Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 13:22 - ކިތާބުލް މުޤައްދަސާ

22 އަޚުންނޭވެ! އަހަރެން މި ކުރު ސިޓީ މިލިޔަނީ ކަލޭމެންނަށް ހިތްވަރު ދިނުމަށެވެ. އަހަރެން މި ބުނި ވާހަކަތަކަށް ކަލޭމެން ފަރުވާތެރިވުން ވަރަށް އެދެމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 13:22
22 ပူးပေါင်းရင်းမြစ်များ  

ތައުރާތުގައިވާ މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ގަވާއިދުތަކާ ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް މާތްރަސްކަލާނގެ މީސްތަކުންނަށް އެންގެވި ބަސްފުޅުތައް ކިޔަވާ ނިމުމުން އެ ދީނީ މަރުކަޒުގެ ބޮޑުން މީހަކު ފޮނުވާ ބަރުނައްބާސް އާއި ޕައުލް އަށް ބުންޏެވެ. ”⁠އަޚުންނޭ، މިތާނގައި މިވާ މީސްތަކުންނަށް ހިތްވަރު ލިބޭނެ ފަދަ އެމީހުންގެ އީމާން ކަން އިތުރު ވުމަށް ހިތްވަރު ލިބޭނެ ފަދަ ޚަބަރެއް، ބަހެއްވާނަމަ އެމީހުންނާއި މުޚާޠަބުކޮށް ވާހަކަދައްކާ ބުނެދީ.⁠“


މަގޭ އަމިއްލަ އަތުން ކަލޭމެންނަށް ސިޓީ ލިޔާއިރު އަހަރެން ލިޔެފައި ހުންނަ ލިޔުމުގެ އަކުރުތައް ބޮޑުކަން ކަލޭމެންނަށް ފާހަގަވާނެއެވެ.


ޙަޤީޤަތުގައި އަހަރެންގެ މި ސިޓީގައި ތިޔަބައިމީހުންނަށް ބުނެދީފައިވާނީ މާތްރަސްކަލާނގެ އެކަލާނގެ ވަންހަނާ ކުރައްވާފައިވާ ރޭއްވެވުމާއިމެދު އަހަރެންނަށް ދައްކުވައި ދެއްވި ގޮތުގެ ވަރަށް މަދު މިންވަރެކެވެ.


ފަތްފުށްތަކުގައި އެކަލާނގެ ދަރިންނާ މުޚާތަބު ކުރެއްވި ހިތްވަރުލިބޭ މިބަސްފުޅުތަކުގެ މަތިން ކަލޭމެން ހަނދާން ނެތުނީހެއްޔެވެ؟ ”⁠އަހަރެންގެ ދަރިފުޅާއެވެ. މާތްރަސްކަލާނގެ ކަލޭމެން އިސްލާހުކޮށް ތަރުބިއްޔަތު ކުރެއްވުމުން އެކަމާމެދު ލުއިގޮތަކަށް ނުބަލާށެވެ. އަދި އެކަމާ ހިތްވަރު އެލުވާ ވެސް ނުލާށެވެ.


ވަކީން ޚާއްސަކޮށް އަހަރެންނަށް ވެސް ލަހެއް ނުވެ ކަލޭމެންގެ ގާތަށް އާދެވޭތޯ ކަލޭމެންވެސް ދުޢާކޮށްދިނުމަށް އަހަރެން ވަރަށް އެދެމެވެ.


އެހެންކަމުން އަހަރެމެންނަށް އިއްވެވުނު ބަސްތަކާ މެދު އަހަރެމެން އަދި މާބޮޑަށް ފަރުވާވެ އެ ބަސްފުޅުތަކުގައި ހިފަހައްޓަން ޖެހެއެވެ. އެހެން ނޫނީ އަހަރެމެން އެ ބަސްފުޅުތަކާ ދުރަށް ބެހިގެން ހިނގައިދާނެއެވެ.


އަހަރެންގެ މާތް އަޚުންނާ އުޚުތުންނޭވެ! މާތްރަސްކަލާނގެ އެކަލާނގެ މާތްކުރެއްވި މީހުން ކަމުގައި ކަލޭމެން ވަނީ ޚިޔާރު ކުރައްވާފައެވެ. ވުމާއެކު ކަލޭމެން އީސާގެފާނާމެދު ފުންކޮށް ވިސްނާށެވެ. އެކަލޭގެފާނަކީ އަހަރެމެންގެ މައްޗަށް ފޮނުއްވުނު ކަލޭގެފާނެވެ. އަދި އަހަރެމެންގެ މައްޗަށްވާ އުއްތަމަ އިމާމު ވެސް މެއެވެ. އަހަރެމެން އެކަމަށް ހެކިވަމެވެ.


އަހަރެމެންނަށް އަރާމުގެ މަންޒިލް ދެއްވާނެކަމަށް މާތްރަސްކަލާނގެ ކުރެއްވި ވަޢުދުފުޅު އަދިވެސް ދެމެހެއްޓިގެން ވެއެވެ. އެހެންކަމުން އަހަރެމެންގެ ތެރޭން މީހަކު އެ ނިޢުމަތުން މަހުރޫމު ވެދާނެތީ ބިރުވެތިވެ ތިބޭށެވެ.


އަހަރެމެން ވެސް އެ އަރާމުގެ މަންޒިލަށް ވަނުމަށް ގަދައަޅަން ވާނެއެވެ. އެއީ އަހަރެމެންގެ ތެރޭން އެކަކު ވެސް އީމާންކަމުގެ މަގުން ކައްސާލައި ކުރީގެ ނުކިޔަމަންތެރިވި މީހުން ފަދައިން ގެއްލުނަ ނުދިނުމަށެވެ.


އަހަރެންގެ މި ކުރު ސިޓީ ތިޔަބައިމީހުންނަށް ލިޔެފައި މިވަނީ އަހަރެންގެ ވަފާތެރި އަޚު ސިލާހުގެ އެހީތެރި ކަމާއެކުގައެވެ. އަދި އަހަރެން މިސިޓީ ތިޔަބައިމީހުންނަށް ލިޔުމުގެ އެންމެ ބޮޑު މަގުސަދަކީ މާތްރަސްކަލާނގެ ނިޢުމަތްފުޅު ތިޔަބައިމީހުންނާއި އެކުގައި ވާކަން ތިޔަބައިމީހުންނަށް ޔަޤީންކޮށްދީ ހިތްވަރު ދިނުމެވެ. މިގޮތުގެ މަތީގައި ތިޔަބައިމީހުން ފައިތިލަ ސާބިތުކޮށް ތިބޭށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ