ޢިބްރާނީންނަށް ސިޓީ 4:15 - ކިތާބުލް މުޤައްދަސާ15 އެ އުއްތަމަ އިމާމު އަހަރެމެންގެ ބަލިފައި ދެނެވަޑައިގަންނަވަ އެވެ. އެހެނީ އަހަރެމެންނާ ކުރިމަތިވި ހުރިހާ އިމްތިހާނެއް އެކަލޭގެފާނާ ވެސް ވަނީ ކުރިމަތިވެފައެވެ. ވިޔަސް އެކަލޭގެފާނު ފާފައެއް ނުކުރައްވައެވެ. အခန်းကိုကြည့်ပါ။ |
އެކަލޭގެފާނު ނިކަމެތިންގެ ހިތުގައިއެއް ނުޖައްސަވާނެއެވެ. ބަލިކަށި ހޯލިކޮޅެއް ފަދަ މީހުންނާއި މެދު އެކަލޭގެފާނު މަޑުމޮޅިވެގެންވާނެއެވެ. އަލިފާން ކަންޏެއް ހާ މިންވަރުގެ އީމާންތެރިކަން ވީ މީހަކަށް ވެސް އެކަލޭގެފާނު ހިތްވަރު ދެއްވާނެއެވެ. އެކަލޭގެފާނު ކާމިޔާބު ކުރައްވައި އިންސާފު ގެނައުމަށް ދާންދެން އެކަލޭގެފާނު އެފަދައިން ކަންތައް ކުރައްވާނެއެވެ.
އީސާގެފާނު މީހުން ނޫޅޭ ހިސާބު ތެރޭގައި ސާޅީސް ދުވަސް ހޭދަކުރެއްވިއެވެ. އެކަލޭގެފާނު މީހުން ނޫޅޭ ހިސާބުގެ ތެރޭގައި ވަނިކޮށް އިބިލީސް ސާޅީސް ދުވަސް ވަންދެން އެކަލޭގެފާނުގެ ފަރާތުން ފާފައެއް ކުރުވޭތޯ މަސައްކަތް ކުރިއެވެ. މި ހުރިހާ ދުވަހެއްގައި ވެސް އީސާގެފާނު ހޭދަ ކުރެއްވީ އެއްވެސް އެއްޗެއް ފަރިންނުކުޅުއްވައެވެ. މިކަމުގެ ސަބަބުން އެކަލޭގެފާނު ވަނީ ވަރަށް ބޮޑަށް ހާންތިފުޅު ވެފައެވެ.
އެހެންވެ އީސާއަލްމަސީޙު ވެސް އަވަހާރަވެ ވަޑައިގަތީ އެންމެ ފަހަރަކުއެވެ. އެފަހަރު އެކަލޭގެފާނު އެތައް ބައެއްގެ ފާފަތަކުގެ ކައްފާރާއަކަށް ވެވަޑައިގަތެވެ. އެކަލޭގެފާނު އަލުން އެނބުރި ވަޑައިގަންނަވާނީ މީސްތަކުންގެ ފާފައިގެ ކައްފާރާއެއް ދެއްކެވުމަކަށް ނޫނެވެ. އެކަލޭގެފާނު ވަޑައިގަންނަވާނީ އެކަލޭގެފާނުގެ އިންތިޒާރުގައި ތިބި މީހުންނަށް ދިންނެވުން ގެނެސް ދެއްވުމަށްޓަކައެވެ.