15 މިގޮތުން އެމީހުންގެ މުޅި އުމުރުގައި މަރު ދެކެ ގެންފައިވާ ބިރުގެ އަޅުވެތިކަމުން އެމީހުން މިނިވަން ކޮށްދެއްވުމަށެވެ.
ކަލޭމެންގެ ތެރެއިން ބަޔަކު އަމުރުފުޅުތަކާއި ގަވާއިދުގެ ދަށުގައި ވުމަށް އަދިވެސް އެދެއެވެ. ބުނެބަލާށެވެ. އެ އަމުރުފުޅުތަކުގައި ވަނީ ކީކޭކަން ކަލޭމެންނަށް އެނގޭހެއްޔެވެ؟
އަހަރެމެން ބިރުވެތިވެ ފިނޑިވުމަކަށް މާތްރަސްކަލާނގެ އެކަލާނގެ މާތްރޫޙުފުޅު އަހަރެމެންނަކަށް ނުދެއްވައެވެ. އެހެނަސް އެކަލާނގެ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވީ ބާރާ، ލޯތްބާއި ނަފްސު ތަރުބިއްޔަތު ކޮށްދެއްވުމަށެވެ.
އެކަމުން ދައްކައި ދެނީ އެކަލޭގެފާނު އަޅާލައްވަނީ މަލާއިކަތުންނަކަށް ނޫންކަމެވެ. އެކަލޭގެފާނު އެހީތެރިވެ ވަޑައިގަންނަވަނީ އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުންނަށް ކަމެވެ.