Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 2:5 - ކިތާބުލް މުޤައްދަސާ

5 އަހަރެމެން މިބުނާ އާދުނިޔޭގެ ވެރިންގެ ގޮތުގައި މާތްރަސްކަލާނގެ މަލާއިކަތުންނެއް ނުލައްވައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 2:5
5 ပူးပေါင်းရင်းမြစ်များ  

އަދި މާތްރަސްކަލާނގެ ރަސްކަންފުޅާއި މެދުވާ ހެޔޮޚަބަރުފުޅު މުޅި ދުނިޔެއަށް އިއްވެމުން ދާނެ. އެއީ ހުރިހާ ގައުމަކަށް މިބަސްފުޅު ފޯރުވުމަށްޓަކައި. ނިމުން އަންނާނީ އޭގެފަހުން.⁠“


މި ދުނިޔެއަކު ފަނާވެނުދާނެ ރަށެއް ނުވެއެވެ. އެކަމަކު އަހަރެމެން އިންތިޒާރު ކުރަމުން މިދަނީ އެހެން ނުވާނެ ވަޒަނަކަށެވެ.


އަދި މާތްރަސްކަލާނގެ ބަސްފުޅަކީ ހެޔޮ ބަސްފުޅެއް ކަމާއި އަދި ފަހުޒަމާނުގައި ބާރުތައް ހިނގާނެ ގޮތް ވެސް އެމީހުންނަށް ތަޖުރިބާ ކުރެވިފައި ވޭމެއެވެ.


ނަމަވެސް އަހަރެމެން ބަލަމުން މިގެންދަނީ މާތްރަސްކަލާނގެ އަހަރެމެންނަށް ވަޢުދުވެވޮޑިގެންނެވި އާ އުޑަށާއި އާ ދުނިޔެއަށެވެ. އެ ތަނެއްގައި ސާލިޙު އަމަލުތައް އެކުލެވިގެންވާ ދުނިޔެއަށެވެ.


އެއަށް ފަހު ހަތްވަނަ މަލާއިކަތާ، އެ މަލާއިކަތާގެ އަތުގައި އޮތް ތާޅަފިލި ފުމެލެއްވިއެވެ. އެ ހިނދު ހަރުއަޑުތަކުން ސުވަރުގެއިން މިފަދައިން ވިދާޅުވިއެވެ.: ”⁠ދުނިޔޭގައި ވެރިކަން ހިންގުމުގެ ބާރު މިހާރު ލިބިވަޑައިގެން ވަނީ އަހަރެމެންގެ ރަސްކަލާނގެ ކިބަފުޅަށާއި އަދި އެކަލާނގެ މަސީޙާއަށް. އަދި އެކަލޭގެފާނު އަބަދުގެ އަބަދަށް ވެރިކަން ކުރައްވާނެ!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ