ޢިބްރާނީންނަށް ސިޓީ 2:13 - ކިތާބުލް މުޤައްދަސާ13 އެކަލޭގެފާނު އަދިވެސް ވިދާޅުވިއެވެ. ”ތިމަންކަލޭގެފާނު ވަކީލު ކުރާނީ އިނބަރަސްކަލާނގެއަށެވެ.“ އަދި މިހެން ވެސް އެކަލޭގެފާނު ވިދާޅުވިއެވެ. ”ތިމަންކަލޭގެފާނު މިހިރީއެވެ! އިނބަރަސްކަލާނގެ ތިމަންކަލޭގެފާނަށް ދެއްވި ދަރިންތަކާ އެކުގައެވެ.“ အခန်းကိုကြည့်ပါ။ |
އެކަލާނގެއަކީ މިއަޅާގެ ވެރި ރަސްކަލާނގެއެވެ. މިއަޅާއަށް ރައްކާ ތެރިކަން ދެއްވާ ހިލައެއް ފަދައިން އެކަލާނގެ މިއަޅާއަށް ނިވާކަން ދެއްވައެވެ. އެކަލާނގެއަކީ މިއަޅާގެ އައްޑަނައެވެ. މިއަޅާއަށް ހަމަލައެއް އަންނަ ކޮންމެ ވަގުތަކު އެ ހަމަލައަކުން މިއަޅާ ސަލާމަތް ކޮށް ދެއްވައެވެ. އެކަލާނގެއަކީ މިއަޅާގެ އުސް ކިއްލާއެވެ. މިއަޅާއަށް ރައްކާތެރިކަން ލިބޭ ޖަގަހައެވެ. އަނިޔާވެރި ދުޝްމަނުންގެ ކިބައިން އެކަލާނގެ މިއަޅާއަށް ރައްކާތެރިކަން ދެއްވައެވެ.