ޢިބްރާނީންނަށް ސިޓީ 3:2 - ކިތާބުލް މުޤައްދަސާ2 އެކަލޭގެފާނަކީ އެކަލޭގެފާނު ފޮނުއްވި ކަލާނގެއަށް ވަފާތެރި ބޭކަލެކެވެ. އެއީ މޫސާގެފާނު ވެސް މާތްރަސްކަލާނގެ މީސްތަކުންނަށް ވަފާތެރިވެ ވަޑައިގަތް ފަދައިންނެވެ. အခန်းကိုကြည့်ပါ။ |
އަމިއްލައަށް ތާރީފު ލިބިގަތުމަށް ވާހަކަ ދައްކާ މީހަކު އެކަންތައް އެކުރަނީ އޭނާގެ އަމިއްލަ ނަން ކުރިއަރުވައި މޮޅުކަން ހޯދައިގަތުމަށް. އެކަމަކު އެމީހާ އެވާހަކަ ދައްކަނީ އޭނާ ފޮނުވި ފަރާތަށް މޮޅުކަން ހޯދައިދީ އެފަރާތަށް ރީތި ނަން ލިއްބައި ދިނުމަށް ކަމަށް ވާނަމަ އެމީހަކީ ތެދުވެރިއެއް. އެފަދަ މީހަކީ ދޮގުވެރިޔަކަށް ނުވާނެ.
އެހެންވީމާ، ހިނދުކޮޅެއްގެ ވަގުތު ކޮޅަކަށް ނަމަވެސް ތިބާއާއި ބައްދުލުވުން ލަސްވިކަމުގައި ވިޔަސް މާތްރަސްކަލާނގެ ދަރުބާރުތަކުގައި މީސްތަކުން ތަރުބިއްޔަތު ކުރާނޭ ގޮތް ތިބާއަށް އަންގައި ދިނުމަށްޓަކައެވެ. އެ ދަރުބާރަކީ ދިރިދެމިވޮޑިގެންވާ ކަލާނގެ ކަނީސާއެވެ. އެއީ ޙައްޤުތެދުގެ ބިންގަލާއި ތަނބު ވެސް މެއެވެ.
މީގެ މާނައަކީ އެކަލޭގެފާނު ހުރިހާ ގޮތަކުން ވެސް އެކަލޭގެފާނުގެ މީހުންނާ އެއްގޮތްވާން ޖެހިވަޑައިގެންނެވި ކަމެވެ. އެއީ މާތްރަސްކަލާނގެ ހަޒްރަތުގައި އެކަލޭގެފާނަށް އޯގާތެރިކަމާއި އަދި ވަފާތެރިކަމާއެކު އުއްތަމަ އިމާމެއްގެ ގޮތުގައި ޚިދުމަތް ކުރެއްވޭނެ ގޮތް ވުމަށްޓަކައެވެ. އެއީ އެގޮތުން މީސްތަކުންގެ ފާފަތަކަށް ކައްފާރާއެއް ހުށަހެޅޭނެ ގޮތް މެދުވެރި ވުމަށްޓަކައި ވެސް މެއެވެ.