ޢިބްރާނީންނަށް ސިޓީ 2:1 - ކިތާބުލް މުޤައްދަސާ1 އެހެންކަމުން އަހަރެމެންނަށް އިއްވެވުނު ބަސްތަކާ މެދު އަހަރެމެން އަދި މާބޮޑަށް ފަރުވާވެ އެ ބަސްފުޅުތަކުގައި ހިފަހައްޓަން ޖެހެއެވެ. އެހެން ނޫނީ އަހަރެމެން އެ ބަސްފުޅުތަކާ ދުރަށް ބެހިގެން ހިނގައިދާނެއެވެ. အခန်းကိုကြည့်ပါ။ |
ތިޔަބައިމީހުންނަށް ލޯ ދެއްވި. ތިޔަބައިމީހުންނަށް ނުފެންނަނީ ކީއްވެ؟ ތިޔަބައިމީހުންނަށް ކަންފަތް ދެއްވި. ކީއްވެ އެކަންފަތުން އަޑުނާހަނީ؟ ފަސް ބޯރޮށި ފަޅިކޮށް ފަސްހާސް މީހުންނަށް ކާންދިން ގޮތް ތިޔަބައިމީހުން ހަނދާނެއް ނެތްތަ؟ ތިޔަބައިމީހުން ބާކީ ހުރި ތަކެތި ނަގައި ކިތައް ވަށިގަނޑު ފުރާ އެޅިންތަ؟“ އެބޭކަލުން ޖަވާބު ދެއްވިއެވެ. ”ބާރަ.“
ގޮވާން ހެއްދުމަށް ރަނގަޅު ބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއިވި އެއަށް ކިޔަމަންވެ އަދި އެގޮތުގައި ދެމިތިބެ އެކަލާނގެއަށް އިތުބާރު ކުރާ ހިތުގެއަޑި ސާފު ރަނގަޅު ތެދުވެރި މީހުންގެ މިސާލު. އެބައިމީހުންނަކީ ރަނގަޅު ގޮވާން ލިބޭ ފައިދާ ހުރި ގަސްތަކެއް ފަދަ ބައެއް.“