ޢިބްރާނީންނަށް ސިޓީ 2:4 - ކިތާބުލް މުޤައްދަސާ4 އޭގެ އިތުރުން މި ބަސްފުޅުތަކަށް ހެކި ދެއްކެވުމަށް އެތައް ބާވަތެއްގެ މުޢުޖިޒާތްތަކާއި ހައިރާންވާފަދަ އެތައް އަލާމާތްތަކެއް މާތްރަސްކަލާނގެ ދެއްކެވިއެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ގޮތެއްގެ މަތިން އެމީހުންނަށް މާތްރޫޙުފުޅުގެ ހަދިޔާތައް ދެއްވިއެވެ. အခန်းကိုကြည့်ပါ။ |
މީސްތަކުންގެ މެދުގައި އީސާގެފާނުގެ މަޝްހޫރުކަން ހުރިހާ ސަރަހައްދެއްގައި ފެތުރިގެން ދިޔައެވެ. އަދި ހެރޮދު ރަސްގެފާނަށް މި ޚަބަރު ލިބުނެވެ. އީސާގެފާނާއިމެދު އެއްބަޔަކު ބުނަމުން ދިޔައީ މިފަދައިންނެވެ. ”އެއީ ޔަޙުޔާގެފާނެއް ނޫންތަ؟ އެކަލޭގެފާނު އަލުން ދިރިވަޑައިގެންނެވީ ނޫންތަ؟ އެހެންވެއެއް ނޫންތަ އެކަލޭގެފާނަށް މުޢުޖިޒާތްތަކެއް ދެއްކުމުގެ ކުޅަދާނަކަން ލިބިފައި ވަނީ؟“
ޕައުލް އާއި ބަރުނައްބާސް އެ ރަށުގައި ކުޑަ ދުވަސްކޮޅަކު ތިއްބެވެ. އަދި ކެރިގެން މާތްރަސްކަލާނގެ ދެއްވާ ނިޢުމަތްފުޅުގެ ވާހަކަ މީސްތަކުންނަށް އަންގައިދެމުން ދިޔައެވެ. ޕައުލް އާއި ބަރުނައްބާސް މާތްރަސްކަލާނގެ ދެއްވާ ރަޙުމަތްފުޅާއި މެދު އެ ދައްކާ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ކަން މީސްތަކުންނަށް އަންގައިދިނުމުގެ ގޮތުން މާތްރަސްކަލާނގެ އެމީހުންނަށް މުޢުޖިޒާތްތަކާއި ހައިރާން ކުރުވަނިވި ކަންތައްތައް ކުރުމުގެ ބާރުދެއްވިއެވެ.
ވީއިރު އަހާ. އަޅުގަނޑުމެން ބަނީއިސްރާއީލުގެ އެންމެންނަށް ހާމަކޮށް އަންގަން. އޭނާ ރަނގަޅުވީ ނާޒަރަތުގެ ރަށްވެއްސެއް ކަމުގައި ވީ އީސާ އަލްމަސީޙުގެ ބާރުފުޅުން. ކަލޭމެން އެކަލޭގެފާނު ސަލީބަކަށް ނަގާ މަރާލި. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނު އަލުން ދިރުއްވި. މި ވާވެފައިވީ ނުހިނގޭ މީހާ މުޅިން ރަނގަޅުވެ މިއަދު ތިޔަ އެންމެ ހާ މީސްތަކުންގެ ކުރިމަތީ ކޮޅަށް މިހިރީ އީސާގެފާނުގެ ބާރުފުޅުން.