.


އީސާގެފާނު ފިލިޕު އާއި މި ސުވާލު ކުރެއްވީ އޭނާ ބުނާ އެއްޗެއް ބެއްލެވުމަށެވެ. އެއީ އީސާގެފާނު ވަނީ އޭރު ވެސް ކަންތައް ކުރައްވާނެ ގޮތް ނިންމަވާފައެވެ.


އެއީ އެމީހުންގެ ހިތްތަށް ވަނީ ގާވެ ހަރުވެފައޭ. އަދި އެމީހުންގެ ކަންފަތްތައް ވަނީ ބީރުވެފައޭ. އަދި އެމީހުންގެ ލޯތައް ވެސް ވަނީ މެރިފައޭ. އަދި އެމީހުންނަކަށް ތިމަންކަލާނގެ ކިބައަށް އެނބުރި ރަނގަޅު ވުމަށް އެދޭކަށް ވެސް ހިތަކަށް ނާންނާނެއޭ. އެހެންނަމަ ތިމަންކަލާނގެ އެމީހުން ރަނގަޅުކޮށް ދޭހުށީމޭ.⁠‘


ސަބަބަކީ މާތްރަސްކަލާނގެ އެކަލޭގެފާނު ހޮއްވެވީ މަލްކީޞާދިޤުގެ މަގުން އުއްތަމަ އިމާމަކަށް ހެއްދެވުމަށެވެ.


މިހާރު ކަލޭމެން ތިއީ އެދުރުންގެ ގޮތުގައި ތިބެންޖެހޭ މީހުންނެވެ. އެކަމަކު ކަލޭމެންނަށް އަދިވެސް މި ޖެހެނީ މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތަކުގެ އެންމެ އަސާސީ ކަންތައް ވެސް ބުނެދޭށެވެ. ކަލޭމެންނީ އަދިވެސް ހަރުކާނާ ނުކެވޭ ކިރުބޯ ޅަދަރިންތަކެއް ފަދަ ބައެކެވެ.


މިފަދަ ހުރިހާ ކަމެއް އޭނާގެ އެންމެހާ ލިޔުންތަކުގައި ލިޔެފައިވެއެވެ. އޭނާގެ ބައެއް ލިޔުންތަކުގައި ހިމެނިފައިވާ ތަކެއްޗަކީ އުނގެނިގަތުމަށް އުނދަގޫ ތަކެތި ކަމުގައި ވިއަސްމެއެވެ. އަދި މީސްތަކުންގެ ތެރެއިން އީމާންކަން ބަލިކަށި، ތަންދޮރުނޭނގޭ ބަޔަކު މިފަތްފުށްތައް ނުބައި ގޮތުގައި މާނަ ކޮށްދެއެވެ. ހަމައެގޮތުގެމަތިން އެފަދަމީހުން އެހެނިހެން ފަތްފުށްތައް ވެސް ބުނެ ދެމުން ދަނީ ނުބައި ގޮތުގައެވެ. މިކަމުގައި އެބައިމީހުންނަށް ހުރި ޖަޒާއަކީ ގެއްލުމާއި ހަލާކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ