ޢިބްރާނީންނަށް ސިޓީ 4:9 - ކިތާބުލް މުޤައްދަސާ9 މާތްރަސްކަލާނގެ މީހުން އަރާމު ކުރުމަށް ސަބަތުގެ ހިތްފަސޭހަކަން ލިބިދޭ ދުވަހެއް އަދިވެސް ވަނީ ހަމަޖައްސަވާފައެވެ. အခန်းကိုကြည့်ပါ။ |
އަރާމުގެ މަންޒިލަށް ވަދެވޭނީ އީމާންކަން މަތީ ތިބި އަހަރެމެންނަށެވެ. އެނޫން މީހުންނާމެދު މާތްރަސްކަލާނގެ ވަޙީކުރެއްވީ މިހެންނެވެ. ”އެހެންވެ ތިމަންކަލާނގެ ކޯފާވެގެން މިހެން ހުވާކުރެއްވީމެވެ. ’އެމީހުން ތިމަންކަލާނގެ އަރާމުގެ މަންޒިލަކަށް ނުވައްދާނަމެވެ.‘“ މާތްރަސްކަލާނގެ މިހެން ވަޙީކުރެއްވީ، ދުނިޔެ އުފެއްދެވީއްސުރެން އެ މަންޒިލް ތައްޔާރު ކުރެވިފައި ވަނިކޮށެވެ.
”މީގެ ކުރީގައި ތިޔަބައިމީހުންނީ އެކަލާނގެ ޚިޔާރު ކުރެއްވި ބައެއްއްނޫނެވެ. ނަމަވެސް މިހާރު ތިޔަބައިމީހުންނީ އެކަލާނގެ ޚިޔާރު ކުރައްވާފައިވާ ބައެކެވެ. މީގެކުރިން ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ރަޙުމަތްފުޅަކީ ކޮބައިކަން އެނގިގެން ނުވެއެވެ. ނަމަވެސް މިހާރު ތިޔަބައިމީހުންނަށް އެކަލާނގެ ރަޙުމަތްފުޅު ލިބިއްޖެއެވެ.“
އެއަށް ފަހު، ސުވަރުގެއިން މިފަދައިން ވިދާޅުވި އަޑު އަހަރެން އެހީމެވެ. ”މިތަކެތި ލިޔޭ. މިހިނދުން ފެށިގެން މަރުވެދާ ހިނދު އެބައެއްގެ ކިބައިގައި މާތްރަސްކަލާނގެ އާއި މެދު އީމާންތެރިކަން ވާ ފަރާތްތަކަށް އެކަލާނގެ ބަރަކާތް ލައްވާނެ.“ މާތްރޫޙުފުޅު ޖަވާބު ދެއްވިއެވެ. ”އާނއެކޭ! އެބައިމީހުންގެ ބުރަ މަސައްކަތުން އެބައިމީހުންނަށް އަރާމު ލިބޭނެ. އަދި އެބައިމީހުން ކުރި އަމަލުތަކުގެ ހެޔޮ ޖަޒާ އެބައިމީހުންނަށް ލިބޭނެ.“