Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 3:18 - ކިތާބުލް މުޤައްދަސާ

18 މާތްރަސްކަލާނގެ އެކަލާނގެ އަރާމުގެ މަންޒިލަށް ނުވައްދާނަމޭ އެވަޙީ ކުރެއްވީ ކޮން ބަޔަކާ ދިމާއަށް ހެއްޔެވެ؟ އެއީ އެކަލާނގެއަށް ނުކިޔަމަންތެރިވި މީހުން ނޫން ހެއްޔެވެ؟

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 3:18
16 ပူးပေါင်းရင်းမြစ်များ  

އަދި ދަރިކަލުންގެ ބަސްފުޅުތައް އަހައި އެކަލޭގެފާނަށް އީމާންވެއްޖެ ކޮންމެ މީހަކަށް ވެސް ނިމުންނުވާ ޙަޔާތް ވަނީ މިހާރު ވެސް ލިބިފައި. އަދި އެ ދަރިކަލުން ގަބޫލު ނުކޮށް އެކަލޭގެފާނަށް ކިޔަމަން ނުވި މީހަކަށް ނިމުންނުވާ ޙަޔާތެއް ނުލިބޭނެ. އެމީހަކަށް ވަނީ މާތްރަސްކަލާނގެ ކޯފާ ލެއްވިފައި.⁠“


އެހެންވެ ތިމަންކަލާނގެ ކޯފާވެގެން މިހެން ހުވާކުރެއްވީމެވެ. ’⁠އެއިން މީހަކު ތިމަންކަލާނގެ އަރާމުގެ މަންޒިލަކަށް ނުވައްދާނަން.⁠‘⁠“


އަހަރެމެން ވެސް އެ އަރާމުގެ މަންޒިލަށް ވަނުމަށް ގަދައަޅަން ވާނެއެވެ. އެއީ އަހަރެމެންގެ ތެރޭން އެކަކު ވެސް އީމާންކަމުގެ މަގުން ކައްސާލައި ކުރީގެ ނުކިޔަމަންތެރިވި މީހުން ފަދައިން ގެއްލުނަ ނުދިނުމަށެވެ.


އަހަރެމެންނަށް މި އިވެނީ އިސްވެ ދިޔަ މީހުންނަށް ވެސް އިވުނު ހެޔޮޚަބަރުފުޅެވެ. އެމީހުންނަށް އެ ރިސާލަތުގެ އަޑު އިވުމުން ވެސް ވީ ރަނގަޅެއް ނެތެވެ. އެހެނީ އެމީހުން އެ ރިސާލަތު އަޑު އެހުމަށް ފަހު ވެސް ގަބޫލުކޮށް އީމާނެއް ނުވިއެވެ.


ހެޔޮޚަބަރުފުޅު ފުރަތަމަ އަޑު އެހި މީހުންނަކަށް އެ މަންޒިލެއް ނުލިބުނެވެ. އެހެނީ އެމީހުން މާތްރަސްކަލާނގެއަށް ކިޔަމަންތެރިއެއް ނުވިއެވެ. އެކަމަކު އެ މަންޒިލް ލިބޭނެ އެހެން ބަޔަކު ތިއްބެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ