ޢިބްރާނީންނަށް ސިޓީ 2:7 - ކިތާބުލް މުޤައްދަސާ7 އިނބަރަސްކަލާނގެ ހިނދުކޮޅަކަށް މަލާއިކަތުންނަށް ވުރެން ދަށުގައި އެމީހުން ލެއްވިއެވެ. އެކަމަކު އިނބަރަސްކަލާނގެ އެމީހުންގެ ބޯމަތީގައި ޖަލާލަތާއި ޝަރަފުގެ ތާޖު ބެހެއްޓެވި އެވެ. အခန်းကိုကြည့်ပါ။ |
އެކަމަކު ކުޑަ ހިނދުކޮޅަކަށް މަލާއިކަތުންނަށް ވުރެން ދަށްކޮށް އީސާގެފާނު ހުންނެވިތަން އަހަރެމެންނަށް ފެނުނެވެ. އެހެން އެވީ މާތްރަސްކަލާނގެ ނިޢުމަތްފުޅުން އެންމެހާ މީސްތަކުންގެ ބަދަލުގައި އެކަލޭގެފާނު އަވަހާރަވެ ދިއުމަށްޓަކައެވެ. މިހާރު މި ފެންނަނީ އެކަލޭގެފާނުގެ އިސްތަށިފުޅުގައި ތާޖު ބެހެއްޓެވި ޖަލާލަތު ކަމާއި ޝަރަފުވެރިކަން ދެއްވާފައި އެކަލޭގެފާނު ހުންނެވި ތަނެވެ. އެކަން އެހެން އެވީ މީސްތަކުންނަށްޓަކައި އެކަލޭގެފާނަށް އަވަހާރަވުމުގެ ރަހަ ފެނިވަޑައިގެންނެވި ކަމުންނެވެ.