Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 13:14 - ކިތާބުލް މުޤައްދަސާ

14 މި ދުނިޔެއަކު ފަނާވެނުދާނެ ރަށެއް ނުވެއެވެ. އެކަމަކު އަހަރެމެން އިންތިޒާރު ކުރަމުން މިދަނީ އެހެން ނުވާނެ ވަޒަނަކަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 13:14
18 ပူးပေါင်းရင်းမြစ်များ  

އެހެންވީމާ، ބަނީއިސްރާއީލުގެ ދަރިކޮޅު ނޫން ދަރިކޮޅުގެ މީހުން ކަމުގައިވާ ތިޔަބައިމީހުންނީ ބީރައްޓެހި އަދި ބިދޭސީންގެ ގޮތުގައިވާ ބައެއް ނުމެނޫންމެއެވެ. އެގޮތުން މިހާރު ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި ފަރާތްތަކާއި އެކުގައިވާ ރައްޔިތުންނެވެ. ތިޔަބައިމީހުން މިލްކުވެގެން ވަނީ މާތްރަސްކަލާނގެ އާއިލާއަށެވެ.


އެހެނަސް އަހަރެމެންގެ ޙަޤީޤީ ވަޒަނަކީ ސުވަރުގެއެވެ. އަދި ޝައުޤުވެރި ކަމާއެކު އަހަރެމެން އިންތިޒާރު ކުރަނީ އަހަރެމެން ދިންނަވާ ފަރާތް މާތްސާހިބާ އީސާ އަލްމަސީޙު ސުވަރުގެއިން ވަޑައިގަންނަވާނެ ވަގުތަކަށެވެ.


އަދި ޖަލަށް ލެވުނު މީހުންނާމެދު ކަލޭމެން އޯގާވެރިވިއެވެ. މީގެ އިތުރުން ކަލޭމެން އުފަލުން ކަލޭމެންގެ މުދާތައް ލޫޓުވެން ވެސް ދޫކޮށްލިއެވެ. އެހެނީ ކަލޭމެންނަށް ލިބެން ހުރީ މާރަނގަޅު އަދި ދާއިމަށް ހުންނާނެ ތަކެތިކަން ކަލޭމެންނަށް އޭރުވެސް ވިސްނުނެވެ.


އެކަމަކު ކަލޭމެން މިހާރު އައިސް ތިޔަތިބީ ޞިޙްޔޫނު ފަރުބަދަމަތީގައެވެ. އެއީ ދިރިދެމިވޮޑިގެންވާ ކަލާނގެ ރަށެވެ. އެއީ އުޑުގައިވާ ޖެރޫސަލަމެވެ. އެއީ އަދަދު ނުކުރެވޭހާ މަލާއިކަތުން އުފާވެރިކަމާއެކު ބައްދަލު ކުރައްވަމުން ގެންދަވާ ތަނެވެ.


”⁠އަނެއްކާވެސް⁠“ މިބަސްފުޅު ވަޙީކުރެއްވި ކުރެއްވުމުން ދޭހަވަނީ އެކަލާނގެ އުފައްދަވާފައިވާ މިތަކެތި ބުރުއްސަވައި ލައްވާނެ ކަމެވެ. މިފަދައިން ބުރުއްސާލުމުން ނުނެއްޓޭ ތަކެއްޗަކީ ނެތި ނުގޮސް އަބަދުވެސް ދެމިހުންނާނެ ތަކެއްޗެވެ.


އަހަރެމެން މިބުނާ އާދުނިޔޭގެ ވެރިންގެ ގޮތުގައި މާތްރަސްކަލާނގެ މަލާއިކަތުންނެއް ނުލައްވައެވެ.


މާތްރަސްކަލާނގެ މީހުން އަރާމު ކުރުމަށް ސަބަތުގެ ހިތްފަސޭހަކަން ލިބިދޭ ދުވަހެއް އަދިވެސް ވަނީ ހަމަޖައްސަވާފައެވެ.


އުއްތަމަ އިމާމެއްގެ ގޮތުގައި އީސާގެފާނު އެކަންތަކަކާގެން ވަޑައިގެންނެވި ހެޔޮ ކަންތައް މިހާރުވެސް މިތާގައި އެބަވެއެވެ. އެކަލޭގެފާނު ވެދެވަޑައިގެންނެވި އަޅުކަމުގެ މަޤާމުފުޅަކީ އިންސާނުން އަމިއްލައަށް ބިންމަތީގައި ތައްޔާރު ކޮށްފައި ހުރި ކަހަލަ ފޭލިގެ ކޮޅެއް ނޫނެވެ. އެއަކީ މި ދުނިޔެމަތީގެ ތަނެއް ވެސް ނޫނެވެ. އެއީ މާފުރިހަމަ އަދި މާ މަތިވެރި ފޭލިގެކޮޅެކެވެ.


ދުނިޔެ ނިމުމުގެ ވަގުތު މިވަނީ ކައިރީގައެވެ. އެހެންވީމާ، ސާފު ގޮތުގައި ބުއްދިން ބަލައި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުމާއެކު، އެކުގައި ދުޢާ ދެންނެވުމަށް ކެރިކުޅަދާނަވާށެވެ.


ނަސްރު ހޯދާ ކޮންމެ ފަރާތަކީ އެއީ އަހަރެންގެ މާތްކަލާނގެ ގެކޮޅުގައިވާ ތަނބެއް ކަމުގައި އަހަރެން ހަދާނަން. އަދި އެބައިމީހުން ދާއިމަށް އެތަނުގައި ތިބޭނެ. އެމީހުންގެ ގައިގައި އަހަރެންގެ މާތްކަލާނގެ ނަންފުޅާއި، އަދި އަހަރެންގެ މާތްކަލާނގެ ސަހަރު ކަމުގައިވާ އާ ޖެރޫސަލަމުގެ ނަންފުޅު ވެސް ލިޔާނަން. އާ ޖެރޫސަލަމް އަންނާނީ އަހަރެންގެ މާތްކަލާނގެ ޙަޟްރަތުން އުޑުން. އަދި ހަމައެހެން އެމީހުންގެ ގައިގައި އަހަރެންގެ އާ ނަން ވެސް އަހަރެން ލިޔާނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ