ޢިބްރާނީންނަށް ސިޓީ 4:6 - ކިތާބުލް މުޤައްދަސާ6 ހެޔޮޚަބަރުފުޅު ފުރަތަމަ އަޑު އެހި މީހުންނަކަށް އެ މަންޒިލެއް ނުލިބުނެވެ. އެހެނީ އެމީހުން މާތްރަސްކަލާނގެއަށް ކިޔަމަންތެރިއެއް ނުވިއެވެ. އެކަމަކު އެ މަންޒިލް ލިބޭނެ އެހެން ބަޔަކު ތިއްބެވެ. အခန်းကိုကြည့်ပါ။ |
އަހަރެން ބުނަންތަ؟ މާތްރަސްކަލާނގެ މި ދިންނެވުން ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް ދެއްވައިފި. އަދި އެމީހުން އެބަސްފުޅު ގަބޫލު ވެސް ކުރާނެ.“ ޕައުލްގެ މި ބަސްތައް އިވުމުން އެތާނގައި ތިބި ބަނީއިސްރާއީލު މީހުންގެ މެދުގައި މި ބަސްތަކާއި މެދު ބަހުސް ކުރެވި ދެބަސްވުންތައް އުފެދި އެމީހުން އެތަނުން ދިޔައެވެ.
އަދި ކޮބައި ހެއްޔެވެ؟ މާތްރަސްކަލާނގެ ބަސްފުޅުގައި ވެސް ލިޔެވިގެން ވަނީ ބަނީއިސްރާއީލު މީހުން ނޫން މީހުން އެކަލާނގެ ކިބަފުޅަށް އީމާންވުމުގެ ސަބަބުން އެކަލާނގެ ޙަޟްރަތުގައި ޞާލިޙުން ކަމުގައި ލައްވާނެއެވެ. މިކަން ހާމަކޮށް މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް މިފަދައިން އެންގެވި ކަމުގައި ލިޔެވިގެންވެއެވެ. ”ކަލޭގެފާނު މެދުވެރިކޮށް ތިމަންކަލާނގެ ދުނިޔޭގެ އެންމެހާ މީސްތަކުންގެ މައްޗަށް ރަޙުމަތް ލައްވާހުށީމެވެ.“