Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 3:7 - ކިތާބުލް މުޤައްދަސާ

7 އެހެންވެ މާތްރޫޙުފުޅު މިހެން ބުނެއެވެ. ”⁠މާތްރަސްކަލާނގެ އަޑުފުޅު ކަލޭމެންނަށް މިއަދު އިވިއްޖެނަމަ،

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 3:7
27 ပူးပေါင်းရင်းမြစ်များ  

”⁠މާތްރަސްކަލާނގެ ރޫޙުފުޅު އަހަރެން މެދުވެރިކޮށް މި ލަފުޒުތައް އިއްވެވިއެވެ.


މާދަމާ މިވެނި ކަމެއް ކުރާނަމޭ ކިޔާފައި ބޮޑު ނުކަނޑާށެވެ. މިހާރާއި މާދަމާއާ ދެމެދު ކަންހިނގާނެ ގޮތެއް ކަލެއަކަށް ނޭނގޭނެއެވެ.


ޕަތަރަސް ވާހަކަ ދައްކަމުން ގެންދިޔަ ހިނދު ކުއްލިއަކަށް އަލިކަންގަދަ ވިލާގަނޑަކުން އެ ބޭކަލުން ފަރުދާ ކުރެއްވިގެން ދިޔައެވެ. އަދި އެ ވިލާގަނޑުގެ ތެރެއިން މިފަދައިން އަޑެއް އިވުނެވެ. ”⁠މިއީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ އަދި ތިމަންކަލާނގެ ރުހިވޮޑިގަންނަވާ ދަރިކަލުން. އެކަލޭގެފާނުގެ އަޑު އައްސަވާ!⁠“


ދެން އެކަލޭގެފާނު އެމީހުން ކުރެން އެއްސެވިއެވެ. ”⁠ތިހެންވީއިރު ދާއޫދުގެފާނު އެކަލޭގެފާނަށް މާތްސާހިބާ ކަމުގައި ވިދާޅުވީ ކީއްވެ؟ މާތްރަސްކަލާނގެ ރޫޙުފުޅުން ހިދާޔަތް ދެއްވައިގެން އެކަލޭގެފާނު ޒަބޫރުގައި މިފަދައިން ބަޔާން ކުރައްވާފައިވޭ.


މާތްރަސްކަލާނގެ މާތްރޫޙުފުޅުން ދާއޫދުގެފާނަށް ނިދާ ފޮނުއްވެވި ހިނދު އެކަލޭގެފާނު ޒަބޫރުގައި މިފަދައިން ބަޔާން ކުރައްވާފައިވޭ: ’⁠ސާހިބުވަންތަ ރަސްކަލާނގެ އަހަރެންގެ މާތްސާހިބާއަށް ވަޙީ ކުރެއްވިއޭ. ތިމަންކަލާނގެ ކަނާތްޕުޅު ފަރާތުގައި އިށީނދެ ވަޑައިގެން އިންނަވާށޭ. ތިމަންކަލާނގެ ކަލޭގެފާނުގެ ޢަދާވާތްތެރިން ކަލޭގެފާނުގެ ފައިންޕުޅުދަށަށް ގެނައުމަށް ދާންދެން.⁠‘


މިބައިގައި ނުހިމެނޭ އެހެން ކަންބަޅިތައް ވެސް އަހަރެންނަށް ލިބިގެންވޭ. އެ އެއްޗިހިވެސް އަހަރެންގެ ކައިރިއަށް އަހަރެން ގެންނާނަން. އެ އެއްޗެއްސަށް ވެސް އަހަރެންގެ އަޑު އެނގޭނެ. އޭރުން ހުންނާނީ އެންމެ ހުއިހައްޕާ މީހެއް. އަދި ތިބޭނީ ވެސް ކަންބަޅިތަކުގެ އެއްބައިގަނޑެއް.


އަހަރެންގެ މީހުންނަކީ ކަންބަޅި ތަކެއްފަދައިން އަހަރެންގެ އަޑު އަހައި ކިޔަމަންވާ ބައެއް. އަދި އަހަރެން ވެސް އެ މީހުން ދަންނަން. އެމީހުން އަހަރެންގެ ފަސްފަހަތުން ހިނގާނެ.


އެތަން ބަލަހައްޓާ ދޮރުވާނު އެމީހާ ވަނުމަށް ދޮރު ހުޅުވާދޭނެ. ހުއިހައްޕާ މީހާގެ އަޑު އޭނާގެ ކަންބަޅިތަކަށް އެނގޭނެ. އޭނާ އޭނާގެ ކަންބަޅިތަކަށް އޭގެ ނަމުން ގޮވާ އެތަނުން ނެރޭނެ.


އަހަރެން ބުނަންތަ؟ އެފަދަ ދުވަހެއް އެބައާދޭ. އަދި ކޮބާ! އެދުވަސް މިހާރު ވެސް މި ވަނީ އައިސްފަ. އެދުވަހުން މަރުވެފައިވާ މީހުންނަށް މާތްރަސްކަލާނގެ ދަރިކަލުންގެ އަޑުއިވޭނެ. އަދި އެ އަޑު އިވޭ ބަޔަކަށް ދިރިހުރުން ލިބޭނެ.


”⁠އަޚުންނާއި އުޚުތުންނޭ. އީސާގެފާނު ހައްޔަރު ކުރުމަށްޓަކައި ބައިތުލް މަޤްދިސްގެ ސިފައިންނަށް އެހީވެދިން ޔުދާސް އާއި މެދު ބާވައިލެއްވިގެންވީ ފޮތްތަކުގައި ލިޔެވިގެންވީ ފަދައިން ކަންތައް ހިނގާ ނިމިއްޖެ. މި ކަންތައް ވާނެ ގޮތް މާތްރޫޙުފުޅު ދާއޫދުގެފާނު މެދުވެރިކޮށް ވަނީ އަންގަވާފަ. ޔުދާސް އަކީ އަހަރެމެންގެ ތެރެއިން ހިމެނުނު އަހަރެމެންނާއި އެކު ހުރިހާ ކަމެއްގައި އުޅުނު އެކަކު. ނަމަވެސް އޭނާ އީސާގެފާނު ހައްޔަރު ކުރުމަށް އައި މީހުންނަށް މަގުދެއްކި.⁠“


ދެން އެމީހުންގެ މެދުގައި މި ކަމާއި ދެބަސްވުން އުފެދެން ފެށުމުން އެމީހުން އެތަނުން ދާން ފެށިއެވެ. ނަމަވެސް އޭގެ ކުރިން ޕައުލް އެމީހުންނަށް ބުންޏެވެ. ”⁠މާތްރޫޙުފުޅު ނަބީ ޔަޝަޔާޙުގެފާނު މެދުވެރިކުރައްވާ ކަލޭމެންގެ ކާބަފައިންނަށް މި ފަދައިން އެންގެވީ އެއީ ހަމަ ތެދުފުޅެއް.


މާތްރޫޙުފުޅު ފިލިޕުއަށް އެންގެވީ ހިނގާފައި ގޮސް އެ އަސްގާޑިޔަލާއި ހަމަކޮށް އެއާއި ކައިރީގައި ވުމަށެވެ.


މާތްރޫޙުފުޅު ވެސް މިކަމާ ހެކިވެ މިހެން އަންގަވާފައިވެއެވެ. ފުރަތަމަ އެރޫޙުފުޅު އެންގެވީ މިފަދައިންނެވެ.


”⁠މިއަދޭ⁠“ ބުނެވޭ ކޮންމެ ދުވަހަކު ކަލޭމެންގެ ތެރެއަށް ފާފަވެރިކަން އައިސް، ކަލޭމެން ހައްލާލައި، މާތްރަސްކަލާނގެއާ މެދު ކަލޭމެންގެ ހިތްހަރުވާނެ ގޮތް މެދުވެރިވެ ދިޔަ ނުދިނުމަށް، އެކަކު އަނެކަކަށް ހިތްވަރު ދީ ބާރު އަޅަން ވާނެއެވެ.


ފަތްފުށްތަކުގައި ލިޔެވިގެންވެއެވެ. ”⁠މާތްރަސްކަލާނގެ އަޑުފުޅު މިއަދު ކަލޭމެންނަށް އިވިއްޖެނަމަ، ދެކޮޅުވެރިވި މީސްތަކުންފަދައިން ކަލޭމެންގެ ހިތް ހަރު ނުކުރާށެވެ.⁠“


އެމީހުންނަށް އެ އަރާމުގެ މަންޒިލަށް ވަދެވޭނެ އެހެން ދުވަހެއް މާތްރަސްކަލާނގެ އޭގެ ފަހުން ތަނަވަސް ކުރެއްވިއެވެ. އެދުވަހަކީ ”⁠މިއަދުއޭ⁠“ ކިއުނު އަނެއް ދުވަހެވެ. އޭގެ އެތައް އަހަރެއް ފަހުން ފަތްފުށްތަކުގައި ލިޔެވިފައިވާ މި ބަސްފުޅު ދާއޫދުގެފާނު މެދުވެރިކުރައްވައި އިއްވެވިއެވެ. ”⁠މާތްރަސްކަލާނގެ އަޑުފުޅު ކަލޭމެންނަށް މިއަދު އިވިއްޖެނަމަ، ކަލޭމެން ބޯހަރު ނުކުރާށެވެ!⁠“


އަޅުކަމުގެ ފޭލިގެކޮޅު ކޮޅަށް ހުރި ދުވަހު ވެސް ކޮންމެ ކޮންމެ މީހަކަށް އެންމެ މުޤައްދަސް މަޤާމުފުޅަށް ކުއްތަން ވެވިފައި ނުވާކަން މާތްރޫޙުފުޅު ވަނީ އަންގަވާ ދެއްވާފައެވެ.


އެހެނީ އެއްވެސް ރިސާލަތެއް އިންސާނާގެ އަމިއްލަ އިޚްތިޔާރަކުން ނުގެނެވެއެވެ. އެކަމަކު މީސްތަކުން މާތްރޫޙުފުޅުގެ ބާރު ދަށަށް އައުމުން އެމީހުން ބުނާބަސްތައް މާތްކަލާނގެ ރިސާލަތުކަމުގައި ވެދެއެވެ.


ދެކިބަލަ! ދޮރުގެ ކައިރީގައި ހުރެ އަހަރެން ޓަކިދެން. އަހަރެންގެ އަޑު އިވޭ މީހަކުނަމަ ދޮރު ހުޅުވާ. އަހަރެން އެބައިމީހުންގެ ގެއަށް ވަދެ އެބައިމީހުންނާއި އެކުގައި ކާނަން. އަދި އެބައިމީހުންނަށް އަހަރެންނާއި އެކުގައި ކެވޭނެމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ