ޢިބްރާނީންނަށް ސިޓީ 13:3 - ކިތާބުލް މުޤައްދަސާ3 އަދި ޖަލުގައި ވީ މީހުންނާއެކު ކަލޭމެންވެސް ވާކަމަށް ދެކެ އެމީހުންނާ މެދު އަޅާލާން ވެސް ހަނދާންކުރާށެވެ. އެގޮތުން ވޭން އުފުލުންމަތީގައި ތިބި މީހުންގެ މަތިން ހަނދާން ނައްތާނުލާށެވެ. އެމީހުންނާއެކު ކަލޭމެން ވެސް ތިބީ އެ ވޭނުގައިކަން ހިތަށް ގެންނާށެވެ. အခန်းကိုကြည့်ပါ။ |
އަހަރެން ބީރައްޓެއްސެއްގެ ގޮތުގައި ވީހިނދު ކަލޭމެން އަހަރެންނަށް މަރުޙަބާއެއް ނުކިޔަމު. އަހަރެން އޮރިޔާން ޙާލުގައި ވީހިނދު ކަލޭމެން އަހަރެންގެ އައުރަ ނިވާކުރުމަށް ފޭރާމެއް ނުދިން. އަހަރެން ބަލިމަޑުކަމުގައްޔާއި އަދި ޖަލުގައި ހައްޔަރުވި ހިނދު ކަލޭމެން އަހަރެންގެ ކައިރިއަށް ޒިޔާރަތްކޮށް އަޅައެއް ނުލާ.‘
އަހަރެމެން ފުރި ދުވަހުގެ އަނެއްދުވަހު އޮޑި ޞައިދޫނަށް ލެފިއެވެ. ޖޫލިޔުސް ޕައުލްއާއި ދޭތެރޭ ވަރަށް ރަނގަޅަށް ކަންތައް ކުރެއްވިއެވެ. ޕައުލްއަށް އެއްގަމަށް ގޮސް އެ ރަށުގައިވާ ޕައުލްގެ ރައްޓެހިންނާ ބައްދަލު ކުރުމަށް ވެސް ޖޫލިޔުސް ހުއްދަ ދެއްވިއެވެ. އެ ރަށުގައި ވީ ޕައުލްގެ ރައްޓެހިން އޭނާއަށް ހެޔޮކޮށް ހިތިއެވެ.