ޢިބްރާނީންނަށް ސިޓީ 4:7 - ކިތާބުލް މުޤައްދަސާ7 އެމީހުންނަށް އެ އަރާމުގެ މަންޒިލަށް ވަދެވޭނެ އެހެން ދުވަހެއް މާތްރަސްކަލާނގެ އޭގެ ފަހުން ތަނަވަސް ކުރެއްވިއެވެ. އެދުވަހަކީ ”މިއަދުއޭ“ ކިއުނު އަނެއް ދުވަހެވެ. އޭގެ އެތައް އަހަރެއް ފަހުން ފަތްފުށްތަކުގައި ލިޔެވިފައިވާ މި ބަސްފުޅު ދާއޫދުގެފާނު މެދުވެރިކުރައްވައި އިއްވެވިއެވެ. ”މާތްރަސްކަލާނގެ އަޑުފުޅު ކަލޭމެންނަށް މިއަދު އިވިއްޖެނަމަ، ކަލޭމެން ބޯހަރު ނުކުރާށެވެ!“ အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ މާތްރޫޙުފުޅުން ދާއޫދުގެފާނަށް ނިދާ ފޮނުއްވެވި ހިނދު އެކަލޭގެފާނު ޒަބޫރުގައި މިފަދައިން ބަޔާން ކުރައްވާފައިވޭ: ’ސާހިބުވަންތަ ރަސްކަލާނގެ އަހަރެންގެ މާތްސާހިބާއަށް ވަޙީ ކުރެއްވިއޭ. ތިމަންކަލާނގެ ކަނާތްޕުޅު ފަރާތުގައި އިށީނދެ ވަޑައިގެން އިންނަވާށޭ. ތިމަންކަލާނގެ ކަލޭގެފާނުގެ ޢަދާވާތްތެރިން ކަލޭގެފާނުގެ ފައިންޕުޅުދަށަށް ގެނައުމަށް ދާންދެން.‘
ޕަތަރަސް އެތަނުގައިވާ އެންމެންނާއި މުޚާޠަބު ކޮށް ބުނަމުން ގެންދިޔައެވެ. ”އަޚުންނޭ، އަހަރެމެންގެ މަތިވެރި ކާބަފައިކަލުން ދާއޫދުގެފާނު މި ބަސްފުޅުތައް ވިދާޅުވީ އެކަލޭގެފާނުގެ އަމިއްލަ ނަފްސުފުޅަށް މުޚާޠަބު ކުރައްވާފައެއް ނޫން. އެއީ އެކަލޭގެފާނު އަވަހާރަވެ ފަސްދާނު ލެވިފައި އެވަނީ އަހަރެމެންގެ ތެރޭގަ. މިހާރު ވެސް އެކަލޭގެފާނުގެ މަހާނަފުޅު އަހަރެމެންގެ ތެރޭގައި އެބަވޭ.