Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 3:14 - ކިތާބުލް މުޤައްދަސާ

14 އަހަރެމެން ފެށުނު އިރު އީމާން ކަމުގައި ތިބި ފަދައިން ނިމެންދެން ވެސް އީސާ އަލްމަސީޙާ މެދު ޔަޤީންކަން ދަމަހައްޓައިފި ނަމަ އަހަރެމެން ވާނީ އެކަލޭގެފާނުގެ ބައިވެރިންކަމުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 3:14
17 ပူးပေါင်းရင်းမြစ်များ  

އަދި މި ހާމަކޮށްދެއްވާ ސިއްރަކީ އީސާ އަލްމަސީޙު ދެއްވި ދިންނެވުން ލިއްބައިދޭ ހެޔޮޚަބަރުފުޅު ބަނީއިސްރާއީލު ނޫން ދަރިކޮޅުގެ ފަރާތްތަކާ ޙިއްސާ ކުރެއްވުމަށް ބަނީއިސްރާއީލު ދަރިކޮޅަށް ވަޢުދުވެ ވޮޑިގެންނެވުމެވެ. އަދި މި ދެދަރިކޮޅުގެ އަހުލުވެރިން މަސީޙީ ޖަމާޢަތުގައި އެއް ހަށިގަނޑެއް ފަދައިން ލެއްވިއެވެ.


މިފަދައިން މަސީޙީ ނޯކަރުންނަށް މަސީޙީ ދީނުގެ ސާހިބަކު ލިބިފައިވާނަމަ އެސާހިބަކަށް ކުރާ ގަދަރާއި އިޙުތިރާމު މާ ބޮޑަށް ފުރިހަމަ ކުރާންވާނެއެވެ. ސަބަބަކީ އެމީހުންނަކީ މާތް ސާހިބު، އީސާގެފާނަށް އީމާންވެގެންވާ ބައެއްކަމުގައި ވުމުން އެފަދަ ނޯކަރުންނަށް އެ އެހީތެރިވެވެނީ ހުރިހާ މާނައެއްގައި ލޯތްބާއި އަޚުވަންތަ ކަމާއެކުގައެވެ. ތިމޮތީއެވެ. މި ތެދު ޙަޤީޤަތް މީސްތަކުންނަށް އުނގަންނައިދޭށެވެ. އަދި އީމާންވީ ފަރާތްތަކުން މި މަގުގައި ކުރިއަށް ދިއުމަށް ހިތްވަރު ދޭށެވެ.


އަހަރެމެން އުންމީދު ކުރާކަންތައް ފުރިހަމަވާނެ ކަމުގެ ޔަޤީންކަން ލިއްބައި ދެނީ އީމާންތެރިކަމުންނެވެ. އަދި އަހަރެމެންގެ ލޮލަށް ނުފެންނަ ކަންތައް ކަށަވަރު ކޮށްދެނީ ވެސް އެ އީމާންތެރިކަމުންނެވެ.


އެހެނީ އަހަރެމެންގެ އިންސާނީ ބައްޕަ އަހަރެމެން އިސްލާހު ކުރަނީ މަދު ދުވަސްކޮޅަކަށެވެ. އަދި އެކަންތައް އެމީހުން ކުރަނީ އެމީހުންނަށް އެނގޭ އެންމެ ރަނގަޅަށެވެ. އެކަމަކު މާތްރަސްކަލާނގެ އަބަދުވެސް އަހަރެމެން އިސްލާހު ކުރައްވައެވެ. އެއީ އެކަލާނގެ ޤުދުސްވަންތަކަމުގައި އަހަރެމެން ޙިއްސާ ކުރެއްވުމަށްޓަކައެވެ.


އަހަރެންގެ މާތް އަޚުންނާ އުޚުތުންނޭވެ! މާތްރަސްކަލާނގެ އެކަލާނގެ މާތްކުރެއްވި މީހުން ކަމުގައި ކަލޭމެން ވަނީ ޚިޔާރު ކުރައްވާފައެވެ. ވުމާއެކު ކަލޭމެން އީސާގެފާނާމެދު ފުންކޮށް ވިސްނާށެވެ. އެކަލޭގެފާނަކީ އަހަރެމެންގެ މައްޗަށް ފޮނުއްވުނު ކަލޭގެފާނެވެ. އަދި އަހަރެމެންގެ މައްޗަށްވާ އުއްތަމަ އިމާމު ވެސް މެއެވެ. އަހަރެމެން އެކަމަށް ހެކިވަމެވެ.


އެކަމަކު އީސާގެފާނު ހުންނެވީ ދަރިކަލެއްގެ ގޮތުން މާތްރަސްކަލާނގެ މީސްތަކުންގެ ވެރިއެއްގެ ގޮތުގައި ވަފާތެރިކަން މަތީގައެވެ. އަހަރެމެންގެ އުންމީދު އެކަލޭގެފާނާމެދުގައި އޮވެ، ކެރުމާއި ޔަޤީންކަން މަތީގައި ތިބިނަމަ މާތްރަސްކަލާނގެ މީހުން ކަމުގައި ވާނީ އަހަރެމެންނެވެ.


އަހަރެމެންގެ އެދުމަކީ ކަލޭމެން އެންމެ ފަހުވަގުތާ ހަމަޔަށް ވެސް އެގޮތުގައި އަޒުމާއެކު އުޅެމުން ދިއުމެވެ. އޭރުން ކަލޭމެން ތިޔަ އުންމީދު ކުރާކަންތައް ޔަޤީނުންވެސް ޙަޤީޤަތަކަށްވެ ފުރިހަމަވެގެން ދާނެއެވެ.


އެމީހެއްގެ އީމާންކަން ދޫކޮށްލި މީހަކު އަލުން އަނބުރާ އީމާންކަމުގެ ތެރެއަށް ގެންނާނީ ކިހިނެއް ހެއްޔެވެ؟ އެމީހުންގެ ހިތްތަކަށް ވަނީ މާތްރަސްކަލާނގެ ނޫރުފުޅުގެ އަލިކަން މީގެ ކުރީގައި ލިބިފައެވެ. އެމީހުންނަށް ވަނީ ސުވަރުގޭގެ ހަދިޔާގެ ރަހަފެނި މާތްރޫޙުފުޅު ޙިއްސާ ކުރެވިފައެވެ.


އޭގެބަދަލުގައި އުފާކުރާށެވެ. އަލްމަސީޙު އުފުއްލެވިފަދަ ދިލަގަދަ ވޭނާއި އަނިޔާތަކެއް އުފުލުމުގައި ތިޔަބައިމީހުން ވެސް ޙިއްސާ ކުރެވޭތީއެވެ. އެއީ މަތިވެރި ނޫރުފުޅާއިއެކު އަލްމަސީޙު އަލުން އަނބުރާ ވަޑައިގަންނަވާ ދުވަހުން ތިޔަބައިމީހުންނަށް އުފާވެރިކަން ނިހާޔަތަށް ލިބިދޭނެތީއެވެ.


އެގޮތުން ގޮވާލެއްވުނު މަސީޙީ ޖަމާޢަތުގައިވާ ބޮޑުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބަހެއް ބުނެލުމަށް މި ހިނދު އަހަރެން ބޭނުމެވެ. އަހަރެންނަކީ ވެސް މަސީޙީ ޖަމާޢަތުގެ ބޮޑެއްމެއެވެ. އަދި އަލްމަސީޙު ތަޙައްމަލު ކުރެއްވި ވޭންތަކަކީ އަހަރެންގެ ލޮލުން ދުށް ކަންތައްތަކެވެ. މީގެ އިތުރުން އެކަލޭގެފާނުގެ އެނބުރި ވަޑައިގަތުމުން އެކަލޭގެފާނުގެ ނޫރުފުޅާއި މަތިވެރިކަން އަހަރެންނަށް ވެސް ޙިއްސާ ކުރެވޭނެއެވެ. ޖަމާޢަތުގެ ބޮޑެއްގެ ޙައިސިއްޔަތުން ތިޔަބައިމީހުންނަށްޓަކައި އަހަރެންގެ އިލްތިމާސް އަކީ މިއީއެވެ.


ތިޔަބައިމީހުންނަށް އަހަރެމެން ބުނެދެމުން މި ގެންދަނީ އަހަރެމެންނަށް ފެނިފައިވި އަދި އިވިފައިވި ކަންތައްތަކެވެ. އެހެންވީމާ، ތިޔަބައިމީހުން އެފަރާތާއި މެދު އީމާންތެރި ކަމުގައިވެ އަހަރެމެންނާއި އެކުގައި އެއްބައިވަންތަ ގުޅުމެއްގައި ވުމަށް އެދެމެވެ. އެއްބައިވަންތަ ގުޅުމެއްގައި އަހަރެމެން ވަނީ މާތްރަސްކަލާނގެ، އަހަރެމެންގެ ބައްޕާފުޅާއި އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙު އާއި އެކުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ