ޢިބްރާނީންނަށް ސިޓީ 12:9 - ކިތާބުލް މުޤައްދަސާ9 އަހަރެމެންގެ އިންސާނީ ބައްޕަ އަހަރެމެންނަށް އަދަބު ދެއްވުމުން ވެސް އަހަރެމެން ކުރަނީ އިޙުތިރާމެވެ. ވީއިރު އަހަރެމެންގެ ރޫހާނީ ބައްޕައަށް މާބޮޑަށް ވެސް ބޯލަނބައި ދާއިމީ ދިރިއުޅުމެއް ލިބި ނުގަންނަންވީ ކީއްވެހެއްޔެވެ؟ အခန်းကိုကြည့်ပါ။ |
ދާއޫދުގެފާނަކީ ރަސޫލުބޭކަލެއް ކަމުން މާތްރަސްކަލާނގެ އެކަލޭގެފާނަށް ކުރެއްވި މުހިންމު ވަޢުދުފުޅު އެކަލޭގެފާނު ދެނެވަޑައިގެންވި. މާތްރަސްކަލާނގެ ދާއޫދުގެފާނަށް ވަޙީކުރެއްވީ ދާއޫދުގެފާނުގެ ދަރިކޮޅުން އަންނަ މީހަކު ހަމަ ދާއޫދުގެފާނު މީސްތަކުންގެ މައްޗަށް ރަސްކަން ކުރެއްވި ފަދައިން އަލްމަސީޙުގެ ގޮތުގައި މީސްތަކުންގެ މައްޗަށް ވެރިކަން ކުރައްވާނެ ކަމުގަ.
އެއަށް ފަހު އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”މި ބަސްފުޅުތަކަކީ ޙައްޤު ތެދުބަސްފުޅުމެ. އަދި އިތުބާރު ކުރެވޭ ބަސްފުޅު ވެސްމެ. އަދި ނަބީބޭކަލުންނަށް އެކަލާނގެ މާތްރޫޙުފުޅު ދެއްވި ސާހިބުވަންތަ މާތްރަސްކަލާނގެ އެކަލާނގެ ޚާދިމުންނަށް ވަރަށް ކައިރި މުސްތަގުބަލެއްގައި ހިނގައިފާނެ ޙާދިސާތައް ދައްކައިދިނުމަށް އެކަލާނގެ މަލާއިކަތާ ފޮނުއްވިއެވެ.“