Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 3:12 - ކިތާބުލް މުޤައްދަސާ

12 އަޚުންނާ އުޚުތުންނޭވެ! ކަލޭމެންގެ ހިތްތަކަށް އެފަދަ ނުބައި ފިކުރުތައް ވައްދައި އީމާންކަން ގެއްލުނަ ނުދޭށެވެ. އެހެންނޫނީ ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެއަށް ފުރަގަސް ދެވޭނެތީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 3:12
37 ပူးပေါင်းရင်းမြစ်များ  

އޭގެ ވަސްދުވުމުން ނޫޙުގެފާނު މި އަދާކުރެއްވި އަޅުކަމާ މެދު މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ އަދި މިފަދައިން އެކަލާނގެ ނިންމެވިއެވެ. ”⁠އިންސާނުންގެ ހިތުގައި ކުޑައިރުއްސުރެން ވެސް އުފެދޭ ޚިޔާލުތަކަކީ ނުބައިނުލަފާ ޚިޔާލުތައް ކަމުގައި ވީ ނަމަވެސް ތިމަންކަލާނގެ މިފަހަރު ކަންތައް ކުރެއްވި ފަދައިން މީގެ ފަހުން ދުވަހަކު ވެސް އިންސާނުން ކުރާ ނުބައި އަމަލުތަކުގެ ސަބަބުން މުޅި ބިމަށް ކޯފާއެއް ނުފޮނުއްވާނަން. އަދި މިފަދައިން މީގެ ފަހުން ހުރިހާ ދިރޭ ތަކެއްޗެއް ދުވަހަކު ވެސް ނައްތައެއް ނުލައްވާނަން.


ޙިކުމަތަށް ފުރަގަސްދީ ގަމާރުވުމުން ގެނެސްދެނީ މަރެވެ. ފަރުވާލެއް ނެތި ހިތުހުރިގޮތަކަށް ކުރާ މޮޔަކަންތަކުން އެމީހުންނަށް ގެނެސް ދެނީ ގެއްލުމާއި ހަލާކެވެ.


ޝަމްއޫނު ޕަތަރަސް ޖަވާބުގައި ދެންނެވިއެވެ. ”⁠ކަލޭގެފާނީ އަލްމަސީޙު. ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެ ދަރިކަލުން.⁠“


އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠ސަމާލުވެ ތިބޭތި! އެއްވެސް މީހެއްގެ ކެހިވެރިކަމުގެ ދަށުގައި ނުވާތި.


ތިޔަބައިމީހުންގެ ނަފްސުތަކަށް ސަމާލުވޭ! ވަގުތު އައުމުގެ ކުރީން ތިޔަބައިމީހުންނަށް ހުރިހާ ތަކެއްޗެއް އަހަރެން ބުނެފިން!⁠“


މިކަންތައްތައް ހިނގާނެ ދުވަހާއި ވަގުތު ތިޔަބައިމީހުންނަށް ވެސް އެނގިގެންނުވޭ. އެހެންވީމާ، ސަމާލުވެ ތައްޔާރުގައި ތިބޭ!


ސަމާލުވޭ! ތިޔަބައިމީހުން ފަޅާއަރުވައި ކޯޓުތަކަށް ގެންދެވޭނެ. ދީނީ މަރުކަޒުތަކުގައި ތިޔަބައިމީހުންގެ ގައިގައި ހައްދު ޖެހޭނެ. އަހަންނާ ހެދި ތިޔަބައިމީހުން ގަވަރުނަރުންނާއި ރަސްރަސްކަލުންގެ ކުރިމައްޗަށް ގެންދެވޭނެ. އެއީ އެބައިމީހުންނަށް ދިންނެވުމުގެ އުފާވެރި ޚަބަރުގެ ހެއްކެއްގެ ގޮތުން.


އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. ”⁠ފަރުވާވެ ވިސްނައިގެން ތިބޭ. މީހަކު ބުނާހާ ބަހަކަށް ނުހެއްލޭތި. އެއީ އަހަރެންގެ ނަމުގައި އެތައް ބަޔަކު ވެސްއަންނާނެ. އެމީހުން ބުނާނެ. ’⁠ފަހު ޒަމާނުގެ ވަގުތު ކައިރިވެއްޖޭ. ތިމަން މިއީ މާތްރަސްކަލާނގެ ފޮނުއްވުމަށް ކަނޑައަޅުއްވާފައިވާ އަލްމަސީޙުއޭ.⁠‘ ކަލޭމެން އެފަދަ މީހުން ދައްކާ މަގުން ނުދާތި.


އެއްވެސް މީހަކު ދައްކާ ޙަޤީޤަތެއް ނެތް ހުސްވާހަކަތަކާއި އޮޅުވާލުމުގެ ފަލްސަފާތަކުގެ މަޅީގައި ތިޔަބައިމީހުން ނުޖެހޭށެވެ. އެފަދަ ވާހަކަތައް ބިނާވެފައި ވަނީ އިންސާނީ ވިސްނުމުގެ މައްޗަށެވެ. އެއީ ކާއިނާތުގެ މައްޗަށް ވެރިވެގެންފައިވާ ރޫހުތަކުގެ އާދަކާދަތަކާ އެއްގޮތްވާ އަސާސްތަކެވެ. އެޔަކީ އަލްމަސީޙުގެ ފަރާތްޕުޅުން އަންނަ ޙިކުމަތްތަކެއް ނޫނެވެ.


ތިޔަބައިމީހުން އަހަރެމެން ބަލައިގަތްގޮތާއިމެދު އެކި ކަންކޮޅުތަކުގައި ވީ މީސްތަކުން އަހަރެމެންނަށް ބުނެދީފައިވެއެވެ. އަދި ތިޔަބައިމީހުން ބުދުތަކަށް އަޅުކަން ކުރުމުން އެއްކިބާވެ، ދިރިދެމި ވޮޑިގެންވާ ހަޤީޤީ ރަސްކަލާނގެ ކިބަފުޅަށް އަޅުކަންކުރުން މަތީގައި ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ގެންދާ ގޮތުގެ ވާހަކަވެސް އެ މީސްތަކުން އަހަރެމެންނަށް ބުނެދީފައި ވެއެވެ.


ދިރި ދެމިވޮޑިގެންވާ ކަލާނގެ ކޯފާއަށް ހުށަހެޅިގަތުމަކީ ބިރުހުރި ކަމެކެވެ.


ތިމަންކަލާނގެ ޞާލިޙު ކުރައްވާފައިވާ ބަޔަކު ދިރިތިބޭނީ އެމީހުންގެ އީމާންކަމުގެ ސަބަބުންނެވެ. އެކަމަކު ފުރަގަސްދީ ދާ މީހާއާ މެދު ތިމަންކަލާނގެ ރުހިވޮޑިގެންނެއް ނުވަމެވެ.⁠“


އެކަކު ވެސް މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅަށް ފުރަގަސް ދިނަ ނުދޭށެވެ. އަދި އަނެކާއަކީ ހިތި ވިހަގަހެއް ފަދައިން ހެދިބޮޑުވެ އެހެން މީހުންނަށް ވިހަލާ މީހަކަށް ވިޔަ ނުދޭށެވެ.


އެކަމަކު ކަލޭމެން މިހާރު އައިސް ތިޔަތިބީ ޞިޙްޔޫނު ފަރުބަދަމަތީގައެވެ. އެއީ ދިރިދެމިވޮޑިގެންވާ ކަލާނގެ ރަށެވެ. އެއީ އުޑުގައިވާ ޖެރޫސަލަމެވެ. އެއީ އަދަދު ނުކުރެވޭހާ މަލާއިކަތުން އުފާވެރިކަމާއެކު ބައްދަލު ކުރައްވަމުން ގެންދަވާ ތަނެވެ.


ކަލޭމެންނާ ވާހަކަދެކެވޭ ފަރާތަކާ ދެކޮޅު ނުހަދާށެވެ. އިސްރާއީލީން ވެސް މޫސާގެފާނު ކުރެއްވި އިންޒާރަށް ފުރަގަސް ދިނުމުން އެމީހުން ސަލާމަތެއް ނުވިއެވެ. އެއީ ބިންމަތީގައި ހުންނެވި ބޭކަލެކެވެ. އަހަރެމެންނާ އުޑުން ވާހަކަދައްކަވާ ފަރާތަށް އަހަރެމެން ފުރަގަސް ދީފިނަމަ އަމުދުން އަހަރެމެން ސަލާމަތެއް ނުވާނެ ނޫންހެއްޔެވެ؟


އަހަރެންގެ މާތް އަޚުންނާ އުޚުތުންނޭވެ! މާތްރަސްކަލާނގެ އެކަލާނގެ މާތްކުރެއްވި މީހުން ކަމުގައި ކަލޭމެން ވަނީ ޚިޔާރު ކުރައްވާފައެވެ. ވުމާއެކު ކަލޭމެން އީސާގެފާނާމެދު ފުންކޮށް ވިސްނާށެވެ. އެކަލޭގެފާނަކީ އަހަރެމެންގެ މައްޗަށް ފޮނުއްވުނު ކަލޭގެފާނެވެ. އަދި އަހަރެމެންގެ މައްޗަށްވާ އުއްތަމަ އިމާމު ވެސް މެއެވެ. އަހަރެމެން އެކަމަށް ހެކިވަމެވެ.


އެމީހުންދެކެ ފޫހިވެގެން ތިމަންކަލާނގެ މިހެން ވަޙީކުރެއްވީމެވެ. ’⁠އެމީހުންގެ ހިތްތައް ތިމަންކަލާނގެއާ ދުރަށް އަނބުރައެވެ. ތިމަންކަލާނގެ އަންގަވާގޮތެއް އެމީހުން ނަހަދައެވެ.⁠‘


އެ ގޮތަށް ކަންތައް ކުރި މީހުންނަށް އެކަލާނގެ އަރާމުގެ މަންޒިލް ނުލިބުނީ އެމީހުންގެ ކިބައިގައި އީމާންތެރިކަން ނެތީމައެވެ.


އެކަމަކު އީސާގެފާނަކީ އެއްވެސް އުނިކަމެއް ފާފައެއް ނުވާ ބޭކަލެކެވެ. އެކަލޭގެފާނު ވަނީ ދާއިމީ ރޫޙުފުޅުން މާތްރަސްކަލާނގެއަށް މާފުރިހަމަ ޤުރުބާނީއެއް ވެދުން ކުރައްވާފައެވެ. އެކަލޭގެފާނުގެ ހަށިކޮޅުން އެ އޮހުރުނު ލޭފޮދުގެ ބާރުފުޅު ގަދައީ އެހެންވެއެވެ. އަހަރެމެން މަރާ ދިމާއަށް ދާންޖެހޭ ފަދަ ކަންތަކުން އަހަރެމެންގެ ޒަމީރުތައް ސާފުވެ، ދިރިދެމި ވޮޑިގެންވާ ކަލާނގެއަށް އަޅުކަން ކުރުން މަތީގައި މިއަދު ދެމިތިބެވޭނެ ގޮތް މެދުވެރިވެފައި މިވަނީ ވެސް އެހެންވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ