Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 4:2 - ކިތާބުލް މުޤައްދަސާ

2 އަހަރެމެންނަށް މި އިވެނީ އިސްވެ ދިޔަ މީހުންނަށް ވެސް އިވުނު ހެޔޮޚަބަރުފުޅެވެ. އެމީހުންނަށް އެ ރިސާލަތުގެ އަޑު އިވުމުން ވެސް ވީ ރަނގަޅެއް ނެތެވެ. އެހެނީ އެމީހުން އެ ރިސާލަތު އަޑު އެހުމަށް ފަހު ވެސް ގަބޫލުކޮށް އީމާނެއް ނުވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 4:2
20 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ޕައުލް އާއި ބަރުނައްބާސް ވަރަށް ކެރިތިބެގެން ވާހަކަދެއްކިއެވެ. އެމީހުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ދެއްވި މި ދެންނެވުމުގެ ޚަބަރު ފުރަތަމަ ބަނީއިސްރާއީލު މީހުންނަށް ދިނުން އެއީ އެކަލާނގެ އެދިވޮޑިގެންވީ ގޮތް. ނަމަވެސް ކަލޭމެން ތިޔަ ދެކުނީ ކަލޭމެންނަކީ ނިމުންނުވާ ޙަޔާތް ލިބިގަތުމަށް އެކަށީގެންވާ ބަޔެއް ނޫން ކަމުގަ. އަދި ކަލޭމެން އެ ދިންނެވުމުގެ ޚަބަރުފުޅު ބޭނުންނުކޮށް އެއްލާލި. އެހެން ކަމުން އަހަރެމެން މި ދިންނެވުމުގެ ޙަބަރައިގެން މި ދަނީ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް.


މާތްރަސްކަލާނގެ ފޮނުއްވި މި ޚާއްސަ ކުރެއްވި ފަރާތް ފުރަތަމަ އެ ފޮނުއްވީ ކަލޭމެންގެ ކައިރިއަށް، ކަލޭމެންގެ މައްޗަށް ރަޙުމަތް ލެއްވުމަށް. އެއީ އެކަލާނގެ އެދިވޮޑިގެންވަނީ ކަލޭމެން އެންމެން ވެސް ފާފައިގެ މަގުން އެނބުރި ނުބައިކަންތަކުން ދުރުވުން.⁠“


އަހަރެން ކަލޭމެން ކުރެން ހަމައެކަނި އެންމެ ސުވާލެއް ކޮށްލަން ބޭނުމެވެ. އެއީ ކަލޭމެންނަށް މާތްރަސްކަލާނގެ މާތްރޫޙުފުޅު ލިބުނީ އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކަންތައް ކުރުމުން ނުވަތަ ކަލޭމެންނަށް ދަސްކޮށްދެވުނު ބަސްތައް އަހައި ގަބޫލު ކުރުމުން ހެއްޔެވެ؟ ޝައްކެއް ނެތި ހަމަ ޔަޤީނުން ވެސް ކަލޭމެންނަށް އެމާތްރޫޙުފުޅު ދެއްވީ އީސާގެފާނު ދެއްވި ދިންނެވުމާ ބެހޭ ހެޔޮޚަބަރުފުޅު ކަލޭމެން އަހައި ގަބޫލު ކުރުމުންނެވެ.


އަދި ކޮބައި ހެއްޔެވެ؟ މާތްރަސްކަލާނގެ ބަސްފުޅުގައި ވެސް ލިޔެވިގެން ވަނީ ބަނީއިސްރާއީލު މީހުން ނޫން މީހުން އެކަލާނގެ ކިބަފުޅަށް އީމާންވުމުގެ ސަބަބުން އެކަލާނގެ ޙަޟްރަތުގައި ޞާލިޙުން ކަމުގައި ލައްވާނެއެވެ. މިކަން ހާމަކޮށް މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް މިފަދައިން އެންގެވި ކަމުގައި ލިޔެވިގެންވެއެވެ. ”⁠ކަލޭގެފާނު މެދުވެރިކޮށް ތިމަންކަލާނގެ ދުނިޔޭގެ އެންމެހާ މީސްތަކުންގެ މައްޗަށް ރަޙުމަތް ލައްވާހުށީމެވެ.⁠“


ހަނދާންވޭހެވެ. ފުރަތަމަ އަހަރެންނަށް ކަލޭމެންގެ ގާތަށް ހެޔޮޚަބަރުފުޅު ގެނެވުނީ އަހަރެން ވަރަށް ބަލިވެ އުޅުނީތީއެވެ.


ސަބަބަކީ ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް އަހަރެމެން ގެނެސްދިނީ ހަމައެކަނި ބަސްތަކަކުން ނޫން ކަމުންނެވެ. ނަމަވެސް ބާރާއި އެކުގައި ވެސްމެއެވެ. އެހެނީ އަހަރެމެން ފުރިހަމައަށް ބުނެދިން ތަކެއްޗަކީ ޙައްޤު ތެދުކަން ތިޔަބައިމީހުންނަށް ޔަޤީން ކުރެވިފައި ވަނީ މާތްރަސްކަލާނގެ މާތްރޫޙުފުޅުންނެވެ. ތިޔަބައިމީހުންގެ ތެރޭގައި އަހަރެން ވޭތުކުރި ދުވަސްތަކުގައި އަހަރެމެންގެ އަމަލުތައް ހުރި ގޮތުން ތިޔަބައިމީހުންނަށް އަހަރެމެން ގެނެސްދިން އެ ހެޔޮޚަބަރުފުޅުގެ ތެދުކަންވަނީ ސާބިތު ކުރެވިފައެވެ.


އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް އަބަދާއި އަބަދު ޝުކުރުވެރިވާ އެހެން ސަބަބެއް ވެސް ވެއެވެ. ތިޔަބައިމީހުންގެ މެދުގައި މާތްރަސްކަލާނގެ ބަސްފުޅު އަހަރެމެން ގެނެސްދިން ހިނދު ތިޔަބައިމީހުން އެ ޚަބަރުފުޅު އަހައި ބަލައިގަތުމުންނެވެ. ތިޔަބައިމީހުން އެ ބަސްފުޅު ބަލައިގަތީ އިންސާނަކު ގެނެސްދިން ބަސްތަކެއްގެ ގޮތުގައި ނޫންކަމެވެ. ނަމަވެސް ހަމަޔަޤީނުން ވެސް މާތްރަސްކަލާނގެ ބަސްފުޅު ކަމުގައެވެ. މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވާ ތިޔަބައި މީހުންގެ މެދުގައި އެ ބަސްފުޅު މަސައްކަތް ކުރައްވަމުންގެންދެއެވެ.


ޖިސްމާނީ ތަމްރީނުތަކުގައި މިންވަރެއްގެ އަގެއް ހިމެނިގެން ވިޔަސް ރޫޙާނީ ތަމްރީނުތައް އެއަށް ވުރެން މާ މުހިންމެވެ. އެއީ ވަޢުދުވެ ވަޑައިގެންވީ ފަދައިން މިކަމުގެ ޖަޒާ ލިބިދެނީ މި ޙަޔާތުގެ އިތުރުން އަބަދަށެވެ.


އީމާންތެރިކަމާ ނުލައި މާތްރަސްކަލާނގެ ރުހިވޮޑިގަތުމެއް އެކަކަށް ވެސް ހާސިލެއް ނުވާނެއެވެ. އެހެނީ އެކަލާނގެ ވީތަނެއް ހޯދާ މީހަކުނަމަ އެކަލާނގެ ވޮޑިގެންވާކަމާ މެދު އީމާންވާން ޖެހެއެވެ. އަދި ހިތުގެ އަޑިން އެކަލާނގެ ހޯދާބަޔަކަށް އެކަމުގެ ޘަވާބު އެކަލާނގެ ދެއްވާނެކަމާ މެދު ވެސް އީމާންވާން ޖެހެއެވެ.


އަޚުންނާ އުޚުތުންނޭވެ! ކަލޭމެންގެ ހިތްތަކަށް އެފަދަ ނުބައި ފިކުރުތައް ވައްދައި އީމާންކަން ގެއްލުނަ ނުދޭށެވެ. އެހެންނޫނީ ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެއަށް ފުރަގަސް ދެވޭނެތީއެވެ.


ހެޔޮޚަބަރުފުޅު ފުރަތަމަ އަޑު އެހި މީހުންނަކަށް އެ މަންޒިލެއް ނުލިބުނެވެ. އެހެނީ އެމީހުން މާތްރަސްކަލާނގެއަށް ކިޔަމަންތެރިއެއް ނުވިއެވެ. އެކަމަކު އެ މަންޒިލް ލިބޭނެ އެހެން ބަޔަކު ތިއްބެވެ.


އެހެންވީމާ ނުބައިވެގެންވީ އެންމެހާ އަމަލުތަކުންނާއި ލަދުޙަޔާތްކުޑަ ކަންތައްތަކުން ކަލޭމެންގެ ނަފްސު އެއްކިބާ ކުރުވާށެވެ. އަދި ކަލޭމެންގެ ހިތްތަކުގައި މާތްރަސްކަލާނގެ އިންދަވައިދެއްވި ބަސްފުޅު ހިތްތިރިކަމާއެކުގައި ބަލައިގަންނާށެވެ. އެ ބަސްފުޅުގައި ކަލޭމެންގެ ޙަޔާތު ސަލާމަތް ކުރުމުގެ ބާރު ވެއެވެ.


ނަމަވެސް އެބޭކަލުންނަށް އަންގަވައިދެއްވި ގޮތުގައި މި ޙާދިސާތައް ހިނގައިދާނީ އެބޭކަލުންގެ ޙަޔާތުގެ ދުވަސްތަކުގައެއްނޫނެވެ. އޭގެ އެތައް ޒަމާނެއްގެ ފަހުންނެވެ. އެއީ ތިޔަބައިމީހުންގެ ޙަޔާތުގައެވެ. އަދި މިއަދު ހެޔޮޚަބަރުފުޅު އިޢުލާނު ކުރެވި، ސުވަރުގެއިން ލިބިގެންވާ މާތްރޫޙުފުޅު ލިބިގެންވާ ބަޔަކު ތިޔަބައިމީހުންނަށް އެބަސްފުޅުން ވަޢުޡު އިއްވައިދެއެވެ. މަލާއިކަތުން ވެސް ޝައުގުވެރިކަމާއެކު މި ކަންތައްތައް ދެކެން ބޭނުންވެފައި ވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ