ޢިބްރާނީންނަށް ސިޓީ 3:5 - ކިތާބުލް މުޤައްދަސާ5 މޫސާގެފާނަކީ މާތްރަސްކަލާނގެ މީސްތަކުންނަށް ވަފާތެރިކަމާއެކު ޚިދުމަތް ކުރެއްވި ބޭކަލެކެވެ. އަދި ފަހުން މާތްރަސްކަލާނގެ ވަޙީކުރައްވާނެ ބަސްފުޅުތައް ވެސް އެކަލޭގެފާނު ވިދާޅުވިމެއެވެ. အခန်းကိုကြည့်ပါ။ |
ދެން އެމީހުން ވަކި ދުވަހެއް ކަނޑައަޅާ ނިންމާ ޕައުލް ހުރިގެއަށް އައެވެ. އެދުވަހު އެގެއަށް އެތައް ބަޔަކު އެއްވިއެވެ. ހެނދުނުން ފެށިގެން އިރުއޮއްސެން ދެން ޕައުލް އެމީހުންނާއި ވާހަކަ ދެއްކިއެވެ. މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅާ އަދި އެހެނިހެން ރަސޫލުންނާއި ނަބީބޭކަލުންނެއް މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅުތައް ބޭނުންކޮށްގެން ޕައުލް އެމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާއި އަދި އީސާގެފާނާއި ބެހޭ ގޮތުން އަންގައިދީ އެއީ ތެދުކަން ހާމަކޮށްދީ ހެދިއެވެ.
އެކަމަކު އެމީހުން އެ ޚިދުމަތް ކުރަނީ އުޑުގައިވާ އަސްލު ގެކޮޅުގެ ނަމޫނާއާ އެއްގޮތަށް ހަދާފައި ހުރި ފޭލިގެކޮޅެއްގައެވެ. މޫސާގެފާނު ފޭލިގެކޮޅު ހެއްދެވުމަށް ތައްޔާރުވީ ހިނދު އެކަލޭގެފާނަށް އެންގެވިފައި ވަނީ ”ފަރުބަދަމަތީގައި ކަލޭގެފާނަށް ދެއްކެވުނު ނަމޫނާއާ މުޅީން އެއްގޮތަށް އެ ހުރިހާ އެއްޗެއް ހައްދަވާށެވެ.“
އަދި މާތްރަސްކަލާނގެ ޚާދިމު މޫސާގެފާނު ވިދާޅުވި ޙަމްދު ސަނާގެ ލަވަ އެބައިމީހުން މިފަދައިން ކިޔަމުން ދިޔައެވެ. އަދި މި ލަވައަކީ ޅަކަންބަޅީގެ ވެސް ލަވައެވެ. ”ސާހިބުވަންތަ މާތްރަސްކަލާނގެއީ ކުޅަދުންވަންތަ ރަސްކަލާނގެ. އިނބަރަސްކަލާނގެ މަތިވެރި އަމަލުފުޅުތައް ނުހަނު އަޖައިބު ކުރުވާ! އިނބަރަސްކަލާނގެއީ އެންމެހާ ޤައުމުތަކެއްގެ ރަސްގެފާނުމެ. އަދި އިނބަރަސްކަލާނގެ އަބަދުވެސް އިންސާފު ކުރައްވަނީ ޢަދުލުވެރި ކަމާއި ތެދުވެރިކަމާއެކުގައި ވެސްމެ.